ޤުނޫތުގައި ކުރާ ދުޢާ
(1) قَالَ الْحَسَنُ بْنُ عَلِيٍّ رَضِيَ اللَّهُ عَنْهُمَا: »عَلَّمَنِي النَّبِيُّ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَلِمَاتٍ أَقُولُهُنَّ فِي الْوِتْرِ: اللَّهُمَّ اهْدِنِي فِيمَنْ هَدَيْتَ، وَعَافِنِي فِيمَنْ عَافَيْتَ، وَتَوَلَّنِي فِيمَنْ تَوَلَّيْتَ، وَبَارِكْ لِي فِيمَا أَعْطَيْتَ، وَقِنِي شَرَّ مَا قَضَيْتَ، فَإِنَّكَ تَقْضِي وَلَا يُقْضَى عَلَيْكَ، إِنَّهُ لَا يَذِلُّ مَنْ وَالَيْتَ، تَبَارَكْتَ رَبَّنَا وَتَعَالَيْتَ«. [رواه النسائي]
އަލްޙަސަން ބުން ޢަލީ رَضِيَ اللَّهُ عَنْهُمَا ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ވިތުރީގައި ކިޔުމަށް ނަބިއްޔާ صلى الله عليه وسلم އަހުރެންނަށް ކަލިމަފުޅުތަކެއް އުނގަންނައިދެއްވިއެވެ. އެއީ:
اللَّهُمَّ اهْدِنِي فِيمَنْ هَدَيْتَ، وَعَافِنِي فِيمَنْ عَافَيْتَ، وَتَوَلَّنِي فِيمَنْ تَوَلَّيْتَ، وَبَارِكْ لِي فِيمَا أَعْطَيْتَ، وَقِنِي شَرَّ مَا قَضَيْتَ، فَإِنَّكَ تَقْضِي وَلَا يُقْضَى عَلَيْكَ، إِنَّهُ لَا يَذِلُّ مَنْ وَالَيْتَ، تَبَارَكْتَ رَبَّنَا وَتَعَالَيْتَ
(މާނައީ: އޭ ﷲ ! އިބައިލާހު ހިދާޔަތްދެއްކެވި މީސްތަކުންގެ ތެރޭގައި މިއަޅާއަށްވެސް ހިދާޔަތްދައްކަވާންދޭވެ! އަދި އިބައިލާހު ޢާފިޔަތުދެއްވި މީސްތަކުންގެ ތެރޭގައި މިއަޅާއަށްވެސް ޢާފިޔަތު ދެއްވާންދޭވެ! އަދި އިބައިލާހު ވާގިވެރިވެވޮޑިގެންނެވި މީސްތަކުންގެ ތެރޭގައި މިއަޅާއަށްވެސް ވާގިވެރިވެވޮޑިގަންނަވާންދޭވެ! އަދި އިބައިލާހު ދެއްވި ތަކެތީގައި މިއަޅާއަށްވެސް ބަރަކާތް ލައްވާންދޭވެ! އަދި އިބައިލާހު ނިންމެވި ކަމެއްގެ ނުބައިކަމުން މިއަޅާ ސަލާމަތްކޮށްދެއްވާންދޭވެ! ފަހެ އިބައިލާހީ ނިޔާކުރައްވާ ފަރާތެވެ. އަދި އިބައިލާހުގެ ނިޔާއާއި ޚިލާފަށް އެއްވެސް ފަރާތަކަށް ނިޔާއެއް ނުކުރެވޭނެއެވެ. އަދި ހަމަކަށަވަރުން އިބައިލާހު ވާގިވެރިވެވޮޑިގެންފި މީހަކު ނިކަމެތި ނުވާ ހުއްޓެވެ. އިބަ އިލާހުގެ ހެޔޮކަން އިތުރުވެވޮޑިގެންވެއެވެ. އަޅަމެންގެ ވެރި ރައްބު! އިބައިލާހު މަތިވެރިވެވޮޑިގެންވެއެވެ.”)
[ރިވާކުރެއްވީ އައްނަސާއީ رحمه الله]
ނޯޓް: ޤުނޫތު ދުޢާގައި ދެއަތް އުފުލުން ސުންނަތްވެގެންވެއެވެ. އަދި ޤުނޫތު ދުޢާ ނިންމުމަށް ފަހު ނަބިއްޔާ صلى الله عليه وسلم ގެ މައްޗަށް ޞަލަވާތްލެއްވުން އެދި ދުޢާކުރުންވެސް ސުންނަތްވެގެންވެއެވެ.
(2) كَانَ النَّبِيُّ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ فِي آخِرِ وِتْرِهِ: »اللَّهُمَّ إِنِّي أَعُوذُ بِرِضَاكَ مِنْ سَخَطِكَ، وَبِمُعَافَاتِكَ مِنْ عُقُوبَتِكَ، وَأَعُوذُ بِكَ مِنْكَ، لَا أُحْصِي ثَنَاءً عَلَيْكَ، أَنْتَ كَمَا أَثْنَيْتَ عَلَى نَفْسِكَ«. [رواه النسائي]
ނަބިއްޔާ صلى الله عليه وسلم ވިތުރިކުރައްވާއިރު ވިތުރީ ޤުނޫތުގައި އެންމެ ފަހުން އެކަލޭގެފާނު މިފަދައިން ދުޢާކުރައްވާކަމުގައިވެއެވެ.
اللَّهُمَّ إِنِّي أَعُوذُ بِرِضَاكَ مِنْ سَخَطِكَ، وَبِمُعَافَاتِكَ مِنْ عُقُوبَتِكَ، وَأَعُوذُ بِكَ مِنْكَ، لَا أُحْصِي ثَنَاءً عَلَيْكَ، أَنْتَ كَمَا أَثْنَيْتَ عَلَى نَفْسِكَ
(މާނައީ: ”އޭﷲ! ހަމަކަށަވަރުން މިއަޅާ އިބައިލާހުގެ ރުހިވޮޑިގަތުމުގެ ސިފަފުޅު މެދުވެރިކޮށް އިބައިލާހުގެ ކޯފާއިން ރައްކާތެރިކޮށްދެއްވުމަށް އެދި ދަންނަވަމެވެ. އަދި އިބައިލާހުގެ ޢަފޫކުރެއްވުގެ ސިފަފުޅު މެދުވެރިކޮށް އިބައިލާހުގެ ޢުޤޫބާތުން ރައްކާތެރިކޮށްދެއްވުމަށް އެދި ދަންނަވަމެވެ. އަދި އިބައިލާހުގެ ޙަޟްރަތުންވާ ނުރުހުމަކުން ނުވަތަ ޢަޛާބުން ރައްކާތެރިކޮށްދެއްވުމަށް އެދި އިބައިލާހުގެ ޙަޟްރަތަށް ދަންނަވަމެވެ. އިބައިލާހަށް ދަންނަވަންޖެހޭ ތަޢުރީފާއި ޘަނާ އަޅަމެންނަށް ޢަދަދު ނުކުރެވޭހާ ގިނައެވެ. އިބައިލާހީ އިބައިލާހުގެ އަމިއްލަ ޛާތުފުޅަށް ޘަނާ ވަޙީކުރެއްވި ފަދައިން ޘަނާ ލިބިވޮޑިންގެވާ ފަރާތެވެ.”)
[ރިވާކުރެއްވީ އައްނަސާއީ رحمه الله]
ނޯޓް: ސުންނަތް ގޮތަކީ ބައެއް ފަހަރު ޤުނޫތު ދުޢާ ކިޔާފައި، އަނެއް ބައިފަހަރު ޤުނޫތު ދުޢާ ނުކިޔައި ދޫކޮށްލުމެވެ. والله أعلم.
ވިތުރިން ސަލާމްދިނުމަށްފަހު ކުރާ ޛިކުރު
كَانَ النَّبِيُّ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِذَا سَلَّمَ مِنَ الوِتْرِ قَالَ: »سُبْحَانَ الْمَلِكِ الْقُدُّوسِ – ثَلَاثًا – وَيَرْفَعُ صَوْتَهُ بِالثَّالِثَةِ«. [رواه النسائي]
ނަބިއްޔާ صلى الله عليه وسلم ވިތުރިން ސަލާމްދެއްވުމަށް ފަހު “سُبْحَانَ الْمَلِكِ الْقُدُّوسِ” (މާނައީ: “ހުރިހާ އުނި ސިފަތަކަކުން ހުސްދުރުވެވޮޑިގެންވާ ރަސްވަންތަ (ﷲ) ހުސްޠާހިރުވަންތައެވެ.”) މިފަދައިން 3 ފަހަރު ވިދާޅުވެއެވެ. އަދި 3 ވަނަ ފަހަރު ވިދާޅުވާއިރު އެކަލޭގެފާނުގެ އަޑުފުޅު ބާރުކުރައްވައެވެ.”
[ރިވާކުރެއްވީ އައްނަސާއީ رحمه الله]
___________________________________
الأذكار والآداب – ޝައިޙް ޢަބްދުލް މުޙްސިން ބުން މުޙައްމަދު އަލްޤާސިމް حفظه الله –