[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

صحيح مسلم – كتاب الإيمان (އީމާންކަން ނަންގަނެފައިވާ ފޮތް) – 2

އީމާންކަމަކީ ކޮބާކަމާއި އެކަމުގެ ސިފަތައް ބަޔާންކޮށްފައިވާ ބާބު

 

 

5 – (9) وحَدَّثَنَا أَبُو بَكْرِ بْنُ أَبِي شَيْبَةَ، وَزُهَيْرُ بْنُ حَرْبٍ، جَمِيعًا عَنِ ابْنِ عُلَيَّةَ، قَالَ زُهَيْرٌ: حَدَّثَنَا إِسْمَاعِيلُ بْنُ إِبْرَاهِيمَ، عَنْ أَبِي حَيَّانَ، عَنْ أَبِي زُرْعَةَ بْنِ عَمْرِو بْنِ جَرِيرٍ، عَنْ أَبِي هُرَيْرَةَ، قَالَ: كَانَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَوْمًا بَارِزًا لِلنَّاسِ، فَأَتَاهُ رَجُلٌ، فَقَالَ: يَا رَسُولُ اللهِ، مَا الْإِيمَانُ؟ قَالَ: «أَنْ تُؤْمِنَ بِاللهِ، وَمَلَائِكَتِهِ، وَكِتَابِهِ، وَلِقَائِهِ، وَرُسُلِهِ، وَتُؤْمِنَ بِالْبَعْثِ الْآخِرِ»، قَالَ: يَا رَسُولَ اللهِ، مَا الْإِسْلَامُ؟ قَالَ: «الْإِسْلَامُ أَنْ تَعْبُدَ اللهَ، وَلَا تُشْرِكَ بِهِ شَيْئًا، وَتُقِيمَ الصَّلَاةَ الْمَكْتُوبَةَ، وَتُؤَدِّيَ الزَّكَاةَ الْمَفْرُوضَةَ، وَتَصُومَ رَمَضَانَ» قَالَ: يَا رَسُولَ اللهِ، مَا الْإِحْسَانُ؟ قَالَ: «أَنْ تَعْبُدَ اللهَ كَأَنَّكَ تَرَاهُ، فَإِنَّكَ إِنْ لَا تَرَاهُ فَإِنَّهُ يَرَاكَ»، قَالَ: يَا رَسُولَ اللهَ، مَتَى السَّاعَةُ؟ قَالَ: ” مَا الْمَسْئُولُ عَنْهَا بِأَعْلَمَ مِنَ السَّائِلِ، وَلَكِنْ سَأُحَدِّثُكَ عَنْ أَشْرَاطِهَا: إِذَا وَلَدَتِ الْأَمَةُ رَبَّهَا، فَذَاكَ مِنْ أَشْرَاطِهَا، وَإِذَا كَانَتِ الْعُرَاةُ الْحُفَاةُ رُءُوسَ النَّاسِ، فَذَاكَ مِنْ أَشْرَاطِهَا، وَإِذَا تَطَاوَلَ رِعَاءُ الْبَهْمِ فِي الْبُنْيَانِ، فَذَاكَ مِنْ أَشْرَاطِهَا فِي خَمْسٍ لَا يَعْلَمُهُنَّ إِلَّا اللهُ، ثُمَّ تَلَا صَلَّى اللهُ عَلَيْهِ وَسَلَّمَ: ﴿إِنَّ اللهِ عِنْدَهُ عِلْمُ السَّاعَةِ وَيُنَزِّلُ الْغَيْثَ وَيَعْلَمُ مَا فِي الْأَرْحَامِ وَمَا تَدْرِي نَفْسٌ مَاذَا تَكْسِبُ غَدًا وَمَا تَدْرِي نَفْسٌ بِأَيِّ أَرْضٍ تَمُوتُ إِنَّ اللهَ عَلِيمٌ خَبِيرٌ﴾ [لقمان: 34] ” قَالَ: ثُمَّ أَدْبَرَ الرَّجُلُ، فَقَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «رُدُّوا عَلَيَّ الرَّجُلَ»، فَأَخَذُوا لِيَرُدُّوهُ، فَلَمْ يَرَوْا شَيْئًا، فَقَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «هَذَا جِبْرِيلُ جَاءَ لِيُعَلِّمَ النَّاسَ دِينَهُمْ».

 

އަބޫ ހުރައިރާގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އެއްދުވަހަކު، ﷲ ގެ ރަސޫލާ މީސްތަކުންނާއެކު އިންނެވިއެވެ. ފަހެ، އެކަލޭގެފާނުގެ އަރިހަށް ބޭކަލަކު އަތުވެއްޖެއެވެ.

ފަހެ، އެބޭކަލަކު ދެންނެވިއެވެ. “އޭ ﷲ ގެ ރަސޫލާއެވެ. އީމާންކަމަކީ ކޮބާ ހެއްޔެވެ؟”

އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “އެއީ ﷲއަށާއި އެއިލާހުގެ މަލާއިކަތުންނަށާއި އެއިލާހު ބާވައިލެއްވި ފޮތްތަކަށާއި އެއިލާހާ ބައްދަލުވާނެކަމާ އަދި އެއިލާހުގެ ރަސޫލުބޭކަލުންނަށް އީމާންވުމެވެ. އަދި އާޚިރަތް ދުވަހު އަލުން ދިރުއްވުމަށް އީމާންވުމެވެ.”

އެބޭކަލަކު ދެންނެވިއެވެ. “އޭ ﷲ ގެ ރަސޫލާއެވެ. އިސްލާމުކަމަކީ ކޮބާ ހެއްޔެވެ؟”

އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “އިސްލާމްކަމަކީ، ﷲ އަށް އަޅުކަންކުރުމެވެ. އަދި އެއިލާހާ އެއްވެސް އެއްޗެއް ބައިވެރި ނުކުރުމެވެ. އަދި ފަރުޟު ނަމާދު ޤާއިމުކުރުމާ ފަރުޟު ޒަކާތްދިނުމާ އަދި ރަމަޟާންމަހު ރޯދަހިފުމެވެ.”

އެބޭކަލަކު ދެންނެވިއެވެ. “އޭ ﷲ ގެ ރަސޫލާއެވެ. އިޙްސާންކަމަކީ ކޮބާ ހެއްޔެވެ؟”

އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “އެއީ ތިބާއަށް، ﷲ ފެންނަ ފަދައިން އެއިލާހަށް އަޅުކަންކުރުމެވެ. ފަހެ ތިބާއަށް އެއިލާހު ނުފެނުނަސް އެއިލާހު ތިބާ ދެކެވޮޑިގެންވެއެވެ.”

އެބޭކަލަކު ދެންނެވިއެވެ. “އޭ ﷲ ގެ ރަސޫލާއެވެ. ޤިޔާމަތް ވާނީ ކޮންއިރަކު ހެއްޔެވެ؟”

އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ސުވާލު ކުރެވުނު ފަރާތަށް، ސުވާލު ކުރި ފަރާތަށް ވުރެ ބޮޑަށް އެކަމާ ބެހޭގޮތުން އެނގިގެން ނުވެއެވެ. (އެބަހީ: އެ ދެ ބޭކަލުންކުރެ އެއްވެސް ބޭކަލަކަށް އެކަން އެނގިގެން ނުވެއެވެ.) ނަމަވެސް އެކަމުގެ ޢަލާމާތްތައް ތިމަންކަލޭގެފާނު ކަލޭގެފާނަށް ކިޔައިދެއްވާހުށީމެވެ. އަޅު އަންހެނާ އޭނާގެ ސާހިބުމީހާ ވިހާ ހިނދު، ފަހެ އެއީ އެކަމުގެ ޢަލާމާތްތަކުގެ ތެރެއިންވާ ކަމެކެވެ. އަދި އޮރިޔާމުން، ހުސްފަޔާ އުޅޭ މީހުން މީސްތަކުންގެ ވެރިންނަށްވާ ހިނދު އެއީ އެކަމުގެ ޢަލާމާތްތަކުގެ ތެރެއިންވާ ކަމެކެވެ. ބަކަރި ހުއިހައްޕާ މީހުން ޢިމާރާތްތައް އުސްކުރުމުގައި ވާދަކުރާތަން ފެންނަ ހިނދު އެއީ އެކަމުގެ ޢަލާމާތްތަކުގެ ތެރެއިންވާ ކަމެކެވެ. ﷲ ފިޔަވާ އެހެން މީހަކަށް ނޭނގޭނެ ފަސް ކަމެއް ވެއެވެ.”

ދެން އެކަލޭގެފާނު – صلى الله عليه وسلم – ކިޔަވާ ވިދާޅުވިއެވެ.

﴿إِنَّ اللهِ عِنْدَهُ عِلْمُ السَّاعَةِ وَيُنَزِّلُ الْغَيْثَ وَيَعْلَمُ مَا فِي الْأَرْحَامِ وَمَا تَدْرِي نَفْسٌ مَاذَا تَكْسِبُ غَدًا وَمَا تَدْرِي نَفْسٌ بِأَيِّ أَرْضٍ تَمُوتُ إِنَّ اللهَ عَلِيمٌ خَبِيرٌ﴾ [لقمان: 34]

މާނައީ: “ހަމަކަށަވަރުން ޤިޔާމަތްވުމުގެ ވަގުތު ދެނެވޮޑިގަތުން ވަނީ ﷲ ގެ ޙަޟްރަތުގައެވެ. އަދި އެއިލާހު ވާރޭ ވެއްސަވައެވެ. އަދި ރަޙިމުތަކުގައިވާ ތަކެތި އެއިލާހު ދެނެވޮޑިގެންވެއެވެ. އަދި އެއްވެސް ނަފްސަކަށް، އެ ނަފްސެއް މާދަމާ ހޯދައިގަންނާނީ ކޮންކަމެއްކަމެއް ނޭނގޭނެއެވެ. އަދި އެއްވެސް ނަފްސަކަށް އެ ނަފްސެއް މަރުވާނީ ކޮން ބިމެއްގައި ކަމެއް ނޭނގޭނެއެވެ. ހަމަކަށަވަރުން ﷲ އީ، މޮޅަށް ދެނެވޮޑިގެންވާ، ޚަބީރުވަންތަ އިލާހެވެ.”

(އަބޫ ހުރައިރާ) ވިދާޅުވިއެވެ. ދެން އެބޭކަލަކު ފަސްދީފިއެވެ.

ފަހެ، ﷲ ގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. “އެބޭކަލަކު ތިމަންކަލޭގެފާނުގެ އަރިހަށް ގެންނާށެވެ.”

ފަހެ، އެބޭކަލަކު އެކަލޭގެފާނުގެ އަރިހަށް ގެންދިއުމަށްޓަކައި އެބޭކަލުން ވަޑައިގެންނެވިއެވެ. ނަމަވެސް އެއްވެސް މީހަކު ނުފެނުނެވެ.

ފަހެ، ﷲ ގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. “މިއީ ޖިބްރީލުގެފާނެވެ. އެކަލޭގެފާނު ވަޑައިގެންނެވީ މީސްތަކުންނަށް އެބައިމީހުންގެ ދީން އުނގަންނަވައިދެއްވުމަށެވެ.”

 

 

6 – (…) حَدَّثَنَا مُحَمَّدُ بْنُ عَبْدِ اللهِ بْنِ نُمَيْرٍ، حَدَّثَنَا مُحَمَّدُ بْنُ بِشْرٍ، حَدَّثَنَا أَبُو حَيَّانَ التَّيْمِيُّ، بِهَذَا الْإِسْنَادِ مِثْلَهُ، غَيْرَ أَنَّ فِي رِوَايَتِهِ: «إِذَا وَلَدَتِ الْأَمَةُ بَعْلَهَا» يَعْنِي السَّرَارِيَّ.

 

އަބޫ ޙައްޔާން އައްތައިމީ މިސަނަދުން، އެފަދައިން ރިވާކުރައްވަފައިވެއެވެ. އެރިވާޔަތުގައި ތަފާތުވަނީ “އަޅު އަންހެނާ އޭނާގެ ސާހިބު މީހާ ވިހެއުމެވެ.” އެބަހީ: އަސީރުން ގިނަވުމުގެ ސަބަބުންނެވެ.

_______________________

صحيح مسلم