[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޛުލް ޤަޢިދާ މަހުގެ ބައެއް ފައިދާތައް 2

  1. ޙުރުމަތްތެރިވެގެންވާ މައްސަރުތައް މަތިވެރިކުރުމާއި އެ މައްސަރުތަކުގެ ޙުރުމަތް ނުކެނޑުން، މުސްލިމު އަޅާގެ މައްޗަށް ވާޖިބުވެގެންވެއެވެ.

މި މައްސަރުތަކުގައި ﷲ ކަނޑައަޅުއްވާފައިވާ އިންތައް ފަހަނައަޅައި ނުދިއުމާއި، ފަރުޟުތަކަށް ރައްކާތެރިވުމާއި ﷲ އާއި އެކަލާނގެ ރަސޫލާގެ އެންމެހައި އަމުރުފުޅުތަކަށް ކިޔަމަންތެރިވުމާއި އަދި ނަފްސަށް އަނިޔާވެރިވުމުން ދުރުހެލިވުން ހިމެނެއެވެ.

 

  1. ނަބިއްޔާ صلى الله عليه وسلم އަށް ތަބަޢަވުމުގެ ގޮތުން ޛުލް ޤަޢިދާ މަހު ޢުމްރާވުން މުސްތަޙައްބުވެގެންވެއެވެ.

ނަބިއްޔާ صلى الله عليه وسلم ހަތަރު ޢުމްރާ ވެވަޑައިގަތެވެ. އަދި ހަތަރު ޢުމްރާވެސް ވެވަޑައިގެންނެވީ ޛުލްޤަޢިދާ މަހުއެވެ.

 

  1. ޛުލްޤަޢިދާ މަހު ކުރާ ޢުމްރާގެ އަޅުކަން އެހެން މައްސަރު ކުރާ ޢުމްރާގެ އަޅުކަމަށްވުރެ މާތްވެގެންވެއެވެ. އެއީ

ރަމަޟާންމަސް ފިޔަވައެވެ. ނަމަވެސް ބައެއް ސަލަފުންގެ ބޭކަލުން ޛުލް ޤަޢިދާ އަދި ޝައްވާލް މަހު ކުރާ ޢުމްރާ ރޯދަމަހު ކުރާ ޢުމްރާގެ މައްޗަށް މަތިވެރި ކުރައްވައެވެ. މީގެ ތެރޭގައި އިބްނު ޢުމަރު އަދި ޢާއިޝަތު رضي الله عنهم އަދި ޢަޠާއު رحمه الله ހިމެނިވަޑައިގަންނަވައެވެ.

(ބައްލަވާ: لطائف المعارف لابن رجب ص259)

 

  1. ޛުލް ޤަޢިދާ މަހުގައި ރޯދަހިފުން ސުންނަތްވެގެންވެއެވެ. ﷲ ތަޢާލާ ޙުރުމަތްތެރިކުރައްވާފައިވާ މައްސަރަކަށް ވާތީއެވެ.

އެހެންނަމަވެސް އިތުރު މާތްކަމެއް ނުވަތަ އަޖުރު އިތުރު ވެދާނެކަމަށް ޤަބޫލުކުރުމަކާއި ނުލައެވެ. ސަލަފުންގެ ބައެއް ބޭކަލުންގެ އަރިހުން މި މައްސަރު ރޯދަ ހިއްޕެވިކަމަށް އައިސްފައިވެއެވެ. މީގެ ތެރޭގައި އިބްނު ޢުމަރު رضي الله عنهما، ޙަސަނުލް ބަޞަރީ އަދި ސުފްޔާނުއް ޘައުރީ رحمهما الله ހިމެނި ވަޑައިގަންނަވައެވެ.

(ބައްލަވާ: لطائف المعارف لابن رجب ص119، والموسوعة الفقهية 28/95)

 

  1. ޞުލްޙުލް ޙުދައިބިއްޔާ ހިނގާފައި ވަނީވެސް ހިޖްރީގޮތުން 6 ވަނަ އަހަރުގެ ޛުލް ޤަޢިދާ މަހުގައެވެ.

(ބައްލަވާ: السيرة النبوية لابن هشام 2/308)

ﷲ ވަޙީކުރައްވާފައިވެއެވެ.

﴿إِنَّا فَتَحۡنَا لَكَ فَتۡحٗا مُّبِينٗا﴾ [سورة الفتح 1]

މާނައީ: “ފާޅުވެ ބަޔާންވެގެންވާ ފަތަޙައަކުން، ހަމަކަށަވަރުން ތިމަންރަސްކަލާނގެ ކަލޭގެފާނަށް ފަތަޙަ ދެއްވީމެވެ.”

އަނަސް رضي الله عنه ގެ ކިބައިން ރިވާވެގެންވެއެވެ. މި އާޔަތް ބާވައިލެއްވުނީ ޞުލްޙުލް ޙުދައިބިއްޔާ އާއި ގުޅޭގޮތުންނެވެ. (رواه البخاري) އަދި ގިނަ ތަފްސީރު ޢިލްމުވެރިންގެ ބަހަކީވެސް މިއީއެވެ. (ބައްލަވާ: تفسير البغوي 7/296  وابن كثير 7/325)

أسأل الله أن يوفقنا لاغتنام هذا الشهر في طاعته وسائر شهرور العام


މިލިޔުމުގެ އެހެންބައިތައް

 

މަޞްދަރު: 15 فائدة في شهر ذي القعدة للشيخ محمد صالح المنجد