ޔަހޫދީން، އެމީހުން އެހެނިހެން ދީންތައް ހަލާކުކުރުމަށް ރާވާ ރޭވުންތަކާއި ސިޔާސީ ހަމަނުޖެހުންތައް އުފެއްދުމަށް ބޭނުންވާ މިންވަރު ހާމަކޮށްދޭ އެއްޗެއްކަމުގައި ‘ޕްރޮޓޮކޯލް އޮފް ދަ އެލްޑާރސް އޮފް ޒިއޯން’ ވެއެވެ. އޭގައި ބަޔާންކޮށްފައި ވެއެވެ:
“މިކަންތައް ހަމައެކަނި އަހަރެމެންނަށް އެނގޭނޭހެން، އެންމެ ވެރިކަމެއްގެ ދަށުން ހިންގާ އެއްޗެއްކަމުގައި ހަދާނީއެވެ. މި ވެރިކަމުގައި ހިމެނޭނީ އަހަރެމެންގެ ޢިލްމުވެރިންނާއި އަހަރެމެންގެ ޚާއްޞަ ބައިވެރިންނެވެ. އެއީ މި ވެރިކަން ޤާއިމުވެފައިވާ ޙަޤީގީ މާޙައުލު ވަންހަނާ ކުރުމަށްޓަކައެވެ. ވާހަކަ ދައްކާނެ މީހުންނާއި، އެ ދުވަހަކަށް ޙާއްޞަ ރޭވުންތައް ރޭވުމުގެ ބާރު ލިބިފައިވާނީ ހަމައެކަނި މި ވެރިކަމަށެވެ.
އަދި މި ވެރިކަމުގައި، ސޯޝަލިސްޓުންނާއި ‘ރިވޮލޫޝަނަރީ ސޮސައިޓީ’ އާ ދެކޮޅަށް، ރާވާ، އަނދަވަޅުތައް ތައްޔާރުކުރާނެއެވެ. ގިނަ ސިއްރު ސިޔާސީ ރޭވުންތަކަކީ އަހަރެމެންނަށް އެނގޭ ރޭވުންތަކެކެވެ. އަދި، އެ ރޭވުންތަކާ އެއްގޮތަށް ޢަމަލުކުރަން ފަށާނެ ވަގުތެއް ކަނޑައަޅާނީ ހަމަ އަހަރެމެންނެވެ. އެހެންނަމަވެސް، ބައިނަލްއަޤްވާމީ ސިއްރު ފުލުހުންގެ އޭޖެންޓުންވެސް މި ސެލްތަކުގެ ބައިވެރިން ކަމުގައި ވާނެއެވެ. މުޅި ދުނިޔޭގައި މި ނުރައްކާތެރި ރޭވުންތަކަށް ޢަމަލުކުރަން ފެށުމުން، މި ރޭވުންތަކުގެ އެންމެ އިސް ސަފުގައި އުޅޭނީ އަހަރެމެންނަށް އެންމެ އިތުބާރު ކުރެވޭ އެޖެންޓުންނެވެ. އަދި މި ރޭވުންތައް ކުރިއަށް ގެންދާނެ ހަމައެކަނި ބަޔަކީ އަހަރެމެންނެވެ. އެހެނީ އެ ރޭވުންތައް ކުރިއަށް ގެންދަން ދަންނަ ހަމައެކަނި ބަޔަކީ އަހަރެމެންނެވެ. އަދި ކޮންމެ ޢަމަލެއްގެ ފަހަތުގައިވާ މައިގަނޑު މަޤްޞަދުވެސް އެނގެނީ ހަމައެކަނި އަހަރެމެންނަށެވެ. ޔަހޫދީން ނޫން އެހެނިހެން މީހުންނަކީ މިފަދަ ގިނަ ކަންތައް ނުދަންނަ ބައެކެވެ. ވަކިން ޚާއްސަކޮށް މޭސަންރީ އަށް ނިސްބަތްވާ މީހުންނެވެ. އެމީހުންނަކީ އެމީހުން ކުރާ ޢަމަލުތަކުގެ ސަބަބުން އެވަގުތަކު ނިކުންނަ ނަތީޖާ އެކަނި ފެންނަ ބައެކެވެ.”
ޔަހޫދީންނާއި މޭސަނުންނާއި ދެމެދު އޮންނަ ވަރުގަދަ ގުޅުން ދައްކުވައިދޭ އެހެނިހެން ހެކިތައްވެސް ވެއެވެ. އަދި މި ދެބައިމީހުންގެ އެއްބައިވަންތަކަމާއި އެކީ، ނުރައްކާތެރި ހަރަކާތްތައް ދަނީ ކުރިއަށް ގެންދަމުންނެވެ. ބޭރުފުށުން ފްރީމޭސަންރީ އަކީ ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމާއި ކެތްތެރިކަމުގެ މައްޗަށް ބިނާވެފައިވާ ޖަމިއްޔާ އެކެވެ. އެހެން ނަމަވެސް، ޙަޤީގަތުގައި އެއީ މުޖްތަމަޢުތައް ރޫޅާލާ، އެއް ޤައުމާއި އަނެއް ޤައުމުގެ ދެމެދުގައިވާ ގުޅުން ހީނަރުކުރުވާ، އަދި ދީންތަކާއި ސުލޫކުތައް ނައްތާލާ، ހަމަނުޖެހުންތައް އުފައްދަމުން ގެންދާ ބައެކެވެ.
މި އެންމެހާ ކަންކަމަށް ރިޢާޔަތްކޮށް، ފްރީމޭސަންރީގެ ޙަޤީގަތާއި އޭގެ ސިއްރުތައް ދެނެހުރެ، އަދި އެމީހުންގެ ޤަބޫލުކުރުންތަކާއި އެއްގޮތަށް ޢަމަލުކުރާ ކޮންމެ މުސްލިމަކީވެސް ކާފިރެކެވެ. އަދި އޭނާއަށް ތައުބާވުމަށް ނަސޭޙަތް ދެވޭނެއެވެ. އޭނާ ތައުބާ ނުވެއްޖެކަމުގައި ވާނަމަ، އޭނާއަށް މަރުގެ ޙުކުމް އިއްވޭނެއެވެ. އަދި އެ ޙާލަތުގައި އޭނާ މަރުވެއްޖެ ކަމުގައިވާނަމަ، އޭނާ ބެލެވޭނީ ކާފިރެއްގެ ގޮތުގައެވެ.
އެހެން ނަމަވެސް، އެމީހުންނާ ގުޅުނުކަމުގައި ވިޔަސް، އޭނާއަށް އެ ޖަމްޢިއްޔާގެ އަޞްލާއި، މުސްލިމުންނާއި އިސްލާމްދީނާއި ދެކޮޅަށް އެމީހުން ރާވާ ރޭވުންތަކުގެ ޙަޤީގަތްތައް ނޭނގޭ މުސްލިމަކީ ކާފިރެއް ކަމުގައެއް ނުބެލެވޭނެއެވެ. އެއީ، އެމީހުންގެ ޙަޤީގީ މަޤްޞަދުތަކާއި އަޞްލުތައް އޭނާއަށް އޮޅުވާލެވިފައި ވުމުންނެވެ. އަދި، މިކަމުގެ ސަބަބުން އޭނާ އެމީހުންގެ ޢަޤީދާއާއި ޤަބޫލުކުރާ ޤަބޫލުކުރުންތަކަށް ތަބައެއް ނުވެއެވެ.
ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ.
((إِنَّمَا الْأَعْمَالُ بِالنِّيَّاتِ وَإِنَّمَا لِكُلِّ امْرِئٍ مَا نَوَى)) [1]
މާނައީ: “ހުރިހާ ޢަމަލުތަކެއް (އެޢަމަލެއް) ނިޔަތްގަތްގޮތެއްގެ މައްޗަށް މެނުވީ ނުވެއެވެ. އަދި ކޮންމެ މީހަކަށްވެސް އެމީހަކު ނިޔަތްގަތްކަމެއް މެނުވީ ނުވެއެވެ.”
އެހެން ނަމަވެސް، އޭނާއަށް އެމީހުންގެ ޙަޤީގަތް އެނގުމުން އެމީހުންނާއި ދުރުހެލިވާން ޖެހޭނެއެވެ. އަދި އެމީހުންގެ އަޞްލާއި ބެހޭގޮތުން އެހެނިހެން މީހުންނަށް ކިޔައިދޭން ވާނެއެވެ. އަދި އެމީހުންގެ ސިއްރުތަކާއި ރޭވުންތައް އެހެނިހެން މުސްލިމުންނަށް ކިޔައިދިނުމުގައި ދެމިހުރުމަށްޓަކައި ހިތްވަރާއި އެކީ މަސައްކަތް ކުރަންވާނެއެވެ. އެއީ އެމީހުންގެ ނުރައްކާތެރި ރޭވުންތައް ނާކާމިޔާބުވެ، މުސްލިމުންނަށް ނަޞްރު ހޯދައިދިނުމަށްޓަކައެވެ. އަދި ރަނގަޅު ޞާލިޙު އެކުވެރިންތަކުން އޭނާގެ ނަފްސު ވަށައިލަން ވާނެއެވެ. އެއީ އޭނާ ޝިރުކުގެ އަހުލުވެރިންގެ ވަކި ތަކުން ސަލާމަތްވެ، ތެދުމަގުގައި ސާބިތުވެ ހުރުމަށްޓަކައެވެ.
__________________________