[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

صحيح مسلم – كتاب الإيمان (އީމާންކަން ނަންގަނެފައިވާ ފޮތް) – 7

5 – އިސްލާމުކަމުގެ މަތިވެރި ރުކުންތައް ބަޔާންކޮށްފައިވާ ބާބު

 

 

19 – (16) حَدَّثَنَا مُحَمَّدُ بْنُ عَبْدِ اللهِ بْنِ نُمَيْرٍ الْهَمْدَانِيُّ، حَدَّثَنَا أَبُو خَالِدٍ يَعْنِي سُلَيْمَانَ بْنَ حَيَّانَ الْأَحْمَرَ، عَنْ أَبِي مَالِكٍ الْأَشْجَعِيِّ، عَنْ سَعْدِ بْنِ عُبَيْدَةَ، عَنِ ابْنِ عُمَرَ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ، قَالَ: «بُنِيَ الْإِسْلَامُ عَلَى خَمْسَةٍ، عَلَى أَنْ يُوَحَّدَ اللهُ، وَإِقَامِ الصَّلَاةِ، وَإِيتَاءِ الزَّكَاةِ، وَصِيَامِ رَمَضَانَ، وَالْحَجِّ»، فَقَالَ رَجُلٌ: الْحَجُّ، وَصِيَامُ رَمَضَانَ، قَالَ: «لَا، صِيَامُ رَمَضَانَ، وَالْحَجُّ» هَكَذَا سَمِعْتُهُ مِنْ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ.

 

އިބްނު ޢުމަރުގެ އަރިހުން ރިވަވެގެންއައިސްފައިވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. “އިސްލާމްދީން ބިނާވެގެންވަނީ ފަސްކަމެއްގެ (އެބަހީ: ފަސް ރުކުނެއްގެ) މައްޗަށެވެ. އެއީ ﷲ އެއްކައުވަންތަކުރުމާއި، ނަމާދު ޤާއިމުކުރުމާއި، (މުދަލު) ޒަކާތްދިނުމާއި، ރަމަޟާން މަހުގެ ރޯދަ ހިފުމާ އަދި ޙައްޖުވުމެވެ.”

ފަހެ، މީހަކު ބުންޏެވެ. ” ޙައްޖުވުމާ އަދި ރަމަޟާން މަހުގެ ރޯދަ ހިފުމެވެ.”

އިބްނު ޢުމަރު ވިދާޅުވިއެވެ. “ނޫނެކެވެ. ރަމަޟާން މަހުގެ ރޯދަ ހިފުމާ އަދި ޙައްޖުވުމެވެ. ﷲ ގެ ރަސޫލާ صلى الله عليه وسلم ގެ އަރިހުން ތިމަން އަޑުއެހީ މިފަދައިންނެވެ.”

 

 

20 – (…) وحَدَّثَنَا سَهْلُ بْنُ عُثْمَانَ الْعَسْكَرِيُّ، حَدَّثَنَا يَحْيَى بْنُ زَكَرِيَّاءَ، حَدَّثَنَا سَعْدُ بْنُ طَارِقٍ، قَالَ: حَدَّثَنِي سَعْدُ بْنُ عُبَيْدَةَ السُّلَمِيُّ، عَنِ ابْنِ عُمَرَ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ، قَالَ: «بُنِيَ الْإِسْلَامُ عَلَى خَمْسٍ، عَلَى أَنْ يُعْبَدَ اللهُ، وَيُكْفَرَ بِمَا دُونَهُ، وَإِقَامِ الصَّلَاةِ، وَإِيتَاءِ الزَّكَاةِ، وَحَجِّ الْبَيْتِ، وَصَوْمِ رَمَضَانَ».

 

އިބްނު ޢުމަރުގެ އަރިހުން ރިވަވެގެންއައިސްފައިވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. “އިސްލާމްދީން ބިނާވެގެންވަނީ ފަސްކަމެއްގެ (އެބަހީ: ފަސް ރުކުނެއްގެ) މައްޗަށެވެ. އެއީ (ހަމައެކަނި) ﷲއަށް އަޅުކަންކުރުމާއި، އެނޫން އެންމެހާ ތަކެއްޗަސް ކާފިރުވުމާއި، ނަމާދު ޤާއިމުކުރުމާއި، (މުދަލު) ޒަކާތްދިނުމާއި، ގެފުޅަށް ޙައްޖުވުމާ އަދި ރަމަޟާން މަހުގެ ރޯދަ ހިފުމެވެ.”

 

 

21 – (…) حَدَّثَنَا عُبَيْدُ اللهِ بْنُ مُعَاذٍ، حَدَّثَنَا أَبِي، حَدَّثَنَا عَاصِمٌ وَهُوَ ابْنُ مُحَمَّدِ بْنِ زَيْدِ بْنِ عَبْدِ اللهِ بْنِ عُمَرَ، عَنْ أَبِيهِ، قَالَ: قَالَ عَبْدُ اللهِ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «بُنِيَ الْإِسْلَامُ عَلَى خَمْسٍ، شَهَادَةِ أَنْ لَا إِلَهَ إِلَّا اللهُ، وَأَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، وَإِقَامِ الصَّلَاةِ، وَإِيتَاءِ الزَّكَاةِ، وَحَجِّ الْبَيْتِ، وَصَوْمِ رَمَضَانَ».

 

ޢަބްދުﷲ ބުން ޢުމަރުގެ އަރިހުން ރިވާވެގެންއައިސްފައިވެއެވެ. ﷲ ގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. “އިސްލާމްދީން ބިނާވެގެންވަނީ ފަސްކަމެއްގެ (އެބަހީ: ފަސް ރުކުނެއްގެ) މައްޗަށެވެ. އެއީ ﷲ ފިޔަވައި އަޅުކަން ޙައްޤުވާ އެހެން އެއްވެސް އިލާހެއް ނުވާކަމަށް ހެކިވުމާއި، މުޙައްމަދުގެފާނީ އެއިލާހުގެ އަޅާ އަދި ރަސޫލާކަމަށް ހެކިވުމާއި، ނަމާދު ޤާއިމުކުރުމާއި، (މުދަލު) ޒަކާތްދިނުމާއި، ގެފުޅަށް ޙައްޖުވުމާ އަދި ރަމަޟާން މަހުގެ ރޯދަ ހިފުމެވެ.”

 

 

22 – (…) وحَدَّثَنِي ابْنُ نُمَيْرٍ، حَدَّثَنَا أَبِي، حَدَّثَنَا حَنْظَلَةُ، قَالَ: سَمِعْتُ عِكْرِمَةَ بْنَ خَالِدٍ، يُحَدِّثُ طَاوُسًا، أَنَّ رَجُلًا قَالَ لِعَبْدِ اللهِ بْنِ عُمَرَ: أَلَا تَغْزُو؟ فَقَالَ: إِنِّي سَمِعْتُ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، يَقُولُ: ” إِنَّ الْإِسْلَامَ بُنِيَ عَلَى خَمْسٍ: شَهَادَةِ أَنَّ لَا إِلَهَ إِلَّا اللهُ، وَإِقَامِ الصَّلَاةِ، وَإِيتَاءِ الزَّكَاةِ، وَصِيَامِ رَمَضَانَ، وَحَجِّ الْبَيْتِ “.

 

މީހަކު ޢަބްދުﷲ ބުން ޢުމަރުގެ އަރިހުގައި ސުވާލުދެންނެވިއެވެ. “ކަލޭގެފާނު ހަނގުރާމަ ނުކުރައްވަން ހެއްޔެވެ؟”

ފަހެ، އެކަލޭގެފާނު ވިދާޅުވިއެވެ. “ހަމަކަށަވަރުން ﷲ ގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވަނިކޮށް ތިމަން އަޑުއެހީމެވެ. “ހަމަކަށަވަރުން އިސްލާމްދީން ބިނާވެގެންވަނީ ފަސްކަމެއްގެ (އެބަހީ: ފަސް ރުކުނެއްގެ) މައްޗަށެވެ. އެއީ ﷲ ފިޔަވައި އަޅުކަން ޙައްޤުވާ އެހެން އެއްވެސް އިލާހެއް ނުވާކަމަށް ހެކިވުމާއި، ނަމާދު ޤާއިމުކުރުމާއި، (މުދަލު) ޒަކާތްދިނުމާއި، ރަމަޟާން މަހުގެ ރޯދަ ހިފުމާ އަދި ގެފުޅަށް ޙައްޖުވުމެވެ.”

_______________________

صحيح مسلم