[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

صحيح مسلم – كتاب الإيمان (އީމާންކަން ނަންގަނެފައިވާ ފޮތް) – 5

3 – އިސްލާމުކަމުގެ ރުކުންތަކާ ބެހޭގޮތުން ސުވާލުކުރުން ނަންގަނެފައިވާ ބާބު

 

10 – (12) حَدَّثَنِي عَمْرُو بْنُ مُحَمَّدِ بْنِ بُكَيْرٍ النَّاقِدُ، حَدَّثَنَا هَاشِمُ بْنُ الْقَاسِمِ أَبُو النَّضْرِ، حَدَّثَنَا سُلَيْمَانُ بْنُ الْمُغِيرَةِ، عَنْ ثَابِتٍ، عَنْ أَنَسِ بْنِ مَالِكٍ، قَالَ: نُهِينَا أَنْ نَسْأَلَ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ عَنْ شَيْءٍ، فَكَانَ يُعْجِبُنَا أَنْ يَجِيءَ الرَّجُلُ مِنْ أَهْلِ الْبَادِيَةِ الْعَاقِلُ، فَيَسْأَلَهُ، وَنَحْنُ نَسْمَعُ، فَجَاءَ رَجُلٌ مِنْ أَهْلِ الْبَادِيَةِ، فَقَالَ: يَا مُحَمَّدُ، أَتَانَا رَسُولُكَ فَزَعَمَ لَنَا أَنَّكَ تَزْعُمُ أَنَّ اللهَ أَرْسَلَكَ، قَالَ: «صَدَقَ»، قَالَ: فَمَنْ خَلَقَ السَّمَاءَ؟ قَالَ: «اللهُ»، قَالَ: فَمَنْ خَلَقَ الْأَرْضَ؟ قَالَ: «اللهُ»، قَالَ: فَمَنْ نَصَبَ هَذِهِ الْجِبَالَ، وَجَعَلَ فِيهَا مَا جَعَلَ؟ قَالَ: «اللهُ»، قَالَ: فَبِالَّذِي خَلَقَ السَّمَاءَ، وَخَلَقَ الْأَرْضَ، وَنَصَبَ هَذِهِ الْجِبَالَ، آللَّهُ أَرْسَلَكَ؟ قَالَ: «نَعَمْ»، قَالَ: وَزَعَمَ رَسُولُكَ أَنَّ عَلَيْنَا خَمْسَ صَلَوَاتٍ فِي يَوْمِنَا، وَلَيْلَتِنَا، قَالَ: «صَدَقَ»، قَالَ: فَبِالَّذِي أَرْسَلَكَ، آللَّهُ أَمَرَكَ بِهَذَا؟ قَالَ: «نَعَمْ»، قَالَ: وَزَعَمَ رَسُولُكَ أَنَّ عَلَيْنَا زَكَاةً فِي أَمْوَالِنَا، قَالَ: «صَدَقَ»، قَالَ: فَبِالَّذِي أَرْسَلَكَ، آللَّهُ أَمَرَكَ بِهَذَا؟ قَالَ: «نَعَمْ»، قَالَ: وَزَعَمَ رَسُولُكَ أَنَّ عَلَيْنَا صَوْمَ شَهْرِ رَمَضَانَ فِي سَنَتِنَا، قَالَ: «صَدَقَ»، قَالَ: فَبِالَّذِي أَرْسَلَكَ، آللَّهُ أَمَرَكَ بِهَذَا؟ قَالَ: «نَعَمْ»، قَالَ: وَزَعَمَ رَسُولُكَ أَنَّ عَلَيْنَا حَجَّ الْبَيْتِ مَنِ اسْتَطَاعَ إِلَيْهِ سَبِيلًا، قَالَ: «صَدَقَ»، قَالَ: ثُمَّ وَلَّى، قَالَ: وَالَّذِي بَعَثَكَ بِالْحَقِّ، لَا أَزِيدُ عَلَيْهِنَّ، وَلَا أَنْقُصُ مِنْهُنَّ، فَقَالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ: «لَئِنْ صَدَقَ لَيَدْخُلَنَّ الْجَنَّةَ».

 

އަނަސް ބުން މާލިކުގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ފަހެ، (ޟަރޫރަތެއް ނެތި) ﷲ ގެ ރަސޫލާ صلى الله عليه وسلم އާ ސުވާލުކުރުން ތިމަންމެނަށް ނަހީ ކުރެވުނެވެ. އެހެންވެ، ބާދިޔާގެ އަހުލުވެރިންގެ ތެރެއިން ބުއްދިވެރި މީހަކު އައިސް، ތިމަންމެން އަޑުއަހަން ތިއްބާ، އެކަލޭގެފާނާ ސުވާލުދެންނެވުމުން ތިމަންމެން އުފާކުރަމެވެ.

ފަހެ، ބާދިޔާގެ އަހުލުވެރިންގެ ތެރެއިން މީހަކު އައިސް ދެންނެވިއެވެ. “އޭ މުޙައްމަދެވެ! ކަލޭގެފާނު ފޮނުއްވި މީހަކު ތިމަންމެންގެ ގާތަށް އައެވެ. ފަހެ، އެބޭކަލަކު ތިމަންމެންގެ ގާތުގައި ދަޢުވާކުރީ، ﷲ ކަލޭގެފާނު ރަސޫލުކަމާއިގެން ފޮނުއްވިކަމަށެވެ.”

އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “އެއީ ތެދެކެވެ.”

އެމީހާ ދެންނެވިއެވެ. “ފަހެ، އުޑު ޚަލްޤުކުރެއްވީ ކާކު ހެއްޔެވެ؟”

އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ﷲ އެވެ.”

އެމީހާ ދެންނެވިއެވެ. “ފަހެ، ބިން ޚަލްޤުކުރެއްވީ ކާކު ހެއްޔެވެ؟”

އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ﷲ އެވެ.”

އެމީހާ ދެންނެވިއެވެ. “ފަހެ، މިފަރުބަދަތައް ލެއްވީ ކާކު ހެއްޔެވެ؟ އަދި އޭގައިވާހާ އެއްޗެއް ލެއްވީވެސް ކާކު ހެއްޔެވެ؟”

އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ﷲ އެވެ.”

އެމީހާ ދެންނެވިއެވެ. “ފަހެ، އުޑާއި ބިން ޚަލްޤުކުރައްވައި، މިފަރުބަދަތައް ލެއްވި ފަރާތް ގަންދީ ބުނަމެވެ. ﷲ ކަލޭގެފާނު ރަސޫލުކަމައިގެން ފޮނުއްވީ ހެއްޔެވެ؟”

އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “އާއެކެވެ.”

އެމީހާ ދެންނެވިއެވެ. “އަދި ކަލޭގެފާނު ފޮނުއްވި އެބޭލަކު ތިމަންމެންގެ ގާތުގައި ދަޢުވާކުރީ، ތިމަންމެންގެ މައްޗަށް ރެއާ ދުވާލު ފަސް ނަމާދު ވާކަމަށެވެ.”

އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “އެއީ ތެދެކެވެ.”

އެމީހާ ދެންނެވިއެވެ. “ކަލޭގެފާނު ރަސޫލުކަމާއިގެން ފޮނުއްވި ފަރާތް ގަންދީ ބުނަމެވެ. ﷲ ކަލޭގެފާނަށް އެކަމަށް އަމުރުކުރެއްވީ ހެއްޔެވެ؟”

އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “އާއެކެވެ.”

އެމީހާ ދެންނެވިއެވެ. “އަދި ކަލޭގެފާނު ފޮނުއްވި އެ ބޭކަލަކު ތިމަންމެންގެ ގާތުގައި ދަޢުވާކުރީ، ތިމަންމެންގެ މުދަލުން ޒަކާތް ދިނުން ތިމަންމެންގެ މައްޗަށް ވާކަމަށެވެ.”

އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “އެއީ ތެދެކެވެ.”

އެމީހާ ދެންނެވިއެވެ. “ކަލޭގެފާނު ރަސޫލުކަމާއިގެން ފޮނުއްވި ފަރާތް ގަންދީ ބުނަމެވެ. ﷲ ކަލޭގެފާނަށް އެކަމަށް އަމުރުކުރެއްވީ ހެއްޔެވެ؟”

އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “އާއެކެވެ.”

އެމީހާ ދެންނެވިއެވެ. “އަދި ކަލޭގެފާނު ފޮނުއްވި އެ ބޭކަލަކު ތިމަންމެންގެ ގާތުގައި ދަޢުވާކުރީ، (ކޮންމެ) އަހަރެއްގެވެސް ރަމަޟާން މަހު ރޯދަ ހިފުން ތިމަންމެންގެ މައްޗަށް ވާކަމަށެވެ.”

އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “އެއީ ތެދެކެވެ.”

އެމީހާ ދެންނެވިއެވެ. “ކަލޭގެފާނު ރަސޫލުކަމާއިގެން ފޮނުއްވި ފަރާތް ގަންދީ ބުނަމެވެ. ﷲ ކަލޭގެފާނަށް އެކަމަށް އަމުރުކުރެއްވީ ހެއްޔެވެ؟”

އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “އާއެކެވެ.”

އެމީހާ ދެންނެވިއެވެ. “އަދި ކަލޭގެފާނު ފޮނުއްވި އެބޭކަލަކު ތިމަންމެންގެ ގާތުގައި ދަޢުވާކުރީ، ކުޅަދާނަކަން ލިބިގެންވާ މީހާ ގެފުޅަށް ގޮސް ޙައްޖުވާން ޖެހޭނެކަމުގައެވެ.”

وَزَعَمَ رَسُولُكَ أَنَّ عَلَيْنَا حَجَّ الْبَيْتِ مَنِ اسْتَطَاعَ إِلَيْهِ سَبِيلًا

އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “އެއީ ތެދެކެވެ.”

(އަނަސްގެފާނު) ވިދާޅުވިއެވެ. “ދެން އެމީހާ ފަސްދީފިއެވެ.”

އެމީހާ ބުންޏެވެ. “ޙައްޤާއިގެން ކަލޭގެފާނު ފޮނުއްވި ފަރާތް ގަންދީ ބުނަމެވެ! އެކަންކަމަށް އެއްވެސް އެއްޗެއް އިތުރެއްވެސް ނުކުރާނަމެވެ. އަދި އުންޏެއްވެސް ނުކުރާނަމެވެ.”

ފަހެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. “އޭނާ އެކަމުގައި ތެދުވެރިވެއްޖެނަމަ، އޭނާ ސުވަރުގެ ވަންނާނެއެވެ.”

 

 

11 – (…) حَدَّثَنِي عَبْدُ اللهِ بْنُ هَاشِمٍ الْعَبْدِيُّ، حَدَّثَنَا بَهْزٌ، حَدَّثَنَا سُلَيْمَانُ بْنُ الْمُغِيرَةِ، عَنْ ثَابِتٍ، قَالَ: قَالَ أَنَسٌ: كُنَّا نُهِينَا فِي الْقُرْآنِ أَنْ نَسْأَلَ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ عَنْ شَيْءٍ وَسَاقَ الْحَدِيثَ بِمِثْلِهِ.

 

އަނަސްގެފާނުގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. “ފަހެ، (ޟަރޫރަތެއް ނެތި) ﷲ ގެ ރަސޫލާ صلى الله عليه وسلم އާ ސުވާލުކުރުން، ޤުރުއާނުގައި ތިމަންމެނަށް ނަހީ ކުރެވުނެވެ.” އަދި ކުރީގެ ރިވާޔަތާ އެއްފަދައިން ރިވާކުރެއްވިއެވެ.

_______________________

صحيح مسلم