އައްތަހިއްޔާތު
(1) قَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَّ » قُولُوا: ” التَّحِيَّاتُ لِلَّهِ وَالصَّلَوَاتُ وَالطَّيِّبَاتُ، السَّلَامُ عَلَيْكَ أَيُّهَا النَّبِيُّ وَرَحْمَةُ اللَّهِ وَبَرَكَاتُهُ، السَّلَامُ عَلَيْنَا وَعَلَى عِبَادِ اللَّهِ الصَّالِحِينَ، أَشْهَدُ أَنْ لَا إِلَهَ إِلَّا اللَّهُ، وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ «. [مُتَّفَقٌ عَلَيْهِ]
ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. “ތިޔަބައިމީހުން (މިފަދައިން) ކިޔާށެވެ.
التَّحِيَّاتُ لِلَّهِ وَالصَّلَوَاتُ وَالطَّيِّبَاتُ، السَّلَامُ عَلَيْكَ أَيُّهَا النَّبِيُّ وَرَحْمَةُ اللَّهِ وَبَرَكَاتُهُ، السَّلَامُ عَلَيْنَا وَعَلَى عِبَادِ اللَّهِ الصَّالِحِينَ،أَشْهَدُ أَنْ لَا إِلَهَ إِلَّا اللَّهُ، وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُه.
މާނައީ: “އެންމެހާ މަތިވެރިކަމެއް ލިބިވޮޑިގެންވަނީ ﷲއަށެވެ. އަދި ހުރިހާ އަޅުކަމަކާއި ރަނގަޅުކަމެއްވެސް ވަނީ އެއިލާހަށެވެ. އޭ ނަބިއްޔާއެވެ! ކަލޭގެފާނަށް ސަލާމާއި، ﷲގެ ރަޙުމަތާއި، ބަރަކާތް ހުށްޓެވެ. އަދި އަޅަމެންނަށާއި ﷲގެ އެންމެހާ ޞާލިޙު އަޅުންނަށް ސަލާމް ހުށްޓެވެ. ހަމަކަށަވަރުން ﷲ މެނުވީ އަޅުކަން ޙައްޤުވާ އެހެން އެއްވެސް އިލާހަކު ނުވާކަމަށް މިއަޅާ ހެކިވަމެވެ. އަދި ހަމަކަށަވަރުން މުޙައްމަދުގެފާނީ އެއިލާހުގެ އަޅާކަމަށާއި އެއިލާހުގެ ރަސޫލާކަމަށް މިއަޅާ ހެކިވަމެވެ.” “
[ރިވާކުރެއްވީ އިމާމް ބުޚާރީ އަދި މުސްލިމު رحمه الله]
ނޯޓް: މިއީ ފުރަތަމަ އައްތަޙިއްޔާތެވެ.
(2) قال النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : » قُولُوا : اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ، كَمَا صَلَّيْتَ عَلَى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ.
اللَّهُمَّ بَارَكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ، كَمَا بَارَكْتَ عَلَى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ«. [رَوَاهُ البُخَارِيُّ]
ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. “ތިޔަބައިމީހުން ކިޔާށެވެ.
اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ، كَمَا صَلَّيْتَ عَلَى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ.
اللَّهُمَّ بَارَكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ، كَمَا بَارَكْتَ عَلَى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ.
މާނައީ: “އޭ ﷲ! އިބްރާހީމްގެފާނުގެ އާލުންގެ މައްޗަށް އިބައިލާހު ޞަލަވާތްލެއްވި ފަދައިން މުޙައްމަދުގެފާނަށާއި މުޙައްމަދުގެފާނުގެ އާލުންގެ މައްޗަށް ޞަލަވާތް ލައްވާނދޭވެ! ހަމަކަށަވަރުން އިބައިލާހީ ހުރިހާ ޙަމްދު ތަޢުރީފަކާއި، ހުރިހާ މާތްކަމެއް ލިބިވޮޑިގެންވާ އިލާހެވެ. އޭ ﷲ! އިބްރާހީމްގެފާނުގެ އާލުންގެ މައްޗަށް އިބައިލާހު ބަރަކާތްލެއްވި ފަދައިން މުޙައްމަދުގެފާނަށާއި މުޙައްމަދުގެފާނުގެ އާލުންގެ މައްޗަށް ބަރަކާތް ލައްވާނދޭވެ! ހަމަކަށަވަރުން އިބައިލާހީ ހުރިހާ ޙަމްދު ތަޢުރީފަކާއި،ހުރިހާ މާތްކަމެއް ލިބިވޮޑިގެންވާ އިލާހެވެ.”
[ރިވާކުރެއްވީ އިމާމް ބުޚާރީ رحمه الله]
ނޯޓް: ފުރަތަމަ އައްތަޙިއްޔާތަށް ފަހު އިބްރާހީމީ ޞަލަވާތް ކިޔެވުން ސުންނަތެވެ. ފަހު އައްތަޙިއްޔާތުގައި، ފުރަތަމަ އައްތަޙިއްޔާތާއެކު އިބްރާހީމީ ޞަލަވާތް ކޮންމެހެން ކިޔަވަން ޖެހޭނެއެވެ. والله أعلم.
ސަލާމްދިނުމުގެ ކުރިން ކުރާ ދުޢާ
قَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : » إِذَا تَشَهَّدَ أَحَدُكُمْ، فَلْيَسْتَعِذْ بِاللَّهِ مِنْ أَرْبَعٍ يَقُولُ : اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ عَذَابِ جَهَنَّمَ، وَمِنْ عَذَابِ الْقَبْرِ، وَمِنْ فِتْنَةِ الْمَحْيَا وَالْمَمَاتِ، وَمِنْ شَرِّ فِتْنَةِ الْمَسِيحِ الدَّجَّالِ «. [رَوَاهُ مُسْلِمٌ]
ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. “ތިޔަބައިމީހުންގެ ތެރެއިން މީހަކު (ފަހު) އައްތަޙިއްޔާތު ކިޔާ އަވަދިވާ ހިނދު ހަތަރު އެއްޗަކުން ރައްކާތެރިކޮށްދެއްވުމަށް އެދި ﷲ ގެ ޙަޟްރަތުގައި ދަންނަވާ ހުށިކަމެވެ. މިފަދައިން ކިޔާށެވެ.
اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ عَذَابِ جَهَنَّمَ، وَمِنْ عَذَابِ الْقَبْرِ، وَمِنْ فِتْنَةِ الْمَحْيَا وَالْمَمَاتِ، وَمِنْ شَرِّ فِتْنَةِ الْمَسِيحِ الدَّجَّال.
މާނައީ “އޭ ﷲ! ހަމަކަށަވަރުން މިއަޅާ ނަރަކައިގެ ޢަޛާބުން ރައްކާތެރިކޮށްދެއްވުމަށް އެދި އިބަ އިލާހުގެ ޙަޟްރަތުން ދަންނަވަމެވެ. އަދި ކަށްވަޅުގެ އަޛާބުން ރައްކާތެރިކޮށްދެއްވުމަށް އެދި އިބަ އިލާހުގެ ޙަޟްރަތުން ދަންނަވަމެވެ. އަދި ދިރިހުރުމާއި މަރުވުމުގެ ފިތުނައިން ރައްކާތެރިކޮށްދެއްވުމަށް އެދި އިބައިލާހުގެ ޙަޟްރަތުން ދަންނަވަމެވެ. އަދި މަސީޙުއް ދައްޖާލުގެ ފިތުނައިން ރައްކާތެރިކޮށްދެއްވުމަށް އެދި އިބައިލާހުގެ ޙަޟްރަތުން ދަންނަވަމެވެ.”
[ރިވާކުރެއްވީ އިމާމް މުސްލިމް رحمه الله]
ނޯޓް: މަތީގައި ބަޔާންކުރެވިފައިވާ ދުޢާ ކިޔާނީ ފަހު އައްތަޙިއްޔާތުގައެވެ. ފަހު އައްތަޙިއްޔާތުގައި ފުރަތަމަ ކިޔާނީ ފުރަތަމަ އައްތަޙިއްޔާތު ކިޔާ ގޮތަށެވެ. އެއީ “التَّحِيَّاتُ لِلَّهِ وَالصَّلَوَاتُ وَالطَّيِّبَاتُ، السَّلَامُ عَلَيْكَ أَيُّهَا النَّبِيُّ وَرَحْمَةُ اللَّهِ وَبَرَكَاتُهُ، السَّلَامُ عَلَيْنَا وَعَلَى عِبَادِ اللَّهِ الصَّالِحِينَ،أَشْهَدُ أَنْ لَا إِلَهَ إِلَّا اللَّهُ، وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ” ދެން އިބްރާހީމީ ޞަލަވާތް ކިޔެވުމަށް ފަހު މަތީގައި ބަޔާންކުރެވިފައިވާ ދުޢާ ކިޔާނީއެވެ. މި ދުޢާ ކިޔެވުމަކީ ސުންނަތެއްކަމަށް 4 މަޛްހަބު އިއްތިފާޤުވެފައިވެއެވެ. والله أعلم.
___________________________________
الأذكار والآداب – ޝައިޙް ޢަބްދުލް މުޙްސިން ބުން މުޙައްމަދު އަލްޤާސިމް حفظه الله –