[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޤާޟީ ޝުރައިޙް – 3

ޢިލްމު އުނގެނިވަޑައިގެންނެވުން

ޢިލްމު އުނގެނުމަށްޓަކައި ތަފާތު އެކި ޒަމާންތަކުގައި ތަފާތު ގޮތްތައް ބޭނުންކުރެވެމުން ދިޔަނަމަވެސް ޢިލްމު އުނގެނުމުގައި އެންމެ މުހިންމު އެއް ގޮތަކީ ސީދާ އުސްތާޛުންގެ އަރިހުން ޢިލްމު އުނގެނުމެވެ. އެފަދައިން ޢިލްމު އުނގެނުމުން އުސްތާޛުންގެ ރިވެތި އަދަބުތަކާއި އަޘަރުތަކާއި ފިކުރު އެނގި ޢިލްމުގެ ފައިދާ ކުރާލެއް ބޮޑުވެސް މެއެވެ. މިގޮތުގެ މަތިން ޤާޟީ ޝުރައިޙުގެ ޒަމާނަކީވެސް މިފަދައިން ޢިލްމު އުނގެނެމުން އައި ޒަމާނެކެވެ.

 

ޤާޟީ ޝުރައިޙުގެ އުސްތާޛުން:

ޤާޟީ ޝުރައިޙު ޢިލްމު އުނގެނިވަޑައިގަތް ބޭކަލުންގެ ތެރޭގައި ނަބިއްޔާ صلى الله عليه وسلم ގެ އަރިސް ޞަޙާބީން ހިމެނިވަޑައިގަންނަވައެވެ. އެގޮތުން ޢުމަރު ބުނުލްޚައްޠާބު رضي الله عنه އާއި ޢަބްދުﷲ ބުން މަސްޢޫދު رضي الله عنها އާއި ޢަލީ ބުން އަބީ ޠާލިބު رضي الله عنه އާއި މުޢާޛު ބުން ޖަބަލް رضي الله عنه ފަދަ ޢިލްމުވެރި ފިޤުހުވެރި ޞަޙާބީ ބޭކަލުން ހިމެނިވަޑައިގަންނަވައެވެ.

 

އެކުގައި އުޅުއްވި ބޭކަލުން:

ޤާޟީ ޝުރައިޙު އެކުވެރިންކަމުގައި ހައްދަވައިފައިވަނީ ޢިލްމުގެ މައިދާނުގެ ކުރިއަރައި ތިއްބެވި ފިޤުހުވެރިންނާއީ ޢާލިމުންނެވެ. އޭގެ ތެރޭގައިވަނީ ޞަޙާބީންގެ އަރިހުން ޢިލްމު އުނގެނިވަޑައިގެން ތިއްބެވި ވަރަޢަވެރި ތަޤުވާވެރި ބޭބޭކަލުންނެވެ. އެކަލޭގެފާނުގެ ޤަޟާއީ ޙަޔާތުގައި ޚިޔާލާއި މަޝްވަރާއާއި ނަޞޭޙަތަށް އެދިވަޑައިގަންނަވާ ބޭކަލުންކަމުގައި މެނުވީ އެބޭބޭކަލުން ނުވާނެއެވެ. އޭގެ ތެރޭގައި ޢަލްޤަމާ ބުން ޤައިސް އައްނަޚަޢީ އާއި އަލްއަސްވަދު ބުން ޔަޒީދުއްނަޚަޢީ އާއި މަސްރޫޤު ބުން ޢަބްދުއްރަޙްމާން އާއި ޢުބައިދާ ބުން ޢަމްރު އައްސަލްމާނީ އާއި އިބްރާހީމް ބުން ޔަޒީދު އައްނަޚަޢީ އާއި އަލްޙާރިޘް އަލްއަޢްވަރު އާއި ޢާމިރު ބުން ޝަރާޙީލް އައްޝަޢުބީ އާއި މުޙައްމަދު ބުން ސީރީން ފަދަ ބޭބޭކަލުން ހިމެނިވަޑައިގަންނަވައެވެ.