[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފޮތް: ވިތުރީގައި ކިޔާ ޤުނޫތު

الحمد لله وحده والصلاة والسلام على رسول الله وعلى آله وصحبه أجمعين.

މިފޮތަކީ އައްޝައިޚް ބަކްރު ބުން ޢަބްދުﷲ އަބޫ ޒައިދު ލިޔުއްވާފައިވާ “دعاء القنوت” މިފޮތުގެ ދިވެހި ތަރުޖަމާއެކެވެ. މިފޮތުގައި ޝައިޚް ބަޔާންކޮށްދެއްވާފައިވަނީ މުސްލިމެއްގެ ޙަޔާތުގައި ފަރުޟު ނަމާދުތަކަށް ފަހު އެ ނަމާދަކަށް އެންމެ އިސްކަމެއްދެވޭ ވިތުރީގާ ކިޔޭ ޤުނޫތާއި ބެހޭގޮތުން ފާހަގަކޮށްލަން ޖެހޭ މުހިންމު ނުކުތާތަކެކެވެ.

ޝައްކެއްވެސް ނެތްގޮތުގައި ޤުނޫތަކީ ޢަޅުކަމެކެވެ. އެއަޅުކަން އަދާކުރަންވާނީ ޝަރީޢަތުގައިވާ ގޮތަށެވެ. އެހެންކަމުން ޝެއިޚް މިފޮތް ލިޔުއްވުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޝަރީޢަތާ ޚިލާފަށް މީސްތަކުން ޤުނޫތު ކިޔުމުގައި ގެންގުޅޭ މަންހަޖު ގޯސްކަން ބަޔާންކޮށް މިއަޅުކަމުގެ އެންމެ ރަނގަޅުގޮތް ބަޔާންކޮށްދިނުމެވެ. އެގޮތުން ޝައިޚުވަނީ 3 ފަޞްލަކަށް މިފޮތް ބައްސަވާލައްވާފާވެއެވެ. ފުރަތަމަ ފަޞްލުގައިވަނީ ޤުނޫތު ކިޔުމުގައި ދުރުހެލިވާން ޖެހޭ ކަންތައްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ކަންތައްތަކެވެ. އޭގެ ތެރެއިން މުހިންމު 10 ކަމެއް ޝައިޚު ބަޔާންކޮށްދެއްވާފައިވެއެވެ. ދެވަނަ ފަޞްލުގައިވަނީ ޝަރީޢަތުގައި ވާރިދުވެފައިވާ ވިތުރީގެ ޤުނޫތުގެ ގޮތުގައި ކުރާ ދުޢާ އަދި އެ ދުޢާއަށް އިތުރުކުރެވޭ ބައިގެ ޤަވާޢިދުތަކާއި ބެހޭގޮތުންނެވެ. އަދި މިފޮތުގެ އެންމެ ފަހު ފަޞްލުގައި ޤުރުއާނާއި ސުންނަތުން ވާރިދުވެފައިވާ ބައެއް ދުޢާތައް ޝައިޚުވަނީ ބަޔާންކޮށްދެއްވާފައެވެ. އެއީ މި ދުޢާތަކުގެ ތެރެއިން، ޤުނޫތުގައި ކިޔުމަށްޓަކައި އިމާމުމީހާ ބައެއް ދުޢާތައް އިޚްތިޔާރުކުރުމަށެވެ.

މިފޮތުގައިވާ ޙަދީޘްތައް، އޭގެ އަޞްލު ފޮތްތަކާއި ތަޚުރީޖު ފޮތްތަކާ އަޅާ ކިޔުމަށް ފަހު، އެ ފޮތްތަކުގައިވާ ގޮތަށް ލަފްޒުތަކާއި ފިލިތައްވާނީ ރަނގަޅުކޮށްފައެވެ. އަދި އެ ފޮތްތަކަށް ހަވާލާ ދީފައިވާނެއެވެ.

ދުޢާއަކީ ޝައިޚުގެ މިފޮތަކީ މީސްތަކުންނަށް ފައިދާހުރި ފޮތެއްކަމުގައި ލައްވާ ޝައިޚުގެ މިމަސައްކަތުގައި މާތް ﷲ ބަރަކާތް ލެއްވުމެވެ. އާމީން.

 

ފޮތުގެ ނަން ވިތުރީގައި ކިޔާ ޤުނޫތު
ތަރުޖަމާކުރީ ޢީސާ ޙުނައިން
ޞަފްޙާގެ ޢަދަދު  44 ޞަފްޙާ
ފައިލް ސައިޒް 4 MB

 

ފޮތްޑައުންލޯޑު ކުރައްވާ