[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޢަރަބި ބަހުގެ ޤަވާޢިދު – ފުރަތަމަ ފިލާވަޅު (الاِسْمُ، الفِعُلُ، الحَرْفُ)

الدرس الأول – ފުރަތަމަ ފިލާވަޅު

الاِسْمُ، الفِعُلُ، الحَرْفُ – ނަން، ކަން، އަކުރު

 

الكَلِمَةُ: ކަލިމަ ބެހެނީ ތިން ބަޔަކަށެވެ. އެއީ:

اِسْمٌ ނަމާއި فِعْلٌ ކަމާއި حَرْفٌ އަކުރެވެ. މި ތިން ބައި ނޫން އެހެން އެއްޗަކުން ޢަރަބި ބަހުގައި ކަލިމައެއް ނުއުފެދޭނެއެވެ. އެގޮތުން:

  • اِسْمٌ: ނަމަކީ، އިންސާނަކަށް ނުވަތަ ޖަނަވާރަކަށް ނުވަތަ ގަސްގަހާގެއްސަށް ނުވަތަ ތަކެއްޗަށް ނުވަތަ މިނޫންވެސް އެއްޗެއްސަށް ކިޔާ ކޮންމެ ލަފުޒެކެވެ.
  • فِعْلٌ: ކަމަކީ، އެކި ވަގުތުތަކެއްގައި ކަންކަން ޙާސިލު ވެއްޖެކަން އަންގައިދޭ ކޮންމެ ލަފުޒެކެވެ.
  • حَرْفٌ: އަކުރަކީ، އެހެން އެއްޗަކާއި އެއްވެގެން ނޫންގޮތަކަށް އޭގެ ފުރިހަމަ މާނަ ދޭހަނުވާ ކޮންމެ ލަފުޒެކެވެ.

 

ތިރީގައި މިވަނީ މީގެ ބައެއް މިސާލުތަކެވެ.

  1. تَمَدَّدَ عَادِلٌ عَلَى الفِرَاشِ.
  2. قَرَأَ فَرِيْدٌ كِتَابَ التَارِيْخ.
  3. أَيْنَ تُرِيْدُ السَّفَرَ.
  4. يَحْمِلُ التِلْمِيْذ كِتَابَهُ.
  5. شَرِبَ فَادِي اللَّبَنَ.
  6. سَمِعْتُ صَوْتَ الطَبْلِ.
  7. أَكَلَتِ القِطَّةُ الفَأْرَةَ.
  8. فِي الرَبِيْعِ تَخْضَرُّ الأَرْضُ.
  9. رَكِبْتُ عَلَى الحِصَانِ.
  10. بَاضَتِ الدَجَاجَةُ بَيْضَةً.
  11. زَرَعَ الفَلاَّحُ القَمْحَ.
  12. يَأْكُلُ الحِصَانُ الشَعِيْرَ.
  13. شَعَّ نُوْرُ الشَّمْشِ.
  14. إنَّ الدِّيْنَ نَصِيْحَةٌ.
  15. اِقْرَأْ كِتَابَكَ.

 

މިސާލުތަކުގެ ޝަރަޙަ:

     އިސްވެދިޔަ މިސާލުތަކުގައި މީހުންއަށް ކިޔާ اِسْم ތައް ވެއެވެ. އެގޮތުން: عَادِل، فَرِيْد، التِلْمِيْذ، الفَلاَّح،  فَادِي ހިމެނެއެވެ. އަދި ޖަނަވާރުތަކަށް ކިޔާ اِسْم ތައް ވެއެވެ. އެގޮތުން: القِطَّة، الفَأْرَة، الحِصَان، الدَجَاجَة ހިމެނެއެވެ. އަދި ގަސްގެހާގެއްސަށް ކިޔާ اِسْم ތައް ވެއެވެ. އެގޮތުން: القَمْح، الشَعِيْر ހިމެނެއެވެ. އަދި ތަކެއްޗަށް ކިޔާ اِسْم ތައް ވެއެވެ. އެގޮތުން: الفِرَاش، كِتَاب، الطَبْل ހިމެނެއެވެ. އަދި ސިފަތަކަށް ކިޔާ اِسْم ތައް ވެއެވެ. އެގޮތުން: نُوْر، نَصِيْحَة ހިމެނެއެވެ. އަދި މިނޫން ތަކެއްޗަށް ކިޔާ اِسْم ތައް ވެއެވެ. އެގޮތުން: اللَّبَن، الأَرْض، بَيْضَة، الشَّمْش، الدِّيْن ހިމެނެއެވެ.

އިސްވެދިޔަ ލަފްޒުތަކާއި ކަލިމަތަކަކީ اِسْم ތަކެކެވެ. އެއީ އިންސާނަކަށް ނުވަތަ ޖަނަވާރަކަށް ނުވަތަ ގަސްގަހާގެއްސަށް ނުވަތަ ތަކެއްޗަށް ނުވަތަ މިނޫންވެސް އެއްޗެއްސަށް ކިޔާ اِسْم މެވެ.

އަދި އިސްވެދިޔަ މިސާލުތަކުގައި، ވަގުތުތަކެއްގައި ކަންކަން ޙާސިލުވާކަން ފެންނަން އެބައޮތެވެ. އެއީ ނިމުނުކަމުގެ ގޮތުގައި (الفِعْلُ المَاضِي) އަދި ވޭވޭހުރިކަމުގެ ގޮތުގައި (الفِعْلُ المضَارِعُ) އަދި އަމުރު (الفِعْلُ الأَمْرُ) ގެ ގޮތުގައެވެ. އެގޮތުން: تَمَدَّدَ، قَرَأَ، تُرِيْدُ، يَحْمِلُ، شَرِبَ، سَمِعْتُ، أَكَلَتْ، تَخْضَرُّ، رَكِبْتُ، بَاضَتْ، زَرَعَ، يَأْكُلُ، شَعَّ، اِقْرَأْ ހިމެނެއެވެ.

އަދި މިސާލު 8-9-14 ގައި ކަލިމަތަކެއް ފެންނަން އެބައޮތެވެ. އެއީ فِي، عَلَى، إنَّ މި ކަލިމަތަކެވެ. މީގެއިން ކޮންމެ ކަލިމައެއް ވަކިން ކިޔާފިނަމަ އޭގެއިން ފުރިހަމަ މާނައެއް ދޭހައެއްނުވާނެއެވެ. އެކަމަކު މީގެއިން ކަލިމައެއް ޖުމްލައަކަށް ލައިފިނަމަ އޭގެއިން ފުރިހަމަ މާނައެއް ދޭހަވާނެއެވެ. އަދި މިފަދަ ކޮންމެ ކަލިމައަކަށް ޢަރަބި ބަހުގައި ކިޔާ އުޅެނީ حَرْف އެވެ.

 

 

تمارين تطبيقية – ފަރިތަކުރުން

 

(ހ) ތިރީގައިވާ ޖުމްލަތަކުން އިންސާނުންނަށް ކިޔާ اِسْم ތަކާއި ޖަނަވާރުތަކަށް ކިޔާ اِسْم ތަކާއި ގަސްގަހާގެއްސަށް ކިޔާ اِسْم ތަކާއި ތަކެއްޗަށް ކިޔާ اِسْم ތައް ވަކި ކުރާށެވެ.

  1. يُحِبُّ الفَلَّاحُ أَرْضَهُ.
  2. عَادِلٌ يَرْكُضُ فِي المَلْعَبِ.
  3. بَاضَتِ الدَجَاجَةُ بَيْضَةً.
  4. غَرَّدَ العُصْفُوْرُ عَلَى الغُصْنِ.
  5. طَبَخَتْ أُمِّي اللُوْبِيَاءَ.
  6. التُفَّاحُ فَاكِحَةٌ لَذِيْذَةٌ.
  7. سَيَّارَةُ أَبِي كَبِيْرٌ.
  8. تَمَدَّدَ خَلِيْلُ عَلَى الفِرَاشِهِ.

 

(ށ) ތިރީގައިވާ ޖުމްލަތަކުން اِسْم ތަކާއި فِعْل ތަކާއި حَرْف ތައް ވަކި ކުރާށެވެ.

  1. كَتَبَ الأُسْتَاذُ عَلَى اللَّوْحِ.
  2. تَسَلَّمَ المُوَظَّفُ رَاتِبَهُ.
  3. أَيْنَ تَّذْهبُ هذا المَّسَاءَ؟
  4. فِي المَسَاءِ يَعُوْدُ أبِي مِنْ عَمَلِهِ.
  5. تَسَلَّقَ إِبْرَاهِيْمُ الجَبَلَ.
  6. خَالِدٌ تِلْمِيْذٌ مُجْتَهِدٌ.
  7. اِشْتَرَتْ لِي أُمِّي ثِيَاباً مِنَ السُوْقِ.
  8. أَكَلْتُ تِيْناً وَعِنَباً.

 

(ނ) އިންސާނެއްގެ اِسْم ފެށޭ ތިން ޖުމްލަ ލިޔާށެވެ!

(ރ) ޖަނަވާރެއްގެ اِسْم ފެށޭ ތިން ޖުމްލަ ލިޔާށެވެ!

(ބ) ޖަނަވާރެއްގެ اِسْم ނިމޭ ތިން ޖުމްލަ ލިޔާށެވެ!

(ޅ) ގަސްގަހާގެހީގެ اِسْم ނިމޭ ތިން ޖުމްލަ ލިޔާށެވެ!

(ކ) އެއްޗެއްގެ اِسْم ނިމޭ ތިން ޖުމްލަ ލިޔާށެވެ!

(އ) فِعْل އަކުން ފެށޭ ތިން ޖުމްލަ ލިޔާށެވެ!

(ވ) فِعْل އެއް މެދުތެރެއަށް އަންނަ ތިން ޖުމްލަ ލިޔާށެވެ!

(މ) حَرْف އަކުން ފެށޭ ތިން ޖުމްލަ ލިޔާށެވެ!

(ފ) حَرْف އެއް މެދުތެރެއަށް އަންނަ ތިން ޖުމްލަ ލިޔާށެވެ!

(ދ) ތިރީގައި މިވާ ހުސްތަންތަނާއި ގުޅޭ اِسْم ތައް ލިޔާށެވެ!

  1. يَطِيْرُ الطَيْرُ فِي …………………. .
  2. كَتَبَ جَمِيْلٌ …………………. .
  3. فِي الرَّبِيْعِ تَخْضَرُّ …………………. .
  4. فِي الشِّتَاءِ يَنْهَمِرُ …………………. .

 

(ތ) ތިރީގައި މިވާ ހުސްތަންތަނާއި ގުޅޭ فِعْل ތައް ލިޔާށެވެ!

  1. التِلْمِيْذُ …………………. الدَّرْسَ.
  2. …………………. سَامِي تُفَّاحَة.
  3. …………………. سَمِيْرٌ ثِيَابَهُ.
  4. …………………. التِلْمِيْذُ فِي المَلْعَبِ.

 

(ލ) ތިރީގައި މިވާ ހުސްތަންތަނާ ގުޅޭ حَرْف ތައް ލިޔާށެވެ!

  1. عُدْتُ …………………. مَنْزِلِي مَسَاءً.
  2. سَبَحَ جَمِيْلٌ …………………. النَهْرِ.
  3. …………………. تَذْهَبُ هَذَا المَسَاءَ؟
  4. سَقَطَ القَلَمُ …………………. الأَرْضِ.

 

(ގ) اِسْم އާއި فِعْل އާއި حَرْف އިން އެކުލެވިގެންވާ ތިން ޖުމްލަ ލިޔާށެވެ!

_____________________________________

މިފިލާވަޅުތައް ތައްޔާރުކޮށްފައިވަނީ އުސްތާޛް އިބްރާހީމް ޝަމްޝުއްދީން ލިޔުއްވާފައިވާ “مرجع الطلاب في قواعد النحو” މިފޮތް މަރުޖިޢަކަށް ބަލައިގެންނެވެ.

 

މިލިޔުމުގެ އެހެންބައިތައް