ސަލާމްދިނުމަށް ފަހު ކިޔާ ޛިކުރުތައް
(1) كَانَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِذَا انْصَرَفَ مِنْ صَلَاتِهِ: »اسْتَغْفَرَ – ثَلَاثًا -، وَقَالَ: اللَّهُمَّ أَنْتَ السَّلَامُ، وَمِنْكَ السَّلَامُ، تَبَارَكْتَ يَا ذَا الْجَلَالِ وَالْإِكْرَامِ«. [رَوَاهُ مُسْلِمٌ]
ނަބިއްޔާ صلى الله عليه وسلم ނަމާދުން އަވަދިވެވަޑައިގަންނަވާހިނދު 3 ފަހަރު أَسْتَغْفِرُ اللّٰهُ (މާނައީ: “މިއަޅާ، ﷲ ޙަޟްރަތުން ފާފަ ފުއްސަވައިދެއްވުމަށް އެދި ދަންނަވަމެވެ.”) މިފަދައިން ވިދާޅުވެއެވެ. އަދި ވިދާޅުވެއެވެ.
اللَّهُمَّ أَنْتَ السَّلَامُ وَمِنْكَ السَّلَامُ، تَبَارَكْتَ يَا ذَا الْجَلَالِ وَالْإِكْرَامِ
މާނައީ: “އޭ ﷲ! އިބައިލާހީ ސަލާމަތްކޮށްދޭ ފަރާތެވެ. އަދި ސަލާމަތްތެރިކަންވަނީ އިބައިލާހުގެ ޙަޟްރަތުންނެވެ. އޭ މަތިވެރިކަމާއި މާތްކަމުގެ ވެރި އިލާހެވެ! އިބައިލާހު މަތިވެރިވެވޮޑިގެންވެއެވެ.”
[ރިވާކުރެއްވީ އިމާމް މުސްލިމު رحمه الله]
(2) كَانَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّم إِذَا فَرَغَ مِنَ الصَّلَاةِ وَسَلَّمَ قَالَ: »لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ.
اللَّهُمَّ لَا مَانِعَ لِمَا أَعْطَيْتَ، وَلَا مُعْطِيَ لِمَا مَنَعْتَ، وَلَا يَنْفَعُ ذَا الْجَدِّ مِنْكَ الْجَدُّ«. [مُتَّفَقٌ عَلَيْهِ]
ނަބިއްޔާ صلى الله عليه وسلم ނަމާދުގެ ފަހުން ވިދާޅުވާކަމުގައިވެއެވެ.
لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ. اللَّهُمَّ لَا مَانِعَ لِمَا أَعْطَيْتَ، وَلَا مُعْطِيَ لِمَا مَنَعْتَ، وَلَا يَنْفَعُ ذَا الْجَدِّ مِنْكَ الْجَدُّ.
މާނައީ: “ﷲ މެނުވީ އަޅުކަންވެވުން ޙައްޤުވެގެންވާ އެހެން އިލާހަކު ނުވެއެވެ. އެއިލާހު އެއްކައުވަންތައެވެ. އެއިލާހަށް އެއްވެސް ބައިވެރިއަކު ނުވެއެވެ. ހުރިހާ ވެރިކަމަކާއި ހުރިހާ ޙަމްދެއް ލިބިވޮޑިގެންވަނީ އެއިލާހަށެވެ. އަދި އެއިލާހީ ހުރިހާ ކަމެއްގެ މައްޗަށް ކުޅަދުންވަންތަވެވޮޑިގެންވާ އިލާހެވެ. އޭ ﷲ! އިބައިލާހު ދެއްވާ އެއްޗެއް މަނާކުރާނެ ފަރާތެއް ނުވެއެވެ. އަދި އިބައިލާހު މަނާކުރެއްވި އެއްޗެއް ދޭނެ އެހެން ފަރާތެއް ނުވެއެވެ. އަދި އެއްވެސް ޤަދަރުވެރިއަކަށް ނުވަތަ ނަޞީބުވެރިއަކަށް އޭނާގެ ޤަދަރުވެރިކަމުން ނުވަތަ ނަޞީބުވެރިކަމުން އިބައިލާހުގެ ޙަޟްރަތުން އެއްވެސް ފައިދާއެއް ކޮށް ނުދޭނެއެވެ.”
[ރިވާކުރެއްވީ ބުޚާރީ އަދި މުސްލިމު رحمهما الله]
(3)كَانَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّم يَقُولُ فِي دُبُرِ كُلِّ صَلَاةٍ حِينَ يُسَلِّمُ: »لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ، لَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّهِ.
لَا إِلَهَ إِلَّا اللَّهُ، وَلَا نَعْبُدُ إِلَّا إِيَّاهُ، لَهُ النِّعْمَةُ، وَلَهُ الْفَضْلُ، وَلَهُ الثَّنَاءُ الْحَسَنُ.
لَا إِلَهَ إِلَّا اللَّهُ مُخْلِصِينَ لَهُ الدِّينَ وَلَوْ كَرِهَ الْكَافِرُونَ«. [رَوَاهُ مُسْلِمٌ]
ނަބިއްޔާ صلى الله عليه وسلم ކޮންމެ ނަމާދެއްގެ ފަހުގައި ސަލާމްދެއްވާހިނދު ވިދާޅުވާކަމުގައިވެއެވެ.
لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ، لَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّهِ.
لَا إِلَهَ إِلَّا اللَّهُ، وَلَا نَعْبُدُ إِلَّا إِيَّاهُ، لَهُ النِّعْمَةُ، وَلَهُ الْفَضْلُ، وَلَهُ الثَّنَاءُ الْحَسَنُ.
لَا إِلَهَ إِلَّا اللَّهُ مُخْلِصِينَ لَهُ الدِّينَ وَلَوْ كَرِهَ الْكَافِرُونَ.
މާނައީ: “ﷲ މެނުވީ އަޅުކަންވެވުން ޙައްޤުވެގެންވާ އެހެން އިލާހަކު ނުވެއެވެ. އެކަލާނގެ އެއްކައުވަންތައެވެ. އެކަލާނގެއަށް އެއްވެސް ބައިވެރިއަކު ނުވެއެވެ. ހުރިހާ ވެރިކަމަކާއި ހުރިހާ ޙަމްދެއް ލިބިވޮޑިގެންވަނީ އެކަލާނގެއަށެވެ. އަދި އެކަލާނގެއީ ހުރިހާ ކަމެއްގެ މައްޗަށް ކުޅަދުންވަންތަވެވޮޑިގެންވާ ރަސްކަލާނގެއެވެ. ހެޔޮކަމެއް ކުރުމުގެ ބާރެއް އަދި ނުބައިކަމަކުން ސަލާމަތްވުމުގެ ބާރެއްވެސް ﷲ ގެ ޙަޟްރަތުން މެނުވީ ނުވެއެވެ.
ﷲ މެނުވީ އަޅުކަންވެވުން ޙައްޤުވެގެންވާ އެހެން އިލާހަކު ނުވެއެވެ. އަދި އަޅަމެން އެކަލާނގެއަށް މެނުވީ އަޅުކަމެއް ނުކުރަމެވެ. ނިޢުމަތާއި، ދަރުމައާއި ރިވެތި ޘަނާ ލިބިވޮޑިގެންވަނީ ހަމައެކަނި އެކަލާނގެއަށެވެ.
ﷲ މެނުވީ އަޅުކަންވެވުން ޙައްޤުވެގެންވާ އެހެން އިލާހަކު ނުވެއެވެ. އަދި ކާފިރުން ކިތަންމެ ނުރުހުންވިކަމުގައިވިޔަސް އަޅަމެންނީ އެކަލާނގެއަށް އަޅުކަމާއި ދީން ޙާލިޞްކުރާ މީހުންނެވެ.”
[ރިވާކުރެއްވީ އިމާމް މުސްލިމު رحمه الله]
(4) قاَلَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَّ: »يَا مُعَاذُ! لَا تَدَعَنَّ فِي دُبُرِ كُلِّ صَلَاةٍ تَقُولُ: اللَّهُمَّ أَعِنِّي عَلَى ذِكْرِكَ، وَشُكْرِكَ، وَحُسْنِ عِبَادَتِكَ«. [رَوَاهُ أَبُو دَاوُدَ]
ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. “އޭ މުޢާޛެވެ! ކޮންމެ ނަމާދެއްގެ ފަހުން ތިބާ މިފަދައިން ކިޔުން ދޫކޮށްނުލައްވާށެވެ.
اللَّهُمَّ أَعِنِّي عَلَى ذِكْرِكَ، وَشُكْرِكَ، وَحُسْنِ عِبَادَتِكَ.
މާނައީ: “އޭ ﷲ! އިބައިލާހަށް ޛިކުރުކުރުމާއި އިބައިލާހަށް ޝުކުރުކުރުމާއި، އިބައިލާހަށް ރިވެތި ގޮތުގައި އަޅުކަންކުރުމުގެ މައްޗަށް މިއަޅާއަށް ވާގިވެރިވެވޮޑިގަންނަވާނދޭވެ!” [ރިވާކުރެއްވީ އިމާމް އަބޫ ދާވޫދު رحمه الله]
(ނޯޓް: އިބްނު ބާޒު رحمه الله ވަދާޅުވެފައިވަނީ މިދުޢާ ކިޔުން އެންމެ ރަނގަޅީ ސަލާމްދިނުމުގެ ކުރިން އައްތަޙިއްޔާތުގައެވެ.
(5) قَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَّ: »مَنْ سَبَّحَ اللَّهَ فِي دُبُرِ كُلِّ صَلَاةٍ ثَلَاثًا وَثَلَاثِينَ، وَحَمِدَ اللَّهَ ثَلَاثًا وَثَلَاثِينَ، وَكَبَّرَ اللَّهَ ثَلَاثًا وَثَلَاثِينَ، فَتلكَ تِسْعَةٌ وَتِسْعُونَ، وَقَالَ: تَمَامَ الْمِائَةِ: لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ؛ غُفِرَتْ خَطَايَاهُ، وَإِنْ كَانَتْ مِثْلَ زَبَدِ الْبَحْرِ«. [رَوَاهُ مُسْلِمٌ]
ކޮންމެ ނަމާދެއްގެ ފަހުގައި، މިފަދައިން ކިޔައިފިމީހާ ދަންނައެވެ. އޭނާގެ ކުދިފާފަތް ފޮހެވިގެން ދާނެއެވެ. އެއީ އެފާފަތައް ކަނޑުގެ ފޮނުހައި ގިނަ ކަމުގައިވީނަމަވެސް މެއެވެ.
سبحان الله (ﷲ ގެ ޙުސްތާހިރުވަންތަކަމާއެވެ.) ތެއްތިރީސް ފަހަރު (33 ފަހަރު)
އަދި الحمد الله (ﷲ އަށް ޙަމްދު ހުއްޓެވެ.) ތެއްތިރީސް ފަހަރު (33 ފަހަރު)
އަދި الله أكبر (އެންމެ ބޮޑީ ﷲ އެވެ.) ތެއްތިރީސް ފަހަރު (33 ފަހަރު)
ފަހެ، އެއީ 99 އެވެ.”
އަދި ޙަދީޘްކުރެއްވިއެވެ. “100 ހަމަކުރުމަށް (މިފަދައިން ކިޔާށެވެ.)”
لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ.
މާނައީ: ” ﷲ މެނުވީ އަޅުކަންވެވުން ޙައްޤުވެގެންވާ އެހެން އިލާހަކު ނުވެއެވެ. އެއިލާހު އެއްކައުވަންތައެވެ. އެއިލާހަށް އެއްވެސް ބައިވެރިއަކު ނުވެއެވެ. ހުރިހާ ވެރިކަމަކާއި ހުރިހާ ޙަމްދެއް ލިބިވޮޑިގެންވަނީ އެއިލާހަށެވެ. އަދި އެއީ ހުރިހާ ކަމެއްގެ މައްޗަށް ކުޅަދުންވަންތަވެވޮޑިގެންވާ އިލާހެވެ.”
[ރިވާކުރެއްވީ އިމާމް މުސްލިމު رحمه الله]
ނޯޓް: سبحان الله، الحمد الله، الله أكبر ކިޔާއިރު ސުންނަތްވެގެންވަނީ އިނގިލިތަކުން (އިނގިލިތައް ލައްޕާލަމުން ދެން ހުޅުވާލަމުން) ގުނައިގެން ކިޔުމެވެ. މިއީ ނަވަވީ، އިބްނު ތައިމިއްޔާ، އިބްނު ޤައްޔިމް، ޝައުކާނީ، އިބްނު ބާޒު، އިބްނު ޢުޘައިމީން -رحمهم الله- އިޚްތިޔާރު ކުރައްވާފައިވާ ގޮތެވެ. އަދި އެންމެ ރަނގަޅީ ހަމައެކަނި ކަނާތުން ކުރިއަށް ގެންދިއުމެވެ. އިބްނު ޢުޘައިމީން رحمه الله ވިދާޅުވަނީ ހަމައެކަނި ކަނާތުން ގުނުން ސުންނަތް ކަމަށެވެ. އެހެންނަމަވެސް 2 އަތް ބޭނުންކުރިޔަސް މައްސަލައެއް ނެތެވެ. والله أعلم.
(6)قاَلَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَّ: »مَنْ قَرَأَ آيَةَ الْكُرْسِيِّ، فِي دُبُرَ كُلَّ صَلَاةٍ مَكْتُوبَةٍ؛ لَمْ يَمْنَعْهُ مِنْ دُخُولِ الجَنَّةِ إِلَّا أَنْ يَمُوتَ«. [رواه النسائي]
ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. “ކޮންމެ ނަމާދެއްގެ ފަހުން އާޔަތުލް ކުރުސި ކިޔާމީހަކު، (ފަހެ) އެމީހަކު ސުވަރުގެ ވަނުމާއި ދެމެދު މަރުވުން ފިޔަވައި އެހެން ކަމެއް ނުވެއެވެ.” [ރިވާކުރެއްވީ އައްނަސާއީ رحمه الله]
ނޯޓް: މިޙަދީޘްގެ ސަނަދު ޞައްޙަކަމަށް އިމާމް ނަވަވީ رحمه الله ވިދާޅުވެފައިވެއެވެ. އިބްނު ބާޒު رحمه الله މިޙަދީޘްފުޅާއި ބެހޭގޮތުން ވިދާޅުވެފައިވަނީ “ނަމާދަށްފަހު ތަސްބީޙަ އަދި ތަޙްލީލު ކިޔުމަށްފަހު އާޔަތުލް ކުރްސީ ކިޔެވުން ސުންނަތްވެގެންވެއެވެ. (މިފަދައިން ކޮންމެ ނަމާދެއްގެ ފަހުން އާޔަތުލް ކުރްސީ ކިޔަވާނަމަ) އެމީހާ ސުވަރުގެ ވަންނާނެކަން އުއްމީދުކުރެވެއެވެ. އެއީ އެމީހާގެ ދީނުގައި ޘާބިތުވެ، ދީނުގެ ކަންތައްތަކަށް ރައްކާތެރިވާ މީހެއްކަމުގައިވާނަމައެވެ. (އެއީ ﷲ ވާޖިބު ކުރެއްވި ކަންތައްތައް ކުރުމަށް ރައްކާތެރިވެ އަދި ﷲ ޙަރާމްކުރެއްވި ކަންތައްތަކުން ދުރުހެލިވުމަށް ރައްކާތެރިވާނަމައެވެ.)”
(7) عَنْ عُقْبَةَ بْنِ عَامِر رَضِيَ اللَّهُ عَنْه قَالَ: »أَمَرَنِي رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنْ أَقْرَأَ بِالْمُعَوِّذَاتِ دُبُرَ كُلِّ صَلَاةٍ«. [رواه النسائي]
ޢުޤްބާ ބުން ޢާމިރު رضي الله عنه ވިދާޅުވިއެވެ. “ކޮންމެ ނަމާދެއްގެ ފަހުގައި ފަލަޤް ސޫރަތާއި ނާސި ސޫރަތް ކިޔެވުމަށް ރަސޫލު ﷲ صلى الله عليه وسلم ތިމަންކަލޭގެފާނަށް އަމުރުކުރެއްވިއެވެ.” [ރިވާކުރެއްވީ އައްނަސާއީ رحمه الله]
___________________________________
الأذكار والآداب – ޝައިޙް ޢަބްދުލް މުޙްސިން ބުން މުޙައްމަދު އަލްޤާސިމް حفظه الله –