[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

صحيح مسلم – كتاب الإيمان (އީމާންކަން ނަންގަނެފައިވާ ފޮތް) – 10

8 – لَا إِلَهَ إِلَّا اللهُ مُحَمَّدٌ رَسُولُ اللهِ ކިޔައިފުމަށް ދާންދެން މީސްތަކުންނާ ހަނގުރާމަކުރުން ނަންގަނެފައިވާ ބާބު

 

 

32 – (20) حَدَّثَنَا قُتَيْبَةُ بْنُ سَعِيدٍ، حَدَّثَنَا لَيْثُ بْنُ سَعْدٍ، عَنْ عُقَيْلٍ، عَنِ الزُّهْرِيِّ، قَالَ: أَخْبَرَنِي عُبَيْدُ اللهِ بْنُ عَبْدِ اللهِ بْنِ عُتْبَةَ بْنِ مَسْعُودٍ، عَنْ أَبِي هُرَيْرَةَ، قَالَ: لَمَّا تُوُفِّيَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، وَاسْتُخْلِفَ أَبُو بَكْرٍ بَعْدَهُ، وَكَفَرَ مَنْ كَفَرَ مِنَ الْعَرَبِ، قَالَ عُمَرُ بْنُ الْخَطَّابِ لِأَبِي بَكْرٍ: كَيْفَ تُقَاتِلُ النَّاسَ، وَقَدْ قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: ((أُمِرْتُ أَنْ أُقَاتِلَ النَّاسَ حَتَّى يَقُولُوا: لَا إِلَهَ إِلَّا اللهُ، فَمَنْ قَالَ: لَا إِلَهَ إِلَّا اللهُ، فَقَدْ عَصَمَ مِنِّي مَالَهُ، وَنَفْسَهُ، إِلَّا بِحَقِّهِ وَحِسَابُهُ عَلَى اللهِ))، فَقَالَ أَبُو بَكْرٍ: وَاللهِ لَأُقَاتِلَنَّ مَنْ فَرَّقَ بَيْنَ الصَّلَاةِ، وَالزَّكَاةِ، فَإِنَّ الزَّكَاةَ حَقُّ الْمَالِ، وَاللهِ لَوْ مَنَعُونِي عِقَالًا كَانُوا يُؤَدُّونَهُ إِلَى رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ لَقَاتَلْتُهُمْ عَلَى مَنْعِهِ، فَقَالَ عُمَرُ بْنُ الْخَطَّابِ: فَوَاللهِ، مَا هُوَ إِلَّا أَنْ رَأَيْتُ اللهَ عَزَّ وَجَلَّ قَدْ شَرَحَ صَدْرَ أَبِي بَكْرٍ لِلْقِتَالِ، فَعَرَفْتُ أَنَّهُ الْحَقُّ.

 

އަބޫހުރައިރާގެ އަރިހުން ރިވާވެގެންއައިސްފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ނަބިއްޔާ صلى الله عليه وسلم އަވަހާރަވުމުން، އެކަލޭގެފާނަށް ފަހު ޚަލީފާކަމަށް އިސްކުރެވުނީ އަބޫބަކުރުގެފާނެވެ. އަދި (ނަބިއްޔާ صلى الله عليه وسلم އަވަހާރަވުމުން) ޢަރަބީންގެ ތެރެއިން ބަޔަކު ކާފިރުވިއެވެ. ޢުމަރު ބުން އަލްޚައްޠާބު، އަބޫބަކުރުގެފާނަށް ވިދާޅުވިއެވެ. ކަލޭގެފާނު މީސްތަކުންނާ ހަނގުރާމަކުރައްވާނީ ކިހިނަކުން ހެއްޔެވެ؟ ހަމަކަށަވަރުން ﷲ ގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

“ﷲ ފިޔަވައި އަޅުކަން ޙައްޤުވާ އެހެން އެއްވެސް އިލާހެއް ނުވާކަމަށް ބުނެފުމަށް ދާންދެން މީސްތަކުންނާ ހަނގުރާމަ ކުރުމަށް، ތިމަންކަލޭގެފާނަށްވަނީ އަމުރުވެވިގެންނެވެ. ފަހެ ﷲ ފިޔަވައި އަޅުކަން ޙައްޤުވާ އެހެން އެއްވެސް އިލާހެއް ނުވާކަމަށް ބުނެފި މީހާ ދަންނައެވެ. ހަމަކަށަވަރުން އޭނާގެ މުދަލާއި ނަފްސަށް ތިމަންކަލޭގެފާނުގެ ކިބައިން ސަލާމަތްކަން ލިބިގެންވެއެވެ. އެއީ އިސްލާމްދީނުގެ ޙައްޤުގައި މެނުވީއެވެ. އަދި އެބައިމީހުންގެ ހިސާބުބެއްލެވުން ވަނީ ﷲ އަށެވެ.”

ފަހެ، އަބޫބަކުރުގެފާމު ވިދާޅުވިއެވެ. “ﷲ ގަންދީ ވިދާޅުވަމެވެ. ނަމާދާއި ޒަކާތް ފަރަޤުކުރާ މީހުންނާ ތިމަންކަލޭގެފާނު ހަނގުރާމަކުރައްވާހުށީމެވެ. ފަހެ، ޒަކާތަކީ މުދަލުގެ ޙައްޤެކެވެ. ﷲ ގަންދީ ވިދާޅުވަމެވެ. ﷲ ގެ ރަސޫލާ އަށް (ޒަކާތުގެ ގޮތުގައި) އެބައިމީހުން ނެރެމުން ދިޔަ ތަކެތީގެ ތެރެއިން ޢިޤާލެއްގެ [1] މިންވަރު ދިނުމަށް މަނާވެ ގަތަސް އެކަން މަނާކުރީތީ ތިމަންކަލޭގެފާނު އެބައިމީހުންނާ ހަނގުރާމަކުރައްވާ ހުށީމެވެ.

ފަހެ، ޢުމަރު ބުން އަލްޚައްޠާބު ވިދާޅުވިއެވެ. ” ﷲ ގަންދީ ވިދާޅުވަމެވެ. ތިމަން ކަލޭގެފާނަށް ފެނިވަޑައިގަތީ ﷲ عَزَّ وَجَلَّ އަބޫ ބަކުރުގެފާނުގެ ހިތް އެކަމަށްޓަކައި ތަނަވަސްކޮށްދެއްވިކަމަށެވެ. ފަހެ، އެއީ ޙައްޤުކަން ތިމަންކަލޭގެފާނަށް އެނގިވަޑައިގެންނެވިއެވެ.”

 

 

33 – (21) وحَدَّثَنَا أَبُو الطَّاهِرِ، وَحَرْمَلَةُ بْنُ يَحْيَى، وَأَحْمَدُ بْنُ عِيسَى – قَالَ أَحْمَدُ: حَدَّثَنَا، وقَالَ الْآخَرَانِ – أَخْبَرَنَا ابْنُ وَهْبٍ، قَالَ: أَخْبَرَنِي يُونُسُ، عَنِ ابْنِ شِهَابٍ، قَالَ: حَدَّثَنِي سَعِيدُ بْنُ الْمُسَيِّبِ، أَنَّ أَبَا هُرَيْرَةَ، أَخْبَرَهُ أَنَّ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، قَالَ: ((أُمِرْتُ أَنْ أُقَاتِلَ النَّاسَ حَتَّى يَقُولُوا: لَا إِلَهَ إِلَّا اللهُ، فَمَنْ قَالَ: لَا إِلَهَ إِلَّا اللهُ، عَصَمَ مِنِّي مَالَهُ، وَنَفْسَهُ إِلَّا بِحَقِّهِ، وَحِسَابُهُ عَلَى اللهِ)).

 

އަބޫހުރައިރާގެ އަރިހުން ރިވާވެގެންއައިސްފައިވެއެވެ. ﷲ ގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. “ﷲ ފިޔަވައި އަޅުކަން ޙައްޤުވާ އެހެން އެއްވެސް އިލާހެއް ނުވާކަމަށް ބުނެފުމަށް ދާންދެން މީސްތަކުންނާ ހަނގުރާމަ ކުރުމަށް، ތިމަންކަލޭގެފާނަށްވަނީ އަމުރުވެވިގެންނެވެ. ފަހެ ﷲ ފިޔަވައި އަޅުކަން ޙައްޤުވާ އެހެން އެއްވެސް އިލާހެއް ނުވާކަމަށް ބުނެފި މީހާ ދަންނައެވެ. ހަމަކަށަވަރުން އޭނާގެ މުދަލާއި ނަފްސަށް ތިމަންކަލޭގެފާނުގެ ކިބައިން ސަލާމަތްކަން ލިބިގެންވެއެވެ. އެއީ އިސްލާމްދީނުގެ ޙައްޤުގައި މެނުވީއެވެ. އަދި އެބައިމީހުންގެ ހިސާބުބެއްލެވުން ވަނީ ﷲ އަށެވެ.”

 

 

34 – (…) حَدَّثَنَا أَحْمَدُ بْنُ عَبْدَةَ الضَّبِّيُّ، أَخْبَرَنَا عَبْدُ الْعَزِيزِ يَعْنِي الدَّرَاوَرْدِيَّ، عَنِ الْعَلَاءِ، ح وحَدَّثَنَا أُمَيَّةُ بْنُ بِسْطَامَ، وَاللَّفْظُ لَهُ، حَدَّثَنَا يَزِيدُ بْنُ زُرَيْعٍ، حَدَّثَنَا رَوْحٌ، عَنِ الْعَلَاءِ بْنِ عَبْدِ الرَّحْمَنِ بْنِ يَعْقُوبَ، عَنْ أَبِيهِ، عَنْ أَبِي هُرَيْرَةَ، عَنْ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، قَالَ: «أُقَاتِلُ النَّاسَ حَتَّى يَشْهَدُوا أَنْ لَا إِلَهَ إِلَّا اللهُ، وَيُؤْمِنُوا بِي، وَبِمَا جِئْتُ بِهِ، فَإِذَا فَعَلُوا ذَلِكَ، عَصَمُوا مِنِّي دِمَاءَهُمْ، وَأَمْوَالَهُمْ إِلَّا بِحَقِّهَا، وَحِسَابُهُمْ عَلَى اللهِ».

 

އަބޫހުރައިރާގެ އަރިހުން ރިވާވެގެންއައިސްފައިވެއެވެ. ﷲ ގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. “ﷲ ފިޔަވައި އަޅުކަން ޙައްޤުވާ އެހެން އެއްވެސް އިލާހެއް ނުވާކަމަށް ހެކިވުމާއި، ތިމަންކަލޭގެފާނަށް އީމާންވުމާ އަދި ތިމަންކަލޭގެފާނު އެކަމަކާއިގެން ވަޑައިގެންނެވި ތަކެއްޗަށް ހެކިވެއްޖައުމަށް ދާންދެން މީސްތަކުންނާ ހަނގުރާމަ ކުރާށެވެ. ފަހެ އެބައިމީހުން އެފަދައިން ޢަމަލުކޮށްފިނަމަ، އެބައިމީހުންގެ ލެޔާއި މުދަލަށް ތިމަންކަލޭގެފާނުގެ ކިބައިން ސަލާމަތްކަން ލިބިގެންވެއެވެ. އަދި އެބައިމީހުންގެ ހިސާބުބެއްލެވުން ވަނީ ﷲ އަށެވެ.”

 

 

35 – (…) وحَدَّثَنَا أَبُو بَكْرِ بْنُ أَبِي شَيْبَةَ، حَدَّثَنَا حَفْصُ بْنُ غِيَاثٍ، عَنِ الْأَعْمَشِ، عَنْ أَبِي سُفْيَانَ، عَنْ جَابِرٍ. وَعَنْ أَبِي صَالِحٍ، عَنْ أَبِي هُرَيْرَةَ، قَالَا: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «أُمِرْتُ أَنْ أُقَاتِلَ النَّاسَ» بِمِثْلِ حَدِيثِ ابْنِ الْمُسَيِّبِ، عَنْ أَبِي هُرَيْرَةَ، ح وحَدَّثَنِي أَبُو بَكْرِ بْنُ أَبِي شَيْبَةَ، حَدَّثَنَا وَكِيعٌ، ح وحَدَّثَنِي مُحَمَّدُ بْنُ الْمُثَنَّى، حَدَّثَنَا عَبْدُ الرَّحْمَنِ يَعْنِي ابْنَ مَهْدِيٍّ، قَالَا جَمِيعًا: حَدَّثَنَا سُفْيَانُ، عَنْ أَبِي الزُّبَيْرِ، عَنْ جَابِرٍ، قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: ((أُمِرْتُ أَنْ أُقَاتِلَ النَّاسَ حَتَّى يَقُولُوا: لَا إِلَهَ إِلَّا اللهُ، فَإِذَا قَالُوا: لَا إِلَهَ إِلَّا اللهُ عَصَمُوا مِنِّي دِمَاءَهُمْ، وَأَمْوَالَهُمْ إِلَّا بِحَقِّهَا، وَحِسَابُهُمْ عَلَى اللهِ))، ثُمَّ قَرَأَ: ﴿إِنَّمَا أَنْتَ مُذَكِّرٌ * لَسْتَ عَلَيْهِمْ بِمُسَيْطِرٍ﴾.

 

ޖާބިރުގެފާނާއި އަބޫހުރައިރާގެ އަރިހުން ރިވާވެގެންއައިސްފައިވެއެވެ. ﷲ ގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. “މީސްތަކުންނާ ހަނގުރާމަ ކުރުމަށް، ތިމަންކަލޭގެފާނަށްވަނީ އަމުރުވެވިގެންނެވެ.” އިބްނު މުސައްޔިބު، އަބޫހުރައިރާގެ އަރިހުން ރިވާކުރައްވާފައިވާ ޙަދީޘާ އެއްގޮތަށް ރިވާކުރައްވާފައިވެއެވެ.

ޖާބިރުގެފާނުގެ އަރިހުން ރިވާވެގެންއައިސްފައިވެއެވެ. ﷲ ގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. “ﷲ ފިޔަވައި އަޅުކަން ޙައްޤުވާ އެހެން އެއްވެސް އިލާހެއް ނުވާކަމަށް ބުނެފުމަށްދާންދެން މީސްތަކުންނާ ހަނގުރާމަ ކުރުމަށް، ތިމަންކަލޭގެފާނަށްވަނީ އަމުރުވެވިގެންނެވެ. ފަހެ ﷲ ފިޔަވައި އަޅުކަން ޙައްޤުވާ އެހެން އެއްވެސް އިލާހެއް ނުވާކަމަށް އެބައިމީހުން ބުނެފިނަމަ، އެބައިމީހުންގެ ލެޔާއި މުދަލަށް ތިމަންކަލޭގެފާނުގެ ކިބައިން ސަލާމަތްކަން ލިބިގެންވެއެވެ. އެއީ އިސްލާމްދީނުގެ ޙައްޤުގައި މެނުވީއެވެ. އަދި އެބައިމީހުންގެ ހިސާބުބެއްލެވުން ވަނީ ﷲ އަށެވެ.” ދެން ކިޔަވާވިދާޅުވިއެވެ.

﴿إِنَّمَا أَنْتَ مُذَكِّرٌ * لَسْتَ عَلَيْهِمْ بِمُسَيْطِرٍ﴾ [سورة الغاشية 21 – 22]

މާނައީ: “ކަލޭގެފާނު ވާކަން ކަށަވަރީ، ހަނދުމަކޮށްދެއްވާ ބޭކަލަކު ކަމުގައެވެ. [21] އެބައިމީހުންގެ މައްޗަށް ބާރު ހިންގަވާ ބޭކަލަކު ކަމުގައި ކަލޭގެފާނު ނުވެއެވެ. [22]”

 

 

36 – (22) حَدَّثَنَا أَبُو غَسَّانَ الْمِسْمَعِىُّ مَالِكُ بْنُ عَبْدِ الْوَاحِدِ، حَدَّثَنَا عَبْدُ الْمَلِكِ بْنُ الصَّبَّاحِ، عَنْ شُعْبَةَ، عَنْ وَاقِدِ بْنِ مُحَمَّدِ بْنِ زَيْدِ بْنِ عَبْدِ اللهِ بْنِ عُمَرَ، عَنْ أَبِيهِ، عَنْ عَبْدِ اللهِ بْنِ عُمَرَ، قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «أُمِرْتُ أَنْ أُقَاتِلَ النَّاسَ حَتَّى يَشْهَدُوا أَنْ لَا إِلَهَ إِلَّا اللهُ وَأَنَّ مُحَمَّدًا رَسُولُ اللهِ، وَيُقِيمُوا الصَّلَاةَ، وَيُؤْتُوا الزَّكَاةَ، فَإِذَا فَعَلُوا، عَصَمُوا مِنِّي دِمَاءَهُمْ، وَأَمْوَالَهُمْ إِلَّا بِحَقِّهَا، وَحِسَابُهُمْ عَلَى اللهِ».

ޢަބްދުﷲ ބުން ޢުމަރު ރިވާކުރެއްވިއެވެ. ﷲ ގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. “ﷲ ފިޔަވައި އަޅުކަން ޙައްޤުވާ އެހެން އެއްވެސް އިލާހެއް ނުވާކަމަށް ހެކިވުމާއި މުޙައްމަދުގެފާނީ ﷲ ގެ ރަސޫލާކަމަށް ހެކިވުމާއި ނަމާދު ޤާއިމުކޮށް އަދި (މުދަލު) ޒަކާތް ދީފުމަށް ދާންދެން މީސްތަކުންނާ ހަނގުރާމަ ކުރުމަށް، ތިމަންކަލޭގެފާނަށްވަނީ އަމުރުވެވިގެންނެވެ. ފަހެ އެބައިމީހުން އެފަދައިން ޢަމަލުކޮށްފިނަމަ، އެބައިމީހުންގެ ލެޔާއި މުދަލަށް ތިމަންކަލޭގެފާނުގެ ކިބައިން ސަލާމަތްކަން ލިބިގެންވެއެވެ. އެއީ އިސްލާމްދީނުގެ ޙައްޤުގައި މެނުވީއެވެ. އަދި އެބައިމީހުންގެ ހިސާބުބެއްލެވުން ވަނީ ﷲ އަށެވެ.”

 

 

37 – (23) وحَدَّثَنَا سُوَيْدُ بْنُ سَعِيدٍ، وَابْنُ أَبِي عُمَرَ، قَالَا: حَدَّثَنَا مَرْوَانُ يَعْنِيَانِ الْفَزَارِيَّ، عَنْ أَبِي مَالِكٍ، عَنْ أَبِيهِ، قَالَ: سَمِعْتُ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، يَقُولُ ((مَنْ قَالَ: لَا إِلَهَ إِلَّا اللهُ، وَكَفَرَ بِمَا يُعْبَدُ مِنْ دُونِ اللهِ، حَرُمَ مَالُهُ، وَدَمُهُ، وَحِسَابُهُ عَلَى اللهِ)).

 

އަބޫ މާލިކު އެކަލޭގެފާނުގެ ބައްޕަގެ އަރިހުން ރިވާކުރެއްވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ﷲ ގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވި އަޑު ތިމަން އެހީމެވެ. “ﷲ ފިޔަވައި އަޅުކަން ޙައްޤުވާ އެހެން އެއްވެސް އިލާހެއް ނުވާކަމަށް ބުނެ، އަދި ﷲ ފިޔަވާ އަޅުކަން ކުރާ އެންމެހާ ތަކެއްޗަށް ކާފިރުވެއްޖެ ނަމަ، އެބައިމީހުންގެ މުދަލާއި ލޭ ތިމަންކަލޭގެފާނަށް ޙަރާމްވެގެންވެއެވެ. އަދި އެބައިމީހުންގެ ހިސާބުބެއްލެވުން ވަނީ ﷲ އަށެވެ.”

 

 

38 – (…) وحَدَّثَنَا أَبُو بَكْرِ بْنُ أَبِي شَيْبَةَ، حَدَّثَنَا أَبُو خَالِدٍ الْأَحْمَرُ، ح وَحَدَّثَنِيهِ زُهَيْرُ بْنُ حَرْبٍ، حَدَّثَنَا يَزِيدُ بْنُ هَارُونَ، كِلَاهُمَا عَنْ أَبِي مَالِكٍ، عَنْ أَبِيهِ، أَنَّهُ سَمِعَ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ: «مَنْ وَحَّدَ اللهَ»، ثُمَّ ذَكَرَ بِمِثْلِهِ.

 

ﷲ ގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވި އަޑު އެއްސެވިކަމަށް އަބޫ މާލިކު އެކަލޭގެފާނުގެ ބައްޕަގެ އަރިހުން ރިވާކުރެއްވިއެވެ. “ﷲ އެއްކައުވަންތަ ކޮށްފިމީހާއެވެ.” ދެން އެފަދައިން ޛިކުރުކުރެއްވިއެވެ.

 

_______________________

صحيح مسلم

 

[1] ޢިޤާލުގެ މާނައިގައި ޢިލްމުވެރިން ދެގޮތަކަށް ވިދާޅުވެއެވެ. އެއީ އެއް އަހަރުގެ ޒަކާތަށް ނެރެންޖެހޭ މިންވަރު ނުވަތަ ޖަމަލު ބަންނަން ގެންގުޅޭ ވާގަނޑެވެ. މިދެބަސްފުޅުގެ ތެރެއިން އައްނަވަވީ ބުރަވެވަޑައިގަންނަވަނީ މި ޙަދީޘްގެ މަރާދަކީ ޖަމަލު ބަންނަން ގެންގެޅޭ ވާގަނޑުކަމަށެވެ. އެބަހީ: ޒަކާތުގެ އެހާމެ ކުޑަ މިންވަރެއް މަނާކުރިޔަސް ހަނގުރާމަކުރައްވާނެކަމެވެ. [ބައްލަވާ: شرح النووي على صحيح مسلم (1/209)].