[قال فإنه ليسمعُ خفقَ نِعالِ أصحابهِ إذا ولَّوا عنه]. وَيَأْتِيهِ مَلَكَانِ [شديدا الانتهارِ ، فينتهرانهِ ، و]يُجْلِسَانِهِ، فَيَقُولَانِ لَهُ: مَنْ رَبُّكَ؟ [فَيَقُولُ: هَاهٍ هَاهٍ لَا أَدْرِي، فَيَقُولَانِ لَهُ: مَا دِينُكَ؟ فَيَقُولُ: هَاهٍ هَاهٍ لَا أَدْرِي]، فَيَقُولَانِ لَهُ: مَا هَذَا الرَّجُلُ الَّذِي بُعِثَ فِيكُمْ؟ فلا يهتدي لاسمه ، فيُقال: محمدٌ! فَيَقُولُ: هَاهٍ هَاهٍ لَا أَدْرِي [سمعتُ الناسَ يقولون ذاك. قال: فيُقال لا دَرَيت ، ولا تلوت]، فَيُنَادِي مُنَادٍ مِنَ السَّمَاءِ أَنْ كَذَبَ، فَافْرِشُوا لَهُ مِنَ النَّارِ، وَافْتَحُوا لَهُ بَابًا إِلَى النَّارِ، فَيَأْتِيهِ مِنْ حَرِّهَا، وَسَمُومِهَا، وَيُضَيَّقُ عَلَيْهِ قَبْرُهُ حَتَّى تَخْتَلِفَ فِيهِ أَضْلَاعُهُ
އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. އޭނާ (ވަޅުލުމަށް ފަހު) މީސްތަކުން ފުރަގަސްދީ ދާހިނދު، އެމީހުންގެ ފައިވާނުގެ އަޑު އޭނާއަށް އިވޭ ހުށްޓެވެ. އަދި ގަދަފަދަވެގެންވާ އަޑެއް (ލިބިފައިވާ)، ދެ މަލާއިކަތުން އެ މީހާގެ ކައިރިއަށް ވަޑައިގަންނަވާނެއެވެ. ފަހެ، އެ ދެ ބޭކަލުން އޭނާއާ ދިމާލަށް (ގަދަފަދަ އަޑަކުން) ހަޅޭފުޅުލައްވާނެއެވެ. އަދި އޭނާ ބައިންދަވާނެއެވެ. ފަހެ އެ ދެ ބޭކަލުން އޭނާއަށް ވިދާޅުވާނެއެވެ. ތިބާގެ ރައްބަކީ ކޮބާ ހެއްޔެވެ؟ ފަހެ، އޭނާ ދަންނަވާނެއެވެ. ހާއް، ހާއް، އަހުރެންނަކަށް ނޭނގެއެވެ. ފަހެ، އެ ދެ ބޭކަލުން އެ މީހާއަށް ވިދާޅުވާނެއެވެ. ތިބާގެ ދީނަކީ ކޮބާ ހެއްޔެވެ؟ ފަހެ، އޭނާ ދަންނަވާނެއެވެ. ހާއް، ހާއް، އަހުރެންނަކަށް ނޭނގެއެވެ. ފަހެ، އެ ދެ ބޭކަލުން އެ މީހާއަށް ވިދާޅުވާނެއެވެ. ތިޔަބައިމީހުންގެ ގާތަށް ފޮނުއްވުނު މި ބޭކަލަކީ ކާކު ހެއްޔެވެ؟ އޭނާއަށް އެކަލޭގެފާނުގެ ނަންފުޅެއް ނޭނގޭނެއެވެ. އޭނާއަށް ބުނެވޭނެއެވެ. މުޙައްމަދެވެ! އޭނާ ދަންނަވާނެއެވެ. ހާއް، ހާއް، އަހުރެންނަކަށް ނޭނގެއެވެ. މީސްތަކުން ތިފަދައިން ބުނާ އަޑު އެހީމެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. އޭނާއަށް ބުނެވޭނެއެވެ. ކަލޭއަށް ނޭނގުނެވެ. އަދި ކަލޭ (ނުވެސް) ކިޔައެވެ. ފަހެ، އެހިނދުގައި އުޑުން ގޮވައިލެވޭނެއެވެ. އޭނާ ދޮގުކޮށްފިއެވެ. ނަރަކައިންއިން އޭނާއަށް ތަންމައްޗެއް ފަތުރާށެވެ. އަދި ނަރަކައިން އޭނާއަށް ދޮރެއް ހުޅުވައިދެއްވާށެވެ. ފަހެ އެ ދޮރުން ނަރަކައިގެ ހޫނާއި ވޭން އަންނާނެއެވެ. ފަހެ، އޭނާގެ ކަށިތައް އެކަށިގަނޑުގެ ތެރެއަށް އަނެއް ކަށިގަނޑު ވަދެ ފިތި ބާރު ދަންދެން، ކަށްވަޅު އޭނައަށް ދަތިކުރެވޭނެއެވެ.
وَيَأْتِيهِ (وفي رواية: ويُمثل له) رَجُلٌ قَبِيحُ الْوَجْهِ، قَبِيحُ الثِّيَابِ، مُنْتِنُ الرِّيحِ، فَيَقُولُ: أَبْشِرْ بِالَّذِي يَسُوءُكَ، هَذَا يَوْمُكَ الَّذِي كُنْتَ تُوعَدُ، فَيَقُولُ: [وأنت فبشَّرك اللهُ بالشرِّ] مَنْ أَنْتَ؟ فَوَجْهُكَ الْوَجْهُ يَجِيءُ بِالشَّرِّ، فَيَقُولُ: أَنَا عَمَلُكَ الْخَبِيثُ، [فواللهِ ما علمتُ إلاّ كنتَ بطيئاً عن طاعةِ الله ، سريعاً إلى معصيةِ اللهِ ، فجزاكَ الله شَرَّاً ، ثم يُقيَّضُ له أعمى أصمُّ أبكمُ في يده مرزبّةً! لو ضُرب بها جبلُ كان تراباً ، فيضربهُ ضربةً حتى يَصيرَ بها تراباً ، ثم يعيدهُ الله كما كان، فيضربُهُ ضربةً أخرى ، فيصيحُ صيحةً يسمعهُ كلُّ شيء إلاّ الثقلينِ ، ثم يُفتح له بابٌ من النار ، ويُمهَّدُ من فُرُشِ النارِ]، فَيَقُولُ: رَبِّ لَا تُقِمِ السَّاعَةَ». [1]
އަދި މޫނު ހުތުރު، ހެދުން ހަޑި، ނުބައި ވަސް ދުވާ މީހަކު، އޭނާގެ ގާތަށް އަންނާނެއެވެ. އެހެން ރިވާޔަތެއްގައިވެއެވެ. އޭނާއަށް ޞިފަކުރެވޭނެއެވެ. ފަހެ، އެމީހާ ބުނާނެއެވެ. ތިބާއަށް ނުބައިކަންތަކުގެ ޚަބަރުން ޚަބަރުދެމެއެވެ. މިއީ ތިބާއަށް މީގެ ކުރިން ވަޢުދުކުރެވުނު ދުވަހެވެ.
އޭނާ އެމީހާއަށް ބުނާނެއެވެ. ﷲ ތަޢާލާ ތިބާއަށްވެސް ނުބައިކަމުގެ ޚަބަރުން ޚަބަރު ދެއްވާށިއެވެ. ތިބާއަކީ ކާކު ހެއްޔެވެ؟ ފަހެ، ތިބާއީ ނުބައިކަމުގެ މޫނަކައިގެން އައި މީހެކެވެ. އެމީހާ ބުނާނެއެވެ. އަހަންނަކީ ތިބާގެ ނުބައި ޢަމަލެވެ. ﷲ ގަންދީ ބުނަމެވެ. ތިބާ ﷲ ތަޢާލާއަށް ކިޔަމަންތެރިވުމަށް ފަސްޖެހިގަންނަތަން މެނުވީ އަހަންނަށް އެނގިގެން ނުވެއެވެ. ﷲ އަށް އުރެދުމަށް ތިބާ އަވަސްވެގަނެއެވެ. ﷲ ތިބާއަށް ނުބައިވެގެންވާ ޖަޒާއެއް ދެއްވާށިއެވެ.
ދެން އެއަށްފަހު ބީރު މަންމަން މީހެއް އޭނާއަށް ފާކުރައްވާނެއެވެ. އެމީހާގެ އަތުގައި މަރުތޭލެއް އޮންނާނެއެވެ. އެ މަރުތޭލުން ފަރުބަދައެއްގައި ޖަހައިފިނަމަ، އެ ފަރުބަދަވެސް ވެއްޔަށް ވެގެންދާނެއެވެ. ދެންފަހެ އޭނާ ވެއްޔަށް ވުމަށް ދާންދެން، އެ މީހަކު އޭގެއިން އޭނާގެ ގައިގައި ޖައްސަވާނެއެވެ. ދެން އެއަށްފަހު ﷲ ތަޢާލާ އޭނާ ކުރިން ހުރި ގޮތަށް ރުޖޫޢަކުރައްވާ ހުށްޓެވެ. ފަހެ އަނެއްކާވެސް އެތި ފަހަރެއް، އޭނާގެ ގައިގައި ޖައްސަވާނެއެވެ. ފަހެ، އޭނާ ހަޅޭއްލަވައިގަންނާނެއެވެ. އިންސީންނާއި ޖިންނީން ފިޔަވައި އެހެން ހުރިހާ އެއްޗަކަށް އެ ހަޅޭކުގެ އަޑު އިވޭނެއެވެ. ދެން އެއަށްފަހު ނަރަކައިން ދޮރެއް އޭނާއަށް ހުޅުވޭނެއެވެ. އަދި ނަރަކައިން ތަންމަތި އޭނާއަށް ފެތުރޭނެއެވެ. ފަހެ އޭނާ ދަންނަވާނެއެވެ. އަޅުގެ ރައްބެވެ. ޤިޔާމަތް ޤާއިމު ނުކުރައްވާންދޭވެ!”
ދެން އެއަށްފަހުގައި ޤިޔާމަތް ދުވަހުގައި މީސްތަކުން އަލުން ދިރުއްވޭނެއެވެ. އަދި މީސްތަކުންގެ ޙިސާބުބެއްލެވުމަށް ފަހު، ކޮންމެ މީހަކަށްވެސް ޙައްޤު ޖަޒާދެއްވާނެއެވެ.
ދުޢާއަކީ އެއިލާހުގެ ޢަޛާބުން އަޅަމެން ރައްކާތެރިކޮށްދެއްވައި ސުވަރުގެވަންތަވެރިންކަމުގައި ލެއްވުމެވެ!
= ނިމުނީ =
[1] أحكام الجنائز وبدعها للألباني، رقم الحديث: 105