[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އުފަންވާ ކުއްޖާގެ ޙުކުމްތަކާ ގުޅޭ 43 ފައިދާ – 10

(29) ކައްކާއިރު ޢަޤީޤާގެ ކަށިތައް ބުރިކުރުން މަނާކަމަކަށް އެއްވެސް ޞައްޙަ (ދަލީލެއް) އައިސްފައި ނުވެއެވެ. ނަމަވެސް ސަލަފުންގެ ކިބައިން މިކަމަށް އަޘަރެއް އައިސްފައިވެއެވެ. އެއީ ކުއްޖާގެ ގުނަވަންތައް ސަލާމަތުން ހުރުމުގެ ހެޔޮ ފާލެއްގެ ގޮތުގައެވެ. ނަމަވެސް އާދަކާދައިގެ ގޮތުން ކަށިތައް ބުރިކުރެވެއެވެ. އަދި އެކަމުގައި (މީސްތަކުންގެ) މަސްލަޙަތެއް އެކުލެވެގިންވެއެވެ. އެއީ ކަތިލެވޭ އެތިން އޭގެ ފުރިހަމަ މަންފާ ލިބިގަތުމާއި އޭތި ކެއުމަށް (ފަސޭހަވުމުގެ) މަޞްލަޙަތެވެ. އަދި މިކަން މަނާކުރާނެ އިތުރު މަސްލަޙަތެއް ނެތެވެ. އެހެންކަމުން ކައްކާ ވަގުތުގައި ކަށިތައް ބުރިކުރުމަކުން އެއްވެސް މައްސަލައެއް ނެތެވެ.

 

(30) ކުޑައިރު އެކުއްޖަކަށް ޢަޤީޤާ ކަތިލެވިފައިނުވާނަމަ ބޮޑުވުމަށް ފަހު އޭނާ ބޭނުންނަމަ އޭނާގެ އަމިއްލަ ނަފްސަށް ކަތިލެވިދާނެއެވެ. އެހެނީ ޢަޤީޤާއަކީ ގަދަވެގެންވާ ސުންނަތެކެވެ. ކުއްޖާގެ ބައްޕައަށް ޢަޤީޤާ ކަތިނުލެވުނުކަމުގައި ވިޔަސް، އެކުއްޖާ ބޮޑުވުމަށް ފަހު ވެސް އެކަމަށް ކުޅަދާނަވެގެންވާނަމަ އެކަން ކޮށްލެވިދާނެއެވެ. (ޢަޤީޤާ ކަތިލުމަށް އައިސްފައިވާ) ޙަދީޘްތަކުގެ ޢާންމު މާނައިން މިކަން ދޭހަވެއެވެ. އަދި މިފަދައިން އަހަރެމެންގެ ޝައިޚް ޢަބްދުލް ޢަޒީޒް އިބްނު ބާޒް ރަޙިމަހުﷲ ފަތުވާދެއްވައެވެ.[1]

 

(31) ކުއްޖާ އުފަންވާ ވަގުތުގައި ނުވަތަ ހަތްވަނަ ދުވަހުގައި ނަންކިޔުން ސުންނަތްވެގެންވެއެވެ. އެންމެ ރަނގަޅުގޮތަކީ ނަން ކިޔުން އެއަށްވުރެ ލަސްނުކުރުމެވެ.

އަނަސް ބިން މާލިކުގެ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. ((وُلِدَ لِي اللَّيْلَةَ غُلَامٌ، فَسَمَّيْتُهُ بِاسْمِ أَبِي إِبْرَاهِيمَ))[2]

 މާނަ: “މިރޭ ތިމަންކަލޭގެފާނަށް ފިރިހެން ދަރިޔަކު ލިބިވަޑައިގެންފިއެވެ. ތިމަންކަލޭގެފާނުގެ ކާފާފުޅު އިބްރާހީމުގެ ނަމުން އެކުއްޖާއަށް ނަންދެއްވީމެވެ.” [3]

އަދިވެސް ޙަދީޘެއްގައި އައިސްފައިވެއެވެ. ((كُلُّ غُلامٍ مُرْتَهِنٌ بِعَقِيْقَتِهِ تُذْبَحُ عَنْهُ يَوْمَ السّاَبِعِ ويُحْلَقُ رَأْسُهُ وَ يُسَمَّى))[4]

މާނަ:  “އުފަންވާ ކޮންމެކުއްޖެއްވަނީ އެކުއްޖާގެ ޢަޤީޤާއާއެކު ރަޙުނުކުރެވިފައެވެ. އެކުއްޖާގެ މަތިން 7 ވަނަ ދުވަހު (ޢަޤީޤާ) ކަތިލައި، އެކުއްޖާގެ ބޯ ބާލައި އަދި އެކުއްޖާއަށް ނަމެއްކިޔާށެވެ.”  (17 ވަނަ ފައިދާގައި މިޙަދީޘް އިސްވެ ހިނގައްޖެއެވެ.)

 


[1] ينظر : مجموع الفتاوى ابن باز (26/266)

[2]  رواه مسلم (2315)

[3] ޢަރަބިބަހުގައި أَبٌ މި ލަފްޒު ބައްޕައަށްވެސް އަދި ކާފައިންނަށްވެސް ބޭނުންކޮށް އުޅެއެވެ. ކިތަންމެ ދުރު ކާފައަކަށްވެސް أَب އެއްގެ ގޮތުގައި މުޚާޠަބުކުރެއެވެ. (މުތަރުޖިމު)

[4]  رواه أبو داود (2838) ,  والترمذي (1522) ,  والنسائي (4220) , وابن ماجة (3165) , وصححه الألباني.

 

މިލިޔުމުގެ އެހެންބައިތައް