[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ބަރުޒަޚުގެ ޙަޔާތް – 3

قَالَ: فَيَصْعَدُونَ بِهَا، فَلَا يَمُرُّونَ – يَعْنِي – بِهَا عَلَى مَلَإٍ مِنَ الْمَلَائِكَةِ، إِلَّا قَالُوا: مَا هَذَا الرُّوحُ الطَّيِّبُ؟ فَيَقُولُونَ: فُلَانُ بْنُ فُلَانٍ، بِأَحْسَنِ أَسْمَائِهِ الَّتِي كَانُوا يُسَمُّونَهُ بِهَا فِي الدُّنْيَا، حَتَّى يَنْتَهُوا بِهَا إِلَى السَّمَاءِ الدُّنْيَا، فَيَسْتَفْتِحُونَ لَهُ، فَيُفْتَحُ لَهُمْ فَيُشَيِّعُهُ مِنْ كُلِّ سَمَاءٍ مُقَرَّبُوهَا إِلَى السَّمَاءِ الَّتِي تَلِيهَا، حَتَّى يُنْتَهَى بِهِ إِلَى السَّمَاءِ السَّابِعَةِ، فَيَقُولُ اللَّهُ عَزَّ وَجَلَّ: اكْتُبُوا كِتَابَ عَبْدِي فِي عِلِّيِّينَ، ﴿وَمَا أَدْرَاكَ مَا عِلِّيُّونَ [١٩] كِتَابٌ مَّرْقُومٌ [٢٠] يَشْهَدُهُ الْمُقَرَّبُونَ [٢١]﴾ [1] فَيكْتُب كِتَابَه في عِلِّيِّين، ثُمّ قَال]: وَأَعِيدُوهُ إِلَى الْأَرْضِ، فَإِنِّي [وَعَدتهُم أَنّي] مِنْهَا خَلَقْتُهُمْ، وَفِيهَا أُعِيدُهُمْ، وَمِنْهَا أُخْرِجُهُمْ تَارَةً أُخْرَى، قَالَ: فَ[يُردُّ إلى الأَرْضِ ، و]تُعَادُ رُوحُهُ فِي جَسَدِهِ

އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. އެބޭކަލުން އޭނާގެ ފުރާނަ ހިއްޕަވައިގެން އުޑަށް އަރުއްވާވަޑައިގަންނަވާއިރު (މިފަދައިން) ވިދާޅުނުވާ އެއްވެސް މަލާއިކަތުންގެ ޖަމާޢަތެއްގެ ކައިރިން، އެބޭކަލުން ހުރަސް ނުކުރައްވާނެއެވެ. މިއީ ކޮން ރަނގަޅު ފުރާނައެއް ހެއްޔެވެ؟ އެބޭކަލުން ދަންނަވާނެއެވެ. (މިއީ) އެވެނި މިވެނި މީހެއްގެ ދަރިއެކެވެ. ދުނިޔޭގައި އޭނާއަށް ގޮވާއުޅުނު އެންމެ ރީތި ނަމަކުން، މަލާއިކަތުން އެ މީހަކަށް މުޚާތަބު ކުރައްވާނެއެވެ. (މައްޗަށް އަރުއްވަމުން ގޮސް) ދުނިޔޭގެ އުޑާއި، ހަމައަށް ފޯރުމުން، އޭނާއަށް އުޑުގެ ދޮރުކޮޅު ހުޅުއްވައިދެއްވުމަށް އެބޭކަލުން އެދޭނެއެވެ. ދެން އޭނާއަށް އެ ދޮރުކޮޅު ހުޅުއްވައިދެއްވެވޭނެއެވެ. އެ އުޑެއްގެ އެންމެ ކުއްތަންކުރެވިފައިވާ މަލާއިކަތުން އަނެއް އުޑާއި ހަމައަށް އެ ފުރާނަ ގޮވައިގެން ދަތުރު ކުރައްވާނެއެވެ. އެއީ ހަތްވަނަ އުޑާ ހަމައަށް ފޯރައިފުމަށް ދާންދެނެވެ.

ފަހެ، ﷲ عَزَّ وَجَلَّ ވަޙީކުރައްވާނެއެވެ. ތިމަން އިލާހުގެ އަޅާގެ (ޢަމަލުތަކުގެ) ފޮތް ޢިއްލިޔޫންގައި (އެބަހީ: ސުވަރުގޭގެ އަހުލުވެރިންގެ ޢަމަލުތައް ލިޔުއްވޭ ތަނުގައި) ލިޔުއްވާށެވެ.

﴿وَمَا أَدْرَاكَ مَا عِلِّيُّونَ [١٩] كِتَابٌ مَّرْقُومٌ [٢٠] يَشْهَدُهُ الْمُقَرَّبُونَ [٢١]﴾ [سورة المطففين 19 – 21]

މާނައީ: “ޢިއްލިޔޫނަކީ ކޮން އެއްޗެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮން އެއްޗެއްތޯއެވެ؟ [19] (އެއީ) ލިޔުއްވާ ފާހަގަކުރައްވާފައިވާ ފޮތެކެވެ. [20] ކުއްތަންކުރައްވާފައިވާ މަލާއިކަތުން އެ ފޮތް ދެކެވަޑައިގަންނަވާނެއެވެ. [21]”

ފަހެ، އޭނާގެ ޢަމަލުތަކުގެ ފޮތް ޢިއްލިއްޔޫންގައި ލިޔުއްވޭނެއެވެ. ދެން އެއަށްފަހު ޙަދީޘްކުރެއްވިއެވެ. (ﷲ ވަޙީކުރައްވާނެއެވެ.) އެ ފުރާނަ ބިމަށް ރައްދުކުރައްވާށެވެ. ހަމަކަށަވަރުން (އެއީ) އެބައިމީހުންނަށް ތިމަންއިލާހު ކުރައްވާފައިވާ ވަޢުދުފުޅެކެވެ. އެބައިމީހުން ހެއްދެވީ އެ ބިމުންނެވެ. އަދި އެބައިމީހުން އަނބުރާ އިޢާދަކުރައްވާހުށީވެސް އެ ބިމަށެވެ. އަދި ދެވަނަ ފަހަރަށް އެބައިމީހުން ނެރުއްވާހުށީވެސް އެ ބިމުންނެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ފަހެ (އެފުރާނަ) ބިމަށް ރައްދުކުރެވޭހުށްޓެވެ.ފުރާނަ ގެނެސް ހަށިގަނޑަށް އަލުން އަނބުރާ އިޢާދަކުރެއްވޭނެއެވެ.

 

[قال: فإنّه يسمعُ خَفقَ نِعالِ أصحابهِ إذا ولَّوا عَنه] [مُدْبِرِين]، فَيَأْتِيهِ مَلَكَانِ، [شَدِيـدَا الانتِهَار] فَ[يَنْتَهِرَانـه و]يُجْلِسَانِهِ، فَيَقُولَانِ لَهُ: مَنْ رَبُّكَ؟ فَيَقُولُ: رَبِّيَ اللَّهُ، فَيَقُولَانِ لَهُ: مَا دِينُكَ؟ فَيَقُولُ: دِينِيَ الْإِسْلَامُ، فَيَقُولَانِ لَهُ: مَا هَذَا الرَّجُلُ الَّذِي بُعِثَ فِيكُمْ؟ فَيَقُولُ: هُوَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَيَقُولَانِ لَهُ: وَمَا عَمَلُكَ؟ فَيَقُولُ: قَرَأْتُ كِتَابَ اللَّهِ، فَآمَنْتُ بِهِ، وَصَدَّقْتُ، فينتهرُه فيقولُ: منْ رَبُّكَ؟ ما دينُك؟ منْ نبيُّك؟ وهي آخرُ فتنةٍ تُعرضُ على المؤمنِ ، فلذلك حين يقولَ الله عزّ وجلّ: ﴿يُثَبِّتُ اللَّـهُ الَّذِينَ آمَنُوا بِالْقَوْلِ الثَّابِتِ فِي الْحَيَاةِ الدُّنْيَا﴾ [2]، فيَقُوْل: رَبي الله ، وَدِينِي الإسلامُ ، ونبيي محمدٌ صلى الله عليه وسلم، فَيُنَادِي مُنَادٍ فِي السَّمَاءِ: أَنْ صَدَقَ عَبْدِي، فَأَفْرِشُوهُ مِنَ الْجَنَّةِ، وَأَلْبِسُوهُ مِنَ الْجَنَّةِ، وَافْتَحُوا لَهُ بَابًا إِلَى الْجَنَّةِ، قَالَ: فَيَأْتِيهِ مِنْ رُوْحِهَا، وَطِيبِهَا، وَيُفْسَحُ لَهُ فِي قَبْرِهِ مَدَّ بَصَرِهِ

އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. އޭނާ (ވަޅުލުމަށްފަހު) މީސްތަކުން ފުރަގަސްދީ ދާހިނދު، އެމީހުންގެ ފައިވާނުގެ އަޑު އޭނާއަށް އިވޭހުށްޓެވެ. ދެން ފަހެ ގަދަފަދަވެގެންވާ އަޑެއް (ލިބިފައިވާ)، ދެ މަލާއިކަތުން އެ މީހާގެ ކައިރިއަށް ވަޑައިގަންނަވާނެއެވެ. އެ ދެ ބޭކަލުން އޭނާ އާއި ދިމާލަށް (ގަދަފަދަ އަޑަކުން) ހަޅޭފުޅުލައްވާނެއެވެ. ދެންފަހެ އޭނާ ބައިންދަވާނެއެވެ. ފަހެ އެ ދެ ބޭކަލުން އޭނާއަށް ވިދާޅުވާނެއެވެ. ތިބާގެ ރައްބަކީ ކޮބާ ހެއްޔެވެ؟ އޭނާ ދަންނަވާނެއެވެ. ތިމަންގެ ރައްބަކީ ﷲ އެވެ. އެ ދެ ބޭކަލުން އޭނާއަށް ވިދާޅުވާނެއެވެ. ތިބާގެ ދީނަކީ ކޮބާ ހެއްޔެވެ؟ އޭނާ ދަންނަވާނެއެވެ. ތިމަންނަގެ ދީނަކީ އިސްލާމްދީނެވެ. ފަހެ އެ ދެ ބޭކަލުން އެ މީހާއަށް ވިދާޅުވާނެއެވެ. ތިޔަބައިމީހުންގެ ކައިރިއަށް ފޮނުއްވުނު މިބޭކަލަކީ ކާކު ހެއްޔެވެ؟ އޭނާ ދަންނަވާނެއެވެ. އެއީ ﷲގެ ރަސޫލާއެވެ. އެ ދެބޭކަލުން އޭނާއަށް ވިދާޅުވާނެއެވެ. ތިބާގެ ޢަމަލަކީ ކޮބާ ހެއްޔެވެ؟ އޭނާ ދަންނަވާނެއެވެ. އަހަރެން، ﷲގެ ފޮތް ކިޔެވީމެވެ. އަދި އެ ފޮތަށް އަހަރެން އީމާންވީމެވެ. އަދި (އެ ފޮތުގައިވާ ހުރިހާ ކަމެއް އަހަރެން) ތެދުކުރީމެވެ. ދެން އެއަށްފަހު (އަނެއްކާވެސް ގަދަފަދަ އަޑަކުން) އޭނާއާއި ދިމާލަށް ހަޅޭލައްވާނެއެވެ. ދެންފަހެ ވިދާޅުވާނެއެވެ. ތިބާގެ ރައްބަކީ ކޮބާ ހެއްޔެވެ؟ ތިބާގެ ދީނަކީ ކޮބާ ހެއްޔެވެ؟ ތިބާގެ ނަބިއްޔަކީ ކޮބާ ހެއްޔެވެ؟ އެއީ މުއުމިނު އަޅަކަށް ހުށަހެޅޭނެ އެންމެ ފަހު ފިތުނައެވެ. އެ ފަދައިން އެކަން ބަޔާންކުރައްވައި ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿يُثَبِّتُ اللَّـهُ الَّذِينَ آمَنُوا بِالْقَوْلِ الثَّابِتِ فِي الْحَيَاةِ الدُّنْيَا﴾ [سورة إبراهيم 27]

މާނައީ: “ދުނިޔޭގެ ޙަޔާތުގައި ޘާބިތުވެގެންވާ (ޙައްޤު) ބަހުން އީމާންވި މީހުންނަށް، ﷲ ޘާބިތުކަން ދެއްވައެވެ.”

އޭނާ ބުނާނެއެވެ. ﷲއީ ތިމަންގެ ރައްބެވެ. ތިމަންގެ ދީނަކީ އިސްލާމްދީނެވެ. ތިމަންގެ ނަބިއްޔަކީ މުޙައްމަދުގެފާނެވެ.  އެހިނދުގައި އުޑުން ގޮވައިލެވޭނެއެވެ. ތިމަން އިލާހުގެ އަޅާ ތެދު ބުނެފިއެވެ. ސުވަރުގެއިން އޭނައަށް ދާނެއް ފަތުރާށެވެ. އަދި ސުވަރުގޭގެ ހެދުމުން އޭނާއަށް ހެދުން ލައްވާށެވެ. އަދި ސުވަރުގެއިން އޭނައަށް ދޮރެއް ހުޅުވައިދެއްވާށެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. އެ ދޮރުން އޭނައަށް ސުވަރުގޭގެ ރާޙަތާއި މީރުވަސް އަންނާނެއެވެ. އަދި އޭނައަށްޓަކައި، އޭނާގެ ކަށްވަޅު އޭނާގެ ލޮލުކޮޅަށް ފެންނަ ހިސާބަށް ތަނަވަސް ވެގެންވާ ކަށްވަޅަކަށް ވެގެންދާނެއެވެ.

 

قَالَ: وَيَأْتِيهِ [وفي رواية: يُمثّل له] رَجُلٌ حَسَنُ الْوَجْهِ، حَسَنُ الثِّيَابِ، طَيِّبُ الرِّيحِ، فَيَقُولُ: أَبْشِرْ بِالَّذِي يَسُرُّكَ، [أبشِر برضوانٍ من اللهِ ، وَجَنّاتٍ فِيها نَعِيمٌ مقيمٌ] هَذَا يَوْمُكَ الَّذِي كُنْتَ تُوعَدُ، فَيَقُولُ لَهُ: [وأنتَ فَبشرك الله بخيرٍ] مَنْ أَنْتَ؟ فَوَجْهُكَ الْوَجْهُ يَجِيءُ بِالْخَيْرِ، فَيَقُولُ: أَنَا عَمَلُكَ الصَّالِحُ [فواللهِ ما علمِتُك إلا كنت سريعاً في طاعةِ الله، بطيئاً في معصيةِ اللهِ ، فجزاك الله خيراً]، ثم يُفتحُ له بابٌ من الجنةِ، وبابٌ من النّار، فيُقال: هذا منزلُك لو عصيتَ الله ، أبْدَلَكَ اللهُ بِهِ هَذَا، فإِذَا رَأَى مَا فِي الجَنّةِ قَالَ: رَبِّ عجِّل قِيَامَ الساعةِ، كَيْمَا أرجعُ إلى أهلي ومالي ، [فيُقالُ له: اسْكُن]

އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. އެހިނދުގައި މޫނު ރީތި، ހެދުން ރީތި، މީރުވަސްދުވާ މީހަކު، އޭނާގެ ގާތަށް އަންނާނެއެވެ. (އެބަހީ: ރީތި ސިފައެއްގައި، ރީތި މަންޒަރެއްގައި މީހަކު އޭނައާއި ކަށްވަޅުގައި ބައްދަލުކުރާނެއެވެ.) އެހެން ރިވާޔަތެއްގައި ވެއެވެ. އޭނާއަށް ޞިފަކުރެވޭނެއެވެ.

ފަހެ، އޭނާ ބުނާނެއެވެ. ތިބާއަށް އުފާވެރިކަން ލައްވާފައިވާ ކަންތަކަށް އުފާކުރާށެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުމަށް ތިބާ އުފާކުރާށެވެ. އެތަނުގައި، (އެބަހީ: ސުވަރުގޭގައި) އެއުރެންނަށް އަބަދަށް ދެމިހުންނަނިވި ނިޢުމަތްތައް ވެއެވެ. މިއީ ތިބާއަށް މީގެ ކުރިން ވަޢުދުކުރެވުނު ދުވަހެވެ.

އޭނާ އެމީހާއަށް ބުނާނެއެވެ. ﷲ ތަޢާލާ ތިބާއަށްވެސް ހެޔޮކަމުގެ ޚަބަރުން އުފާވެރިކަން ދެއްވާށިއެވެ. ތިބާއީ ފަހެ ކާކު ހެއްޔެވެ؟ ތިބާއީ ހެޔޮކަމުގެ މޫނަކާއިގެން އައި މީހެކެވެ. އެމީހާ ބުނާނެއެވެ. އަހަންނަކީ ތިބާގެ ޞާލިޙު ޢަމަލެވެ. ﷲ ގަންދީ ބުނަމެވެ. ތިބާ، ﷲ ތަޢާލާއަށް ކިޔަމަންތެރިވުމަށް އަވަސްވެގަންނަކަން މެނުވީ ތިމަންނައަށް އެނގިގެން ނުވެއެވެ. ﷲ ތަޢާލާއަށް އުރެދުމަށް، (ތިބާ) ފަސްޖެހިގަނެއެވެ. ﷲ ތަޢާލާ ތިބާއަށް ހެޔޮޖަޒާ ދެއްވާށިއެވެ. ދެން އެއަށްފަހު ސުވަރުގެއިން ދޮރުކޮޅެއް އޭނާއަށް ހުޅުވޭނެއެވެ. އަދި ނަރަކައިން ދޮރުކޮޅެއްވެސް މެއެވެ. އޭނާއަށް ބުނެވޭނެއެވެ. ﷲ އަށް އުރެދުނުނަމަ، މިއީ ތިބާގެ މަންޒިލެވެ. ތިބާއަށްޓަކައި ﷲ ތަޢާލާވަނީ މިތަން އެތަނަށް (އެބަހީ: ނަރަކަ ސުވަރުގެއަށް) ބަދަލުކޮށްދެއްވާފައެވެ.

ފަހެ އެހިނދު ސުވަރުގޭގައިވާ (ނިޢުމަތްތައް) ފެނުމުން، ﷲ ތަޢާލާއަށް އޭނާ ދަންނަވާނެއެވެ. އަޅުގެ ރައްބެވެ! ޤިޔާމަތް އަވަސްކޮށްދެއްވާންދޭވެ. (އެއީ) ތިމަންނަގެ އަހުލުންނާއި މުދާތަކުގެ ކައިރިއަށް އެނބުރި ދިއުމަށްޓަކައެވެ. އޭނާ އަށް ބުނެވޭނެއެވެ. ހަމަޖެހޭށެވެ.

= ނުނިމޭ =


މިލިޔުމުގެ އެހެންބައިތައް

 

[1]  سورة المطففين 19 – 21

[2]  سورة إبراهيم 27