الدرس الثالث – ތިންވަނަ ފިލާވަޅު
الفِعْلُ المَاضِي، الفِعْلُ المُضَارِعُ، الفِعْلُ الأَمْرُ – ނިމުނުކަން، ވޭވޭހުރިކަން، އަމުރު
الفِعْلُ المَاضِي: ނިމުނުކަމަކީ، ވޭތުވެދިޔަ ތަނުގައި ކަމެއް ނިމުމުކަން ދޭހަކޮށްދޭ ކޮންމެ ކަމެކެވެ.
الفِعْلُ المُضَارِعُ: ޢަރަބި ބަހުގައި ވޭވޭހުރިކަން ނިސްބަތް ކުރަނީ، މިހާރު ވަމުންދާ އަދި މުސްތަޤްބަލުގައި ކުރާނެ ކޮންމެ ކަމަކަށެވެ. الفِعْلُ المُضَارِعُ އަބަދުވެސް ފަށާނީ الحُرُوْفُ المُضَارِعَة އަކުންނެވެ. އެއީ الهَمْزَةُ (أ) ، وَالنُوْنُ (ن) ، وَاليَاءُ (ي) ، وَالتَّاءُ (ت) އިންނެވެ.
الفِعْلُ الأَمْرُ: އަމުރަކީ، މުސްތަޤުބަލުގައި ކަމެއް ކުރަން އެދުމަށް ބޭނުންކުރާ ކޮންމެ ކަމެކެވެ.
الفِعْلُ المَاضِي ގެ ބައެއް މިސާލުތައް:
- كَتَبَ سَمِيْرُ رِسَالَةً.
- أَلْقَى الشَاعِرُ قَصَائِدَةً.
- سَافَرَ خَالِدُ إِلَى الخَلِيْجِ.
- رَكَصَ الحِصَانُ.
الفِعْلُ المُضَارِعُ ގެ ބައެއް މިސާލުތައް:
- أَعْمَلُ فِي الحَقْلِ.
- نَلْبَسُ ثِيَابَنَا.
- يَأْكُلُ الطَعَامَ.
- تَجْمَعُ الهَدَايَا.
الفِعْلُ الأَمْرُ ގެ ބައެއް މިސާލުތައް:
- قُمْ إِلَى اللَوْحِ.
- سَافِرْ إِلَى مِصْرَ.
- عُدْ إِلَى وَطَنِكَ.
- نَظِّفْ أَسْنَانَكَ.
تمارين تطبيقية – ފަރިތަކުރުން
(ހ) ތިރީގައިވާ ޖުމްލަތަކުން الفِعْلُ المَاضِي އާއި الفِعْلُ المُضَارِعُ އާއި الفِعْلُ الأَمْرُ ވަކިކުރާށެވެ!
- ذَهَبَ التِلْمِيْذُ إِلَى المَدْرَسَةِ بَاكِرًا.
- نَلْعَبُ فِي المَلْعَبِ.
- اِذْهَبْ إِلَى المَدَرَسَةِ كُلَّ يَوْمٍ.
- تَعَلَّمْ الأَدَبَ.
- لَبِسَ سَامِرٌ ثِيَابَهُ.
- نَمْشِيْ سَرِيْعًا.
(ށ) ތިރީގައިވާ ހުސްތަންތަނާއިގުޅޭ الفِعْلُ المَاضِي ލިޔާށޭވެ!
- …………………. العُصْفُوْرُ.
- …………………. السَّيَّارَةُ.
- …………………. البَحْرُ.
- …………………. التُفَاحَةَ.
(ނ) ތިރީގައިވާ ހުސްތަންތަނާއި ގުޅޭ الفِعْلُ المُضَارِعُ ލިޔާށޭވެ!
- …………………. الرِيْحُ.
- …………………. الشَّمْشُ.
- …………………. بِالكُرَةِ.
- …………………. إِلَى المَدَرَسَةِ.
(ރ) الفِعْلُ المَاضِي އިން ފެށޭ ތިން ޖުމްލަ ލިޔާށޭވެ!
(ބ) الفِعْلُ المُضَارِعُ އިން ފެށޭ ތިން ޖުމްލަ ލިޔާށޭވެ!
(ޅ) الفِعْلُ الأَمْرُ ބޭނުން ކޮށްގެން ތިން ޖުމްލަ ލިޔާށޭވެ!
(ކ) ތިރީގައި މިވާ ޖުމްލަތަކުގެ الفِعْلُ المَاضِي، الفِعْلُ المُضَارِعُ އަށް ބަދަލުކުރާށެވެ!
- لَعِبَ بِالكُرَةِ.
- كَتَبَ رِسَالَةً.
- طَارَ العُصْفُوْرُ.
- لَبِسْتُ ثِيَابِي.
(އ) ތިރީގައި މިވާ ޖުމްލަތަކުގެ الفِعْلُ المَاضِي، الفِعْلُ المُضَارِعُ އަށް ބަދަލުކުރާށެވެ!
- يَسْبَحُ فِي النَهْرِ.
- يَسْقُطُ المَطَرُ.
- أُنَظِّفُ ثِيَابِي.
- تَأْكُلُ البِطِّيْخَ.
(ވ) ތިރީގައި މިވާ ޖުމްލަތަކުގެ الفِعْلُ المُضَارِعُ، الفِعْلُ الأَمْرُ އަށް ބަދަލުކުރާށެވެ!
- أَتَكَلَّمُ بِالفُصْحَى.
- أَسْمَعُ القُرْآنَ.
- أُسَاعِدُ أُمِّيْ.
- نُسَافِرُ بِالطَّائِرَةِ.
(މ) الفِعْلُ المَاضِي އިން ފެށޭ، ޖަނަވާރުންނާ ގުޅުން ހުރި ތިން ޖުމްލަ ލިޔާށޭވެ!
(ފ) الفِعْلُ المُضَارِعُ އިން ފެށޭ، އާދަކާދައާ ގުޅުންހުރި ތިން ޖުމްލަ ލިޔާށޭވެ!
(ދ) الفِعْلُ الأَمْرُ ބޭނުން ކޮށްގެން، މަދަރުސާ އާއި ކިޔެވުމާއި ގުޅުންހުރި ތިން ޖުމްލަ ލިޔާށޭވެ!
_____________________________________
މިފިލާވަޅުތައް ތައްޔާރުކޮށްފައިވަނީ އުސްތާޛް އިބްރާހީމް ޝަމްޝުއްދީން ލިޔުއްވާފައިވާ “مرجع الطلاب في قواعد النحو“ މިފޮތް މަރުޖިޢަކަށް ބަލައިގެންނެވެ.