[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

صحيح مسلم – كتاب الإيمان (އީމާންކަން ނަންގަނެފައިވާ ފޮތް) – 6

4 – އޭގެ ސަބަބުން ސުވަރުގެއަށް ވަދެވޭ ކަންތައް ކަމުގައިވާ އީމާންކަން ބަޔާންކޮށްފައިވާ ބާބު އަދި އަމުރުވެވިގެންވާ ކަންކަމުގައި ހިފަހައްޓައިފި މީހާއަށް ސުވަރުގެ ވަދެވޭނެކަން ބަޔާންކޮށްފައިވާ ބާބު

 

12 – (13) حَدَّثَنَا مُحَمَّدُ بْنُ عَبْدِ اللهِ بْنِ نُمَيْرٍ، حَدَّثَنَا أَبِي، حَدَّثَنَا عَمْرُو بْنُ عُثْمَانَ، حَدَّثَنَا مُوسَى بْنُ طَلْحَةَ، قَالَ: حَدَّثَنِي أَبُو أَيُّوبَ أَنَّ أَعْرَابِيًّا عَرَضَ لِرَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ وَهُوَ فِي سَفَرٍ، فَأَخَذَ بِخِطَامِ نَاقَتِهِ – أَوْ بِزِمَامِهَا ثُمَّ قَالَ: يَا رَسُولَ اللهِ – أَوْ يَا مُحَمَّدُ – أَخْبِرْنِي بِمَا يُقَرِّبُنِي مِنَ الْجَنَّةِ، وَمَا يُبَاعِدُنِي مِنَ النَّارِ، قَالَ: فَكَفَّ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ، ثُمَّ نَظَرَ فِي أَصْحَابِهِ، ثُمَّ قَالَ: «لَقَدْ وُفِّقَ، أَوْ لَقَدْ هُدِيَ»، قَالَ: كَيْفَ قُلْتَ؟ قَالَ: فَأَعَادَ، فَقَالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ: «تَعْبُدُ اللهَ لَا تُشْرِكُ بِهِ شَيْئًا، وَتُقِيمُ الصَّلَاةَ، وَتُؤْتِي الزَّكَاةَ، وَتَصِلُ الرَّحِمَ، دَعِ النَّاقَةَ».

 

އަބޫ އައްޔޫބު ވިދާޅުވިކަމަށް ރިވާވެގެން އައިސްފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ﷲ ގެ ރަސޫލާ صلى الله عليه وسلم ދަތުރެއްގައި ވަނިކޮށް އަޢުރާބީއަކު އެކަލޭގެފާނުގެ އަރިހަށް އައެވެ. ފަހެ، އެމީހާ އެކަލޭގެފާނުގެ ޖަމަލުކޮޅުގެ ލަގަނުގައި ހިފެހެއްޓިއެވެ. ދެން ދެންނެވިއެވެ. “އޭ ﷲ ގެ ރަސޫލާއެވެ! – ނުވަތަ އޭ މުޙައްމަދެވެ! – ސުވަރުގެއާ ތިމަން ގާތްކޮށްދޭނޭ އަދި ނަރަކައާ ދުރުކޮށްދޭނޭ ކަންކަމުގެ ޚަބަރު ދެއްވާށެވެ.”

(އަބޫ އައްޔޫބު އަލްއަންޞާރީ) ވިދާޅުވިއެވެ. ފަހެ، ނަބިއްޔާ صلى الله عليه وسلم މަޑުކުރެއްވިއެވެ. ދެން އެކަލޭގެފާނުގެ އަޞްޙާބުންނަށް ބައްލަވާލައްވާފައި ޙަދީޘްކުރެއްވިއެވެ. “ހަމަކަށަވަރުން ތިބާއަށް ތައުފީޤު ލިބިއްޖެއެވެ. ނުވަތަ ހިދާޔަތު ލިބިއްޖެއެވެ.”

އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ތިބާ ބުނީ ކީކޭ ހެއްޔެވެ؟”

(އަބޫ އައްޔޫބު އަލްއަންޞާރީ) ވިދާޅުވިއެވެ. ފަހެ، (އެ އަޢުރާބީ އޭނާ ބުނި ބަސް) ތަކުރާރުކުރިއެވެ.

ފަހެ، ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. “(ހަމައެކަނި) ﷲ އަށް އަޅުކަންކުރާށެވެ. އެއިލާހާ އެއްވެސް އެއްޗެއް ޝަރީކު ނުކުރާށެވެ. އަދި ނަމާދު ޤާއިމުކުރާށެވެ. އަދި ޒަކާތް ދޭށެވެ. އަދި ރަޙިމުގެ ގުޅުން ޤާއިމުކުރާށެވެ. (އެއަށްފަހު އެމީހާއަށް ޙަދީޘްކުރެއްވިއެވެ.) ޖަމަލު ދޫކޮށްލާށެވެ.”

 

 

13 – (…) وحَدَّثَنِي مُحَمَّدُ بْنُ حَاتِمٍ، وَعَبْدُ الرَّحْمَنِ بْنُ بِشْرٍ، قَالَا: حَدَّثَنَا بَهْزٌ، حَدَّثَنَا شُعْبَةُ، حَدَّثَنَا مُحَمَّدُ بْنُ عُثْمَانَ بْنِ عَبْدِ اللهِ بْنِ مَوْهَبٍ، وَأَبُوهُ عُثْمَانَ، أَنَّهُمَا سَمِعَا مُوسَى بْنَ طَلْحَةَ، يُحَدِّثُ عَنْ أَبِي أَيُّوبَ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ بِمِثْلِ هَذَا الْحَدِيثِ.

 

މި ސަނަދުންވެސް ކުރީ ރިވާޔަތްތަކާ އެއްފަދަ ގޮތަކަށް މިޙަދީޘް ރިވާކުރައްވާފައިވެއެވެ.

 

 

14 – (13) حَدَّثَنَا يَحْيَى بْنُ يَحْيَى التَّمِيمِيُّ، أَخْبَرَنَا أَبُو الْأَحْوَصِ، ح وحَدَّثَنَا أَبُو بَكْرِ بْنُ أَبِي شَيْبَةَ، حَدَّثَنَا أَبُو الْأَحْوَصِ، عَنْ أَبِي إِسْحَاقَ، عَنْ مُوسَى بْنِ طَلْحَةَ، عَنْ أَبِي أَيُّوبَ، قَالَ: جَاءَ رَجُلٌ إِلَى النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَقَالَ: دُلَّنِي عَلَى عَمَلٍ أَعْمَلُهُ يُدْنِينِي مِنَ الْجَنَّةِ، وَيُبَاعِدُنِي مِنَ النَّارِ، قَالَ: «تَعْبُدُ اللهَ لَا تُشْرِكُ بِهِ شَيْئًا، وَتُقِيمُ الصَّلَاةَ، وَتُؤْتِي الزَّكَاةَ، وَتَصِلُ ذَا رَحِمِكَ» فَلَمَّا أَدْبَرَ، قَالَ رَسُولُ اللهَ صَلَّى اللهُ عَلَيْهِ وَسَلَّمَ: «إِنْ تَمَسَّكَ بِمَا أُمِرَ بِهِ دَخَلَ الْجَنَّةَ» وَفِي رِوَايَةِ ابْنِ أَبِي شَيْبَةَ إِنْ تَمَسَّكَ بِهِ.

 

އަބޫ އައްޔޫބު ވިދާޅުވިކަމަށް ރިވާވެގެން އައިސްފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ނަބިއްޔާ صلى الله عليه وسلم ގެ އަރިހަށް މީހަކު އައެވެ. ފަހެ، ދެންނެވިއެވެ. “ތިމަން އެޢަމަލެއް ކުރުމުން، ތިމަން ސުވަރުގެއާ ގާތް ކޮށްދޭނޭ އަދި ނަރަކައާ ދުރުކޮށްދޭނޭ ޢަމަލެއް ދައްކަވާށެވެ.”

އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “(ހަމައެކަނި) ﷲ އަށް އަޅުކަންކުރާށެވެ. އެއިލާހާ އެއްވެސް އެއްޗެއް ޝަރީކު ނުކުރާށެވެ. އަދި ނަމާދު ޤާއިމުކުރާށެވެ. އަދި ޒަކާތް ދޭށެވެ. އަދި ތިބާގެ ގާތްތިމާގެ މީހުންނާ ރަޙިމުގެ ގުޅުން ޤާއިމުކުރާށެވެ.”

ފަހެ، އެމީހާ ފަސްދިނުމުން ﷲ ގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. “ހަމަކަށަވަރުން އަމުރުވެރިވެގެންވާ ކަންކަމުގައި ހިފަހައްޓައިފިނަމަ ސުވަރުގެ ވަންނަ ހުށްޓެވެ.”

އަދި އިބްނު އަބީ ޝައިބާގެ ރިވާޔަތުގައިވަނީ “އޭގައި ހިފަހައްޓައިފިނަމަ” މިފަދައިންނެވެ.

 

 

15 – (14) وحَدَّثَنِي أَبُو بَكْرِ بْنُ إِسْحَاقَ، حَدَّثَنَا عَفَّانُ، حَدَّثَنَا وُهَيْبٌ، حَدَّثَنَا يَحْيَى بْنُ سَعِيدٍ، عَنْ أَبِي زُرْعَةَ، عَنْ أَبِي هُرَيْرَةَ، أَنَّ أَعْرَابِيًّا جَاءَ إِلَى رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَقَالَ: يَا رَسُولِ اللهِ، دُلَّنِي عَلَى عَمَلٍ إِذَا عَمِلْتُهُ دَخَلْتُ الْجَنَّةَ، قَالَ: «تَعْبُدُ اللهَ لَا تُشْرِكُ بِهِ شَيْئًا، وَتُقِيمُ الصَّلَاةَ الْمَكْتُوبَةَ، وَتُؤَدِّي الزَّكَاةَ الْمَفْرُوضَةَ، وَتَصُومُ رَمَضَانَ»، قَالَ: وَالَّذِي نَفْسِي بِيَدِهِ، لَا أَزِيدُ عَلَى هَذَا شَيْئًا أَبَدًا، وَلَا أَنْقُصُ مِنْهُ، فَلَمَّا وَلَّى قَالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ: «مَنْ سَرَّهُ أَنَّ يَنْظُرَ إِلَى رَجُلٍ مِنْ أَهْلِ الْجَنَّةِ، فَلْيَنْظُرْ إِلَى هَذَا».

 

އަބޫ ހުރައިރާގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. ﷲ ގެ ރަސޫލާ صلى الله عليه وسلم ގެ އަރިހަށް އަޢުރާބީއަކު އައެވެ. ފަހެ، އެމިހާ ދެންނެވިއެވެ. “ތިމަން އެޢަމަލެއް ކުރުމުން، ތިމަން ސުވަރުގެއާ ގާތް ކޮށްދޭނޭ އަދި ނަރަކައާ ދުރުކޮށްދޭނޭ ޢަމަލެއް ދައްކަވާށެވެ.”

އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “(ހަމައެކަނި) ﷲ އަށް އަޅުކަންކުރާށެވެ. އެއިލާހާ އެއްވެސް އެއްޗެއް ޝަރީކު ނުކުރާށެވެ. އަދި ފަރުޟު ނަމާދު ޤާއިމުކުރާށެވެ. އަދި ފަރުޟު ޒަކާތް ދޭށެވެ. އަދި ރަމަޟާން މަހު ރޯދަ ހިފާށެވެ.”

އެމީހާ ބުންޏެވެ. “ތިމަންގެ ނަފްސު އެފަރާތެއްގެ އަތްޕުޅުގައިވާ ފަރާތް ގަންދީ ބުނަމެވެ. މިއަށް އެއްވެސް އެއްޗެއް އިތުރެއް ނުކުރާނަމެވެ. އަދި މިއިން އެއްވެސް އެއްޗެއް އުންޏެއްވެސް ނުކުރާނަމެވެ.”

ފަހެ، އެމީހާ ފަސްދީ ދިއުމުން ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. “ސުވަރުގޭގެ އަހުލުވެރިންގެ ތެރެއިން މީހަކު ދުށުމަށް އެދޭމީހާ، ފަހެ މިމީހާއަށް ބަލާށެވެ.”  

 

 

16 – (15) حَدَّثَنَا أَبُو بَكْرِ بْنُ أَبِي شَيْبَةَ، وَأَبُو كُرَيْبٍ، وَاللَّفْظُ لِأَبِي كُرَيْبٍ، قَالَا: حَدَّثَنَا أَبُو مُعَاوِيَةَ، عَنِ الْأَعْمَشِ، عَنْ أَبِي سُفْيَانَ، عَنْ جَابِرٍ، قَالَ: أَتَى النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ النُّعْمَانُ بْنُ قَوْقَلٍ، فَقَالَ: يَا رَسُولَ اللهِ أَرَأَيْتَ إِذَا صَلَّيْتُ الْمَكْتُوبَةَ، وَحَرَّمْتُ الْحَرَامَ، وَأَحْلَلْتُ الْحَلَالَ، أَأَدْخُلُ الْجَنَّةَ؟ فَقَالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ: «نَعَمْ».

 

ޖާބިރުގެފާނުގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އައްނުޢުމާނު ބުން ޤައުޤަލް، ނަބިއްޔާ صلى الله عليه وسلم ގެ އަރިހަށް އައެވެ. ފަހެ، އެކަލޭގެފާނު ދެންނެވިއެވެ. “އޭ ﷲ ގެ ރަސޫލާއެވެ. ފަރުޟު ނަމާދުކޮށް، ޙަލާލު ކަންތައްތައް ޙަލާލުކަމުގައި ބަލައިގަނެ އަދި ޙަރާމް ކަންތައްތައް ޙަރާމްކަމުގައި ބަލައިގަނެ، އޭގެ އިތުރަށް އެއްވެސް ކަމެއް ނުކުރިޔަސް، ތިމަން ސުވަރުގެ ވަންނާނެކަމުގައި ދެކެވަޑައިގަންނަވަމުތޯއެވެ؟”

ފަހެ، ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. “އާއެކެވެ.”

 

 

17 – (…) وحَدَّثَنِي حَجَّاجُ بْنُ الشَّاعِرِ، وَالْقَاسِمُ بْنُ زَكَرِيَّاءَ، قَالَا: حَدَّثَنَا عُبَيْدُ اللهِ بْنُ مُوسَى، عَنْ شَيْبَانَ، عَنِ الْأَعْمَشِ، عَنْ أَبِي صَالِحٍ، وَأَبِي سُفْيَانَ، عَنْ جَابِرٍ، قَالَ: قَالَ النُّعْمَانُ بْنُ قَوْقَلٍ: يَا رَسُولَ اللهِ، بِمِثْلِهِ، وَزَادَا فِيهِ، وَلَمْ أَزِدْ عَلَى ذَلِكَ شَيْئًا.

 

ޖާބިރުގެފާނުގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އައްނުޢުމާނު ބުން ޤައުޤަލް ދެންނެވިއެވެ. “އޭ ﷲ ގެ ރަސޫލާއެވެ.” އަދި ކުރީގެ ރިވާޔަތާ އެއްފަދައިން ރިވާކުރެއްވިއެވެ. އަދި އެއަށް އިތުރުކުރެއްވިއެވެ. “އަދި ތިމަން އެއަށް އެއްވެސް އެއްޗެއް އިތުރު ނުކުރާނަމެވެ.”

 

 

18 – (…) وحَدَّثَنِي سَلَمَةُ بْنُ شَبِيبٍ، حَدَّثَنَا الْحَسَنُ بْنُ أَعْيَنَ، حَدَّثَنَا مَعْقِلٌ وَهُوَ ابْنُ عُبَيْدِ اللهِ، عَنْ أَبِي الزُّبَيْرِ، عَنْ جَابِرٍ، أَنَّ رَجُلًا سَأَلَ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَقَالَ: أَرَأَيْتَ إِذَا صَلَّيْتُ الصَّلَوَاتِ الْمَكْتُوبَاتِ، وَصُمْتُ رَمَضَانَ، وَأَحْلَلْتُ الْحَلَالَ، وَحَرَّمْتُ الْحَرَامَ، وَلَمْ أَزِدْ عَلَى ذَلِكَ شَيْئًا، أَأَدْخُلُ الْجَنَّةَ؟ قَالَ: «نَعَمْ»، قَالَ: وَاللهِ لَا أَزِيدُ عَلَى ذَلِكَ شَيْئًا.

 

ޖާބިރުގެފާނުގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން ނަބިއްޔާ صلى الله عليه وسلم ގެ އަރިހަށް މީހަކު އައެވެ. ފަހެ، (އެމީހާ) ދެންނެވިއެވެ. “އޭ ﷲ ގެ ރަސޫލާއެވެ. ފަރުޟު ނަމާދުކޮށް، ރަމަޟާން މަހު ރޯދަ ހިފައި، ޙަލާލު ކަންތައްތައް ޙަލާލުކަމުގައި ބަލައިގަނެ އަދި ޙަރާމް ކަންތައްތައް ޙަރާމްކަމުގައި ބަލައިގަނެ، އޭގެ އިތުރަށް އެއްވެސް ކަމެއް ނުކުރިޔަސް، ތިމަން ސުވަރުގެ ވަންނާނެކަމުގައި ދެކެވަޑައިގަންނަވަމުތޯއެވެ؟”

ފަހެ، ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. “އާއެކެވެ.”

އެމީހާ ދެންނެވިއެވެ. “ﷲ ގަންދީ ބުނަމެވެ. ތިމަން އެއަށް އެއްވެސް ކަމެއް އިތުރު ނުކުރާނަމެވެ.”

_______________________

صحيح مسلم