އިސްލާމްކަމަކީ ކޮބާކަމާއި އެކަމުގެ ސިފަތައް ބަޔާންކޮށްފައިވާ ބާބު
7 – (10) حَدَّثَنِي زُهَيْرُ بْنُ حَرْبٍ، حَدَّثَنَا جَرِيرٌ، عَنْ عُمَارَةَ وَهُوَ ابْنُ الْقَعْقَاعِ، عَنْ أَبِي زُرْعَةَ، عَنْ أَبِي هُرَيْرَةَ، قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «سَلُونِي»، فَهَابُوهُ أَنْ يَسْأَلُوهُ، فَجَاءَ رَجُلٌ، فَجَلَسَ عِنْدَ رُكْبَتَيْهِ، فَقَالَ: يَا رَسُولَ اللهِ، مَا الْإِسْلَامُ؟ قَالَ: «لَا تُشْرِكُ بِاللهِ شَيْئًا، وَتُقِيمُ الصَّلَاةَ، وَتُؤْتِي الزَّكَاةَ، وَتَصُومُ رَمَضَانَ»، قَالَ: صَدَقْتَ، قَالَ: يَا رَسُولَ اللهِ، مَا الْإِيمَانُ؟ قَالَ: «أَنْ تُؤْمِنَ بِاللهِ، وَمَلَائِكَتِهِ، وَكِتَابِهِ، وَلِقَائِهِ، وَرُسُلِهِ، وَتُؤْمِنَ بِالْبَعْثِ، وَتُؤْمِنَ بِالْقَدَرِ كُلِّهِ»، قَالَ: صَدَقْتَ، قَالَ: يَا رَسُولَ اللهِ، مَا الْإِحْسَانُ؟ قَالَ: «أَنْ تَخْشَى اللهَ كَأَنَّكَ تَرَاهُ، فَإِنَّكَ إِنْ لَا تَكُنْ تَرَاهُ فَإِنَّهُ يَرَاكَ»، قَالَ: صَدَقْتَ. قَالَ: يَا رَسُولَ اللهِ، مَتَى تَقُومُ السَّاعَةُ؟ قَالَ: ” مَا الْمَسْئُولُ عَنْهَا بِأَعْلَمَ مِنَ السَّائِلِ، وَسَأُحَدِّثُكَ عَنْ أَشْرَاطِهَا: إِذَا رَأَيْتَ الْمَرْأَةَ تَلِدُ رَبَّهَا، فَذَاكَ مِنْ أَشْرَاطِهَا، وَإِذَا رَأَيْتَ الْحُفَاةَ الْعُرَاةَ الصُّمَّ الْبُكْمَ مُلُوكَ الْأَرْضِ، فَذَاكَ مِنْ أَشْرَاطِهَا، وَإِذَا رَأَيْتَ رِعَاءَ الْبَهْمِ يَتَطَاوَلُونَ فِي الْبُنْيَانِ، فَذَاكَ مِنْ أَشْرَاطِهَا فِي خَمْسٍ مِنَ الْغَيْبِ لَا يَعْلَمُهُنَّ إِلَّا اللهُ “، ثُمَّ قَرَأَ: ﴿إِنَّ اللهِ عِنْدَهُ عِلْمُ السَّاعَةِ وَيُنَزِّلُ الْغَيْثَ وَيَعْلَمُ مَا فِي الْأَرْحَامِ وَمَا تَدْرِي نَفْسٌ مَاذَا تَكْسِبُ غَدًا وَمَا تَدْرِي نَفْسٌ بِأَيِّ أَرْضٍ تَمُوتُ إِنَّ اللهَ عَلِيمٌ خَبِيرٌ﴾ [لقمان: 34] قَالَ: ثُمَّ قَامَ الرَّجُلُ، فَقَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «رُدُّوهُ عَلَيَّ»، فَالْتُمِسَ، فَلَمْ يَجِدُوهُ، فَقَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «هَذَا جِبْرِيلُ، أَرَادَ أَنْ تَعَلَّمُوا إِذْ لَمْ تَسْأَلُوا»
އަބޫ ހުރައިރާގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ﷲ ގެ ރަސޫލާ صلى الله عليه وسلم ހަދީޘްކުރެއްވިއެވެ. “ތިމަންކަލޭގެފާނާ ސުވާލުކުރާށެވެ.”
ފަހެ، އެކަލޭގެފާނާ ސުވާލުކުރުމަށް ތިމަންމެން ޖެހިލުންވިއެވެ. ފަހެ، ބޭކަލަކު އަތުވެއްޖެއެވެ. އަދި އެކަލޭގެފާނުގެ ކަކޫފުޅުގެ ކައިރީގައި އިށީދެއްޖެއެވެ.
ފަހެ، އެބޭކަލަކ ދެންނެވިއެވެ. “އޭ ﷲ ގެ ރަސޫލާއެވެ. އިސްލާމްކަމަކީ ކޮބާ ހެއްޔެވެ؟”
އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “(އެއީ) ﷲ އާ އެއްވެސް އެއްޗެއް ބައިވެރި ނުކުރުމެވެ. އަދި ނަމާދު ޤާއިމުކުރުމާއި ޒަކާތްދިނުމާ އަދި ރަމަޟާންމަހު ރޯދަހިފުމެވެ.”
އެބޭކަލަކު ދެންނެވިއެވެ. “ކަލޭގެފާނު ތިޔަ ވިދާޅުވީ ތެދުފުޅެކެވެ.”
އެބޭކަލަކު ދެންނެވިއެވެ. “އޭ ﷲ ގެ ރަސޫލާއެވެ. އީމާންކަމަކީ ކޮބާ ހެއްޔެވެ؟”
އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “އެއީ ﷲއަށާއި އެއިލާހުގެ މަލާއިކަތުންނަށާއި އެއިލާހު ބާވައިލެއްވި ފޮތްތަކަށާއި އެއިލާހާ ބައްދަލުވާނެކަމާ އަދި އެއިލާހުގެ ރަސޫލުބޭކަލުންނަށް އީމާންވުމެވެ. އަދި އަލުން ދިރުއްވުމަށް އީމާންވުމާއި މިންވަރަށް އެކުއެކީ އީމާންވުމެވެ.”
އެބޭކަލަކު ދެންނެވިއެވެ. “ކަލޭގެފާނު ތިޔަ ވިދާޅުވީ ތެދުފުޅެކެވެ.”
އެބޭކަލަކު ދެންނެވިއެވެ. “އޭ ﷲ ގެ ރަސޫލާއެވެ. އިޙްސާންކަމަކީ ކޮބާ ހެއްޔެވެ؟”
އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “އެއީ ތިބާއަށް، ﷲ ފެންނަ ފަދައިން އެއިލާހަށް ބިރުވެތިވުމެވެ. ފަހެ ތިބާއަށް އެއިލާހު ނުފެނުނަސް އެއިލާހު ތިބާ ދެކެވޮޑިގެންވެއެވެ.”
އެބޭކަލަކު ދެންނެވިއެވެ. “ކަލޭގެފާނު ތިޔަ ވިދާޅުވީ ތެދުފުޅެކެވެ.”
އެބޭކަލަކު ދެންނެވިއެވެ. “އޭ ﷲ ގެ ރަސޫލާއެވެ. ޤިޔާމަތް ވާނީ ކޮންއިރަކު ހެއްޔެވެ؟”
އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ސުވާލު ކުރެވުނު ފަރާތަށް، ސުވާލު ކުރި ފަރާތަށް ވުރެ ބޮޑަށް އެކަމާ ބެހޭގޮތުން އެނގިގެން ނުވެއެވެ. (އެބަހީ: އެ ދެ ބޭކަލުންކުރެ އެއްވެސް ބޭކަލަކަށް އެކަން އެނގިގެން ނުވެއެވެ.) ނަމަވެސް އެކަމުގެ ޢަލާމާތްތައް ތިމަންކަލޭގެފާނު ކަލޭގެފާނަށް ކިޔައިދެއްވާހުށީމެވެ. (އަޅު) އަންހެނާ އޭނާގެ ސާހިބުމިހާ ވިހާ ހިނދު، ފަހެ އެއީ އެކަމުގެ ޢަލާމާތްތަކުގެ ތެރެއިންވާ ކަމެކެވެ. އަދި އޮރިޔާމުން، ހުސްފަޔާ އުޅޭ ބީރު، މަންމަން މީހުން (އެބަހީ: ޖާހިލު، މޮޔައިން) ބިމުގެ ވެރިންނަށްވާ ހިނދު އެއީ އެކަމުގެ ޢަލާމާތްތަކުގެ ތެރެއިންވާ ކަމެކެވެ. ބަކަރި ހުއިހައްޕާ މީހުން ޢިމާރާތްތައް އުސްކުރުމުގައި ވާދަކުރާތަން ފެންނަ ހިނދު އެއީ އެކަމުގެ ޢަލާމާތްތަކުގެ ތެރެއިންވާ ކަމެކެވެ. ﷲ ފިޔަވާ އެހެން މީހަކަށް ނޭނގޭނެ، ޣައިބުގެ ފަސް ކަމެއް ވެއެވެ.”
ދެން އެކަލޭގެފާނު – صلى الله عليه وسلم – ކިޔަވާ ވިދާޅުވިއެވެ.
﴿إِنَّ اللهِ عِنْدَهُ عِلْمُ السَّاعَةِ وَيُنَزِّلُ الْغَيْثَ وَيَعْلَمُ مَا فِي الْأَرْحَامِ وَمَا تَدْرِي نَفْسٌ مَاذَا تَكْسِبُ غَدًا وَمَا تَدْرِي نَفْسٌ بِأَيِّ أَرْضٍ تَمُوتُ إِنَّ اللهَ عَلِيمٌ خَبِيرٌ﴾ [لقمان: 34]
މާނައީ: “ހަމަކަށަވަރުން ޤިޔާމަތްވުމުގެ ވަގުތު ދެނެވޮޑިގަތުން ވަނީ ﷲ ގެ ޙަޟްރަތުގައެވެ. އަދި އެއިލާހު ވާރޭ ވެއްސަވައެވެ. އަދި ރަޙިމުތަކުގައިވާ ތަކެތި އެއިލާހު ދެނެވޮޑިގެންވެއެވެ. އަދި އެއްވެސް ނަފްސަކަށް، އެ ނަފްސެއް މާދަމާ ހޯދައިގަންނާނީ ކޮންކަމެއްކަމެއް ނޭނގޭނެއެވެ. އަދި އެއްވެސް ނަފްސަކަށް އެ ނަފްސެއް މަރުވާނީ ކޮން ބިމެއްގައި ކަމެއް ނޭނގޭނެއެވެ. ހަމަކަށަވަރުން ﷲ އީ، މޮޅަށް ދެނެވޮޑިގެންވާ، ޚަބީރުވަންތަ އިލާހެވެ.”
(އަބޫ ހުރައިރާ) ވިދާޅުވިއެވެ. ދެން އެބޭކަލަކު ތެދުވެއްޖެއެވެ.
ފަހެ، ﷲ ގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. “އެބޭކަލަކު ތިމަންކަލޭގެފާނުގެ އަރިހަށް ގެންނާށެވެ.”
ފަހެ، އެބޭކަލަކު ފެނޭތޯ ހޯދިއެވެ. ނަމަވެސް ނުފެނުނެވެ.
ފަހެ، ﷲ ގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. “މިއީ ޖިބްރީލުގެފާނެވެ. އެކަލޭގެފާނު ވަޑައިގެންނެވީ، ތިޔަބައިމީހުން ސުވާލު ނުކުރުމުން، ތިޔަބައިމީހުންނަށް އުނގަންނަވައިދެއްވުމަށެވެ.”
_______________________