[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އުފަންވާ ކުއްޖާގެ ޙުކުމްތަކާ ގުޅޭ 43 ފައިދާ – 6

10. އުފަންވާކުއްޖާއަށް 7 ވަނަދުވަހު ޢަޤީޤާ ކަތިލުމަކީ ސުންނަތެކެވެ. ފިރިހެން ކުއްޖަކަށް 2 ބަކަރިއެވެ. އަދި އަންހެން ކުއްޖަކަށް 1 ބަކަރިއެވެ.

((عَقَّ  رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ  عَنِ الْحَسَنِ وَالْحُسَيْنِ رَضِيَ اللهُ عَنْهُما بِكَبْشَينِ كَبْشَينِ.)) [1]

މާނަ: ރަސޫލާ صلى الله عليه وسلم ޙަސަނުގެފާނާއި ޙުސެއިނުގެފާނުގެ މަތިން  ޢަޤީޤާ ކަތިލެއްވިއެވެ. އެކަލޭގެފާނު ކަތިލެއްވީ ދެ ބަކަރިން ދެ ބަކަރިންނެވެ. (ކޮންމެ ބޭފުޅަކަށް ދެބަކަރިއެވެ.)

ޙަދީޘެއްގައި އައިސްފައިވެއެވެ. ((عَنِ الْغُلَامِ شَاتَانِ مُكَافِئَتَانِ، وَعَنِ الْجَارِيَةِ شَاةٌ))[2].

މާނަ: ތުއްތު ފިރިހެންކުއްޖާއަށް އެއްވަރެއްގެ ދެބަކަރިއެވެ. އަދި ތުއްތު އަންހެންކުއްޖާއަށް ބަކަރިއެކެވެ.

ޙަދީޘްގައިވާ مُكَافِئَتَانِގެ މާނައަކީ އެއްވަރެއްގެ ނުވަތަ ކައިރިކުރާ އެވެ. [3]

 

11. ޢަޤީޤާއަކީ ކުއްޖާ އުފަންވުމާއި ގުޅިގެން ކަތިލެވޭ އެއްޗަށް ކިޔާ ނަމެވެ. އެއީ ގަދަވެގެންވާ ސުންނަތެކެވެ. އަދި އެއީ ﷲ ތަޢާލާ ދެއްވި ނިޢުމަތަށް (ދަރިއެއް ދެއްވުމުގެ ނިޢުމަތް) ޝުކުރުވެރިވުމުގެ ގޮތުން ކަތިލާ ކަތިލުމެކެވެ. އަދި އެއީ ކުއްޖާ އެންމެ ފުރަތަމަ ދުނިޔެއަށް އުފަންވާއިރު ﷲ ތަޢާލާގެ ހަޟްރަތަށްވެވޭ ކުއްތަންވުމެކެވެ. އަދި ކުއްޖާގެ މަތިން (ކަތިލެވޭ) ޤުރުބާނީއެކެވެ. އެއީ ގެއްލުންތަކުން ކުއްޖާ ސަލާމަތްތެރިކަމާއި ރައްކާތެރިކުރެއްވުމަށް އެދި ކުރެވޭ އުންމީދެކެވެ. އަދި ފަޤީރުންނާއި ބޭނުންޖެހޭ މީހުންނަށްވެވޭ އިޙްސާންތެރިކަމެކެވެ.

 

12. ފަޤީރެއްކަމުގައިވާނަމަ ދަރަންޏެއްގެ ގޮތުގައި ނަގައިގެން އަޤީޤާ ކަތިލުމަކީ އެއްވެސް މައްސަލައެއް އޮތްކަމެއް ނޫނެވެ. ﷲ ތަޢާލާގެ ފަޟްލުވަންތަވެރިކަމުން އެމީހަކު މުއްސަނދި ކުރައްވަފާނެއެވެ.

އިމާމު އަޙްމަދު ރަޙިމަހުﷲ ވިދާޅުވިއެވެ. “އެމީހެއްގެ އަތުގައި ޢަޤީޤާ ކަތިލެވޭނެ މިންވަރެއް ނެތްމީހާ ދަރަންޔަށް ނަގާށެވެ. ﷲ ތަޢާލާ އެމީހެއްގެ ޙާލު ބަދަލުކުރައްވާނެކަމުގެ އުންމީދުކުރައްވަމެވެ. އެއީ އެމީހާ ސުންނަތެއް ދިރުވުމުގެ ސަބަބުންނެވެ.”[4]


މިލިޔުމުގެ އެހެންބައިތައް

[1]  رواه النسائي (4219) , وصححه الألباني.

[2]  رواه أبو داود (2834) ,والترمذي (1516) ,  والنسائي (4215) , وابن ماجة (3162) , وصححه الألباني.

[3] ތުއްތު ފިރިހެންކުއްޖާއަށް އެކުއެކީގައި ކަތިލެވޭ ދެބަކަރީގެ މާނަވެސް، މިޙަދީޘުން ބައެއް ޢިލްމުވެރިން ނަންގަވައެވެ. (މުތަރުޖިމު)

[4]  ينظر : المغني لإبن قدامة (9/460) , وتحفة المودود لإبن القيم (ص79)