އިސްތިޚާރާ
عَنْ جَابِرِ بْنِ عَبْدِ اللَّهِ رَضِيَ اللَّهُ عَنْهُمَا، قَالَ: »كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يُعَلِّمُنَا الِاسْتِخَارَةَ فِي الْأُمُورِ، كَمَا يُعَلِّمُنَا السُّورَةَ مِنَ الْقُرْآنِ، يَقُولُ: إِذَا هَمَّ أَحَدُكُمْ بِالْأَمْرِ، فَلْيَرْكَعْ رَكْعَتَيْنِ مِنْ غَيْرِ الْفَرِيضَةِ، ثُمَّ لِيَقُلْ:
اللَّهُمَّ إِنِّي أَسْتَخِيرُكَ بِعِلْمِكَ، وَأَسْتَقْدِرُكَ بِقُدْرَتِكَ، وَأَسْأَلُكَ مِنْ فَضْلِكَ الْعَظِيمِ، فَإِنَّكَ تَقْدِرُ وَلَا أَقْدِرُ، وَتَعْلَمُ وَلَا أَعْلَمُ، وَأَنْتَ عَلَّامُ الْغُيُوبِ.
اللَّهُمَّ إِنْ كُنْتَ تَعْلَمُ أَنَّ هَذَا الْأَمْرَ خَيْرٌ لِي فِي دِينِي وَمَعَاشِي وَعَاقِبَةِ أَمْرِي – أَوْ قَالَ: – عَاجِلِ أَمْرِي وَآجِلِهِ، فَاقْدُرْهُ لِي، وَيَسِّرْهُ لِي، ثُمَّ بَارِكْ لِي فِيهِ.
وَإِنْ كُنْتَ تَعْلَمُ أَنَّ هَذَا الْأَمْرَ شَرٌّ لِي فِي دِينِي وَمَعَاشِي وَعَاقِبَةِ أَمْرِي – أَوْ قَالَ: – فِي عَاجِلِ أَمْرِي وَآجِلِهِ، فَاصْرِفْهُ عَنِّي، وَاصْرِفْنِي عَنْهُ، وَاقْدُرْ لِي الْخَيْرَ حَيْثُ كَانَ، ثُمَّ أَرْضِنِي بِهِ.
قَالَ: وَيُسَمِّي حَاجَتَهُ«.
[رَوَاهُ البُخَارِيُّ]
ޖާބިރު ބުން ޢަބްދުﷲ رضي الله عنه ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. “އަހަރެމެންނަށް ޤުރުއާނުގެ ސޫރަތެއް އުނގަންނައި ދެއްވާ ފަދައިން އެންމެހާ ކަންކަމުގައި އިސްތިޚާރާ ކުރަން ނަބިއްޔާ صلى الله عليه وسلم އަހުރެމެންނަށް އުނގަންނަވައި ދެއްވިއެވެ. އެކަލޭގެފާނު ޙަދީޘްފުޅު ކުރައްވައެވެ. “ތިޔަބައިމީހުންގެ ތެރެއިން މީހަކު ކަމެއްކުރުމަށް ޤަޞްދުކޮށްފިނަމަ، ފަރުޟު ނަމާދު ފިޔަވައި، ދެރަކުޢަތް ނަމާދެއްކުރާށެވެ. ދެން ކިޔާށެވެ.
اللَّهُمَّ إِنِّي أَسْتَخِيرُكَ بِعِلْمِكَ، وَأَسْتَقْدِرُكَ بِقُدْرَتِكَ، وَأَسْأَلُكَ مِنْ فَضْلِكَ الْعَظِيمِ، فَإِنَّكَ تَقْدِرُ وَلَا أَقْدِرُ، وَتَعْلَمُ وَلَا أَعْلَمُ، وَأَنْتَ عَلَّامُ الْغُيُوبِ.
اللَّهُمَّ إِنْ كُنْتَ تَعْلَمُ أَنَّ هَذَا الْأَمْرَ خَيْرٌ لِي فِي دِينِي وَمَعَاشِي وَعَاقِبَةِ أَمْرِي – أَوْ قَالَ: – عَاجِلِ أَمْرِي وَآجِلِهِ، فَاقْدُرْهُ لِي، وَيَسِّرْهُ لِي، ثُمَّ بَارِكْ لِي فِيهِ.
وَإِنْ كُنْتَ تَعْلَمُ أَنَّ هَذَا الْأَمْرَ شَرٌّ لِي فِي دِينِي وَمَعَاشِي وَعَاقِبَةِ أَمْرِي – أَوْ قَالَ: – فِي عَاجِلِ أَمْرِي وَآجِلِهِ، فَاصْرِفْهُ عَنِّي، وَاصْرِفْنِي عَنْهُ، وَاقْدُرْ لِي الْخَيْرَ حَيْثُ كَانَ، ثُمَّ أَرْضِنِي بِهِ.
(މާނައީ: “އޭ ﷲ! ހަމަކަށަވަރުން މިއަޅާ، އިބައިލާހުގެ ޢިލްމުފުޅުގެ ޒަރިއްޔާއިން އިބައިލާހުގެ ޙަޟްރަތުން ހެޔޮގޮތް އިޚްތިޔާރުކޮށްދެއްވުމަށް އެދެމެވެ. އަދި އިބައިލާހުގެ ކުޅަދުންވަންތަކަމުގެ ޒަރިއްޔާއިން އިބައިލާހުގެ ޙަޟްރަތުން ކުޅަދާނަކަން ދެއްވުމަށް އެދިދަންނަވަމެވެ. އަދި އިބައިލާހުގެ މާތް ދަރުމަވަންތަ ކަމުން ދެއްވުމަށް އެދި ދަންނަވަމެވެ. ފަހެ ހަމަކަށަވަރުން އިބައިލާހު ހުރިހާ ކަމަކަށް ކުޅަދުންވަންތައެވެ. އަދި މިއަޅާ ނުކުޅެދިގެންވަމެވެ. އަދި އިބައިލާހު ހުރިހާ ކަމެއް ދެނެވޮޑިގެންވަމުއެވެ. އަދި މިއަޅާ ނުދަންނަމެވެ. އަދި އިބައިލާހީ ޣައިބުގައިވާ ހުރިހާ ކަމެއް މޮޅަށްދެނެވޮޑިގެންވާ އިލާހެވެ.
އޭ ﷲ! ހަމަކަށަވަރުން މިކަމަކީ މިއަޅާގެ ދީނާއި، މިއަޅާގެ ދިރިއުޅުމާއި، މިއަޅާގެ ކަންތަކުގެ – ނުވަތަ ހަދީޘްކުރެއްވިއެވެ. – ތިމަންގެ މިދުނިޔެއާއި އާޚިރަތުގެ ކަންތައްތަކުގެ ނަތީޖާގެ ގޮތުން މިއަޅާއަށް ހެޔޮކަމެއްކަމުގައި އިބައިލާހު ދެނެވޮޑިގެންވަނީނަމަ ފަހެ، އެކަންތައް މިއަޅާއަށް މިންވަރުކޮށްދެއްވާނދޭވެ! އަދި އެކަންތައް މިއަޅާއަށް ފަސޭހަކޮށް ދެއްވާނދޭވެ! ދެން އެކަމުގައި މިއަޅާއަށް ބަރަކާތްލައްވާނދޭވެ!
އަދި ހަމަކަށަވަރުން މިކަމަކީ މިއަޅާގެ ދީނާއި، މިއަޅާގެ ދިރިއުޅުމާއި، މިއަޅާގެ ކަންތަކުގެ – ނުވަތަ ހަދީޘްކުރެއްވިއެވެ. – ތިމަންގެ މިދުނިޔެއާއި އާޚިރަތުގެ ކަންތައްތަކުގެ ނަތީޖާގެ ގޮތުން މިއަޅާއަށް ނުބައިކަމެއް ކަމުގައި އިބައިލާހު ދެނެވޮޑިގެން ވަނީނަމަ ފަހެ މިއަޅާގެ ކިބައިން އެކަންތައް ދުރުކޮށް ދެއްވާނދޭވެ! އަދި އެކަންތަކުން މިއަޅާ ދުރުކޮށްދެއްވާނދޭވެ! އަދި ހެޔޮކަންތައް މިއަޅާއަށް މިންވަރުކޮށް ދެއްވާނދޭވެ! އެއީ ކޮންމެތަނެއްގައި ވީނަމަވެސް މެއެވެ. އަދި އެކަމަށް މިއަޅާ ރުއްސަވާނދޭވެ!”)
ޙަދީޘްކުރެއްވިއެވެ. “އަދި ތިބާގެ ޙާޖަތް ދަންނަވާށެވެ.”
[ރިވާކުރެއްވީ އިމާމް ބުޚާރީ رحمه الله]
ނޯޓް: ކަމެއްގައި ވަކިގޮތެއް އިންސާނާއަށް ކަނޑައަޅަން އުނދަގޫވެއްޖެނަމަ (އޭގެ ނިމުން އަދި މުސްތަޤްބަލު ވާނެގޮތް ނޭނގޭނަމަ) އިންސާނާގެ މައްޗަށް އޮތީ:
އިސްތިޚާރާ ނަމާދު ކުރުމެވެ. އެބަހީ: ފަރުޟު ނަމާދު ނޫން 2 ރަކުއަތް ކުރުމެވެ. 2 ރަކުއަތްކޮށް ސަލާމްދީފައި ބަޔާންވެފައިވާ ދުޢާކުރާނީއެވެ. ދެން އަމާނަތްތެރި، ބުއްދިވެރި، ރަނގަޅު ބޭފުޅުންނާއި މަޝްވަރާކުރާށެވެ. އެބައިމީހުންގެ އެމަޝްވަރާގައި ތިބާ ހިފާށެވެ. ފަހަރުގައި އެއީ ﷲ ތިބާއަށް ލައްވާފައިވާ ރަނގަޅު ގޮތްކަމުގައި ވެދާނެއެވެ. އިސްތިޚާރާކޮށްފިމީހަކު އެމީހަކު އެނިންމި ގޮތަކާމެދު ފަހުން ހިތާމަ ނުކުރާނެއެވެ. إن شاء الله.
)މައުލޫމާތު ނެގިފައިވަނީ: ޝަރަޙަ ރިޔާޟުއް ޞާލިޙީން، އިބްނު ޢުޘައިމީން رحمه الله)
___________________________________
الأذكار والآداب – ޝައިޙް ޢަބްދުލް މުޙްސިން ބުން މުޙައްމަދު އަލްޤާސިމް حفظه الله –