[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ބަރުޒަޚުގެ ޙަޔާތް – 2

عن البراء بن عازب رضي الله عنه قال:

«خَرَجْنَا مَعَ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ، فِي جِنَازَةِ رَجُلٍ مِنَ الْأَنْصَارِ، فَانْتَهَيْنَا إِلَى الْقَبْرِ، وَلَمَّا يُلْحَدْ، فَجَلَسَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ [مُسْتَقْبِلَ القِبْلة]، وَجَلَسْنَا حَوْلَهُ، كَأَنَّ عَلَى رُءُوسِنَا الطَّيْرَ، وَفِي يَدِهِ عُودٌ يَنْكُتُ فِي الْأَرْضِ، [فَجَعَلَ ينظُرُ إلى السماءِ، وينظُرُ إلى الأرضِ، وَجَعَلَ يرفعُ بَصَرَهُ وَيخفضُه، ثلاثاً] فَقَالَ: اسْتَعِيذُوا بِاللَّهِ مِنْ عَذَابِ الْقَبْرِ، مَرَّتَيْنِ، أَوْ ثَلَاثًا، [ثُمَّ قَالَ: اللهمّ إِنِّي أَعُوذُ بِكَ مِنْ عَذَابِ الْقَبْرِ] [ثلاثا]،

ބަރާޢު ބުން ޢާޒިބު رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

“އަހަރެމެން ނަބިއްޔާ صلى الله عليه وسلم އާ އެކު އަންޞާރުންގެ ތެރެއިން ބޭކަލެއްގެ ޖަނާޒާއަށް ނުކުތީމެވެ. އެ ތަނަށް ފޯރިހިނދު، އެ ބޭކަލެއް ވަޅުލަނީއެވެ. ވަޅުލާ ނިމުމުން، ރަސޫލުﷲ صلى الله عليه وسلم ޤިބްލައަށް ކުރިމަތިލައްވާ އިށީދެވަޑައިގެންނެވިއެވެ. އަހަރެމެން އެކަލޭގެފާނުގެ ވަށައިގެން އިށީނދެއްޖައީމެވެ. އަހަރެމެންގެ ބޯތަކުގައި ދޫނިތަކެއް ތިބި ފަދައެވެ. (އެބަހީ: އެއްވެސް ކަހަލަ ޙަރަކާތެއް ނެތެވެ. ނުވަތަ އެހާވެސް މަޑުމައިތިރިކަމާއެކު، އެކަލޭގެފާނު ޙަދީޘްކުރައްވާ ބަސްފުޅުތައް އަޑުއެހުމަށް ތިބީއެވެ.) އެކަލޭގެފާނުގެ އަތްޕުޅުގައި އޮތް ދަނޑިކޮޅަކުން ބިމުގައި ޖައްސަވަމުން ދިޔައެވެ. ދެން އެކަލޭގެފާނު އުޑަށް ބައްލަވާލައްވާފައި ބިމަށް ބެއްލެވިއެވެ. (އަނެއްކާވެސް) އުޑަށް ބައްލަވާލައްވާފައި ނަޒަރު ތިރިކުރެއްވިއެވެ. ތިންފަހަރު މިފަދައިން ތަކުރާރުކުރެއްވިއެވެ. ދެން އެއަށްފަހު ޙަދީޘްކުރެއްވިއެވެ. ޤަބުރުގެ ޢަޛާބުން ރައްކާތެރިކޮށްދެއްވުމަށް ﷲގެ ޙަޟްރަތުގައި ތިޔަބައިމީހުން އެދޭށެވެ. ދެ ފަހަރު ނުވަތަ ތިން ފަހަރު މި ފަދައިން އެކަލޭގެފާނު ވިދާޅުވިއެވެ. ދެން އެއަށް ފަހު ޙަދީޘްކުރެއްވިއެވެ.

اللهمّ إِنِّي أَعُوذُ بِكَ مِنْ عَذَابِ الْقَبْرِ

މާނައީ: “އޭ ﷲ! ޤަބުރުގެ ޢަޛާބުން ރައްކާތެރިކޮށްދެއްވުން އެދި އިބައިލާހުގެ ޙަޟްރަތުން މިއަޅާ އެދެމެވެ.”

އެކަލޭގެފާނު ތިން ފަހަރު މިފަދައިން ޙަދީޘްކުރެއްވިއެވެ.

 

ثُمَّ قَالَ: إِنَّ الْعَبْدَ الْمُؤْمِنَ إِذَا كَانَ فِي انْقِطَاعٍ مِنَ الدُّنْيَا، وَإِقْبَالٍ مِنَ الْآخِرَةِ، نَزَلَ إِلَيْهِ مَلَائِكَةٌ مِنَ السَّمَاءِ، بِيضُ الْوُجُوهِ، كَأَنَّ وُجُوهَهُمُ الشَّمْسُ، مَعَهُمْ كَفَنٌ مِنْ أَكْفَانِ الْجَنَّةِ، وَحَنُوطٌ مِنْ حَنُوطِ الْجَنَّةِ، حَتَّى يَجْلِسُوا مِنْهُ مَدَّ الْبَصَرِ، ثُمَّ يَجِيءُ مَلَكُ الْمَوْتِ عَلَيْهِ السَّلَامُ، حَتَّى يَجْلِسَ عِنْدَ رَأْسِهِ، فَيَقُولُ: أَيَّتُهَا النَّفْسُ الطَّيِّبَةُ (وفي رواية: المطمئنّة)، اخْرُجِي إِلَى مَغْفِرَةٍ مِنَ اللَّهِ وَرِضْوَانٍ،

ދެން އެއަށް ފަހު ޙަދީޘްކުރެއްވިއެވެ. ހަމަކަށަވަރުން މުއުމިނު އަޅާ، ދުނިޔޭގެ ޙަޔާތުން ވަކިވެ، އުޚުރަވީ ޙަޔާތާ އޭނާ ކުރިމަތިލާ ހިނދުގައި، އޭނާގެ ގާތަށް، އުޑުން މަލާއިކަތުން ފައިބާވަޑައިގަންނަވާނެއެވެ. އެ މަލާއިކަތުންގެ މޫނުފުޅުތައް އިރު ފަދައިން އަލިވެގެންވާނެއެވެ. އެ މަލާއިކަތުންގެ އަތްޕުޅުގައި ސުވަރުގޭގެ ކަފުންތަކުގެ ތެރެއިން ކަފުނެއް ވާނެއެވެ. އަދި ސުވަރުގޭގެ މީރުވަސްދުވާ ހުވަނދާއި އަތަރު، އެމަލާއިކަތުންގެ އަތްޕުޅުގައި ވާނެއެވެ. އޭނާގެ ލޮލުކޮޅަށް ފެންނަ ހިސާބަށް މަލާއިކަތުން އިށީނދެވަޑައިގެން ތިއްބަވާނެއެވެ. ދެން މަލަކުލްމައުތު عليه السلام ވަޑައިގެން، އެ މީހާގެ ބޮލުގެ ކައިރީގައި އިށީނދެވަޑައިގަންނަވާނެއެވެ. ފަހެ، ވިދާޅުވާނެއެވެ. އޭ ރަނގަޅު ހިތްހަމަޖެހިގެންވާ ނަފްސެވެ! ﷲގެ ރުއްސެވުމާއި ފުއްސެވުން ލިބިގަތުމަށްޓަކައި ނުކުންނާށެވެ.

 

قَالَ: فَتَخْرُجُ تَسِيلُ كَمَا تَسِيلُ الْقَطْرَةُ مِنْ فِي السِّقَاءِ، فَيَأْخُذُهَا، (وفي رواية: حَتَّى إِذَا خَرَجَت روحُه صلّى عليه كلُّ ملكٍ بين السماء والأرضِ ، وكُلُّ ملك في السماءِ، وفتحت له أبوابُ السماء، ليس من أهلِ باب إلا وهُم يدعون الله أن يُعْرَجَ بروحه مِنْ قِبَلِهم)، فَإِذَا أَخَذَهَا لَمْ يَدَعُوهَا فِي يَدِهِ طَرْفَةَ عَيْنٍ حَتَّى يَأْخُذُوهَا، فَيَجْعَلُوهَا فِي ذَلِكَ الْكَفَنِ، وَفِي ذَلِكَ الْحَنُوطِ، [فذلك قولُه تعالى: ﴿تَوَفَّتْهُ رُسُلُنَا وَهُمْ لَا يُفَرِّطُونَ﴾ [1]، وَيَخْرُجُ مِنْهَا كَأَطْيَبِ نَفْحَةِ مِسْكٍ وُجِدَتْ عَلَى وَجْهِ الْأَرْضِ،

އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ފެން އަޅާފައިވާ ކަންވާރެއްގެ ތުމުން ފެން ތިއްކެއް ވެއްޓޭފަދަ ގޮތަކަށް އެ ފުރާނަ ހަށިގަނޑުގެ ތެރެއިން ނުކުންނާނެއެވެ. ފަހެ، އެކަލޭގެފާނު (އެބަހީ: މަލަކުލްމައުތުގެފާނު) އެފުރާނަ ހިއްޕަވާނެއެވެ. އެހެން ރިވާޔަތެއްގައި ވެއެވެ. އޭނާގެ ފުރާނަ ނެރުމުން، އުޑާއި ބިމާ ދެމެދުވާ އެންމެހާ މަލާއިކަތުން، އޭނާއަށްޓަކައި ދުޢާ ކުރައްވާނެއެވެ. އަދި އުޑުގައިވާ ކޮންމެ މަލާއިކަތެއްވެސް މެއެވެ. އަދި އުޑުގެ ދޮރުތައް އެމީހަކަށް ހުޅުއްވޭނެއެވެ. އެބޭކަލުންގެ އަރިހުން އެ ފުރާނަ މައްޗަށް އެރުއްވުމަށް އެދި، ﷲގެ ޙަޟްރަތުގައި ދުޢާ ނުދަންނަވާ، އެއްވެސް ދޮރުކޮޅެއްގެ މަލާއިކަތެއް ނުވާނެއެވެ. މަލަކުލްމައުތު ފުރާނަ ހިއްޕެވުމަށް ފަހު، އެސްފިޔަޖަހާލާހާ ހިނދުކޮޅަކަށްވެސް އެކަލޭގެފާނުގެ އަތްޕުޅުގައި އެ ފުރާނަ ނުބާއްވަވާ، (ސުވަރުގެއިން ގެންނެވި) ކަފުނަށް އެ ފުރާނަ ލައްވާނެއެވެ. ދެން އެއަށް ފަހު އެ ފުރާނައިގައި (ސުވަރުގެއިން ގެންނެވި) ހުވަނދުން ހުވަނދު ލައްވާނެއެވެ. އެއީ ﷲ ތަޢާލާގެ ވަޙީބަސްފުޅުގައިވާ ފަދައިންނެވެ.

﴿تَوَفَّتْهُ رُسُلُنَا وَهُمْ لَا يُفَرِّطُونَ﴾ [سورة الأنعام 61]

މާނައީ: “ތިމަންއިލާހު ފޮނުއްވަވާ މަލާއިކަތުން އެ މީހެއްގެ ފުރާނަ ހިއްޕަވައެވެ. އެ މަލާއިކަތުން (އެކަމުގައި) ފަރުވާކުޑަނުކުރައްވާނެއެވެ.”

ދުނިޔޭގެ ބިމުގައިވާ އެންމެ މީރު ގޮމަކަސްތޫރީގެ ވަސް އެ ފުރާނައިން ނުކުންނަ ހުށްޓެވެ.

= ނުނިމޭ =


މިލިޔުމުގެ އެހެންބައިތައް

 

 

[1]  سورة الأنعام 61