[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

صحيح مسلم – كتاب الإيمان (އީމާންކަން ނަންގަނެފައިވާ ފޮތް) – 12

10 – ތައުޙީދުގެ މަތީގައި މަރުވެއްޖެމީހާ ހަމަ ޔަޤީނުންވެސް ސުވަރުގެ ވަންނާނެކަމުގެ ދަލީލު ނަންގަނެފައިވާ ބާބު

 

43 – (26) حَدَّثَنَا أَبُو بَكْرِ بْنُ أَبِي شَيْبَةَ، وَزُهَيْرُ بْنُ حَرْبٍ، كِلَاهُمَا عَنْ إِسْمَاعِيلَ بْنِ إِبْرَاهِيمَ، قَالَ أَبُو بَكْرٍ: حَدَّثَنَا ابْنُ عُلَيَّةَ، عَنْ خَالِدٍ، قَالَ: حَدَّثَنِي الْوَلِيدُ بْنُ مُسْلِمٍ، عَنْ حُمْرَانَ، عَنْ عُثْمَانَ، قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «مَنْ مَاتَ وَهُوَ يَعْلَمُ أَنَّهُ لَا إِلَهَ إِلَّا اللهُ، دَخَلَ الْجَنَّةَ».

حَدَّثَنَا مُحَمَّدُ بْنُ أَبِي بَكْرٍ الْمُقَدَّمِيُّ، حَدَّثَنَا بِشْرُ بْنُ الْمُفَضَّلِ، حَدَّثَنَا خَالِدٌ الْحَذَّاءُ، عَنِ الْوَلِيدِ أَبِي بِشْرٍ، قَالَ: سَمِعْتُ حُمْرَانَ، يَقُولُ: سَمِعْتُ عُثْمَانَ، يَقُولُ: سَمِعْتُ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، يَقُولُ: مِثْلَهُ سَوَاءً.

ޢުޘްމާނުގެފާނުގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. ﷲ ގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. “ހަމަކަށަވަރުން ﷲ މެނުވީ އަޅުކަން ޙައްޤުވާ އެހެން އެއްވެސް އިލާހަކު ނުވާކަން (ޝައްކުކުރުމާ ނުލާ) އެނގޭ ޙާލު މަރުވެއްޖެމީހާ ސުވަރުގެ ވަންނަ ހުއްޓެވެ.”

އަލްވަލީދު އަބީ ބިޝްރު ވިދާޅުވިއެވެ. ޙުމްރާން ވިދާޅުވި އަޑުއެހީމެވެ. ޢުޘްމާނުގެފާނު ވިދާޅުވި އަޑުއެހީމެވެ. ﷲ ގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވި އަޑުއެއްސެވީމެވެ. އެފަދައިން އެ ޙަދީޘް ޛިކުރުކުރެއްވިއެވެ.

 

44 – (27) حَدَّثَنَا أَبُو بَكْرِ بْنُ النَّضْرِ بْنِ أَبِي النَّضْرِ، قَالَ: حَدَّثَنِي أَبُو النَّضْرِ هَاشِمُ بْنُ الْقَاسِمِ، حَدَّثَنَا عُبَيْدُ اللهِ الْأَشْجَعِيُّ، عَنْ مَالِكِ بْنِ مِغْوَلٍ، عَنْ طَلْحَةَ بْنِ مُصَرِّفٍ، عَنْ أَبِي صَالِحٍ، عَنْ أَبِي هُرَيْرَةَ، قَالَ: كُنَّا مَعَ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ فِي مَسِيرٍ، قَالَ: فَنَفِدَتْ أَزْوَادُ الْقَوْمِ، قَالَ: حَتَّى هَمَّ بِنَحْرِ بَعْضِ حَمَائِلِهِمْ، قَالَ: فَقَالَ عُمَرُ: يَا رَسُولَ اللهِ، لَوْ جَمَعْتَ مَا بَقِيَ مِنْ أَزْوَادِ الْقَوْمِ، فَدَعَوْتَ اللهَ عَلَيْهَا، قَالَ: فَفَعَلَ، قَالَ: فَجَاءَ ذُو الْبُرِّ بِبُرِّهِ، وَذُو التَّمْرِ بِتَمْرِهِ، قَالَ: وَقَالَ مُجَاهِدٌ: وَذُو النَّوَاةِ بِنَوَاهُ، قُلْتُ: وَمَا كَانُوا يَصْنَعُونَ بِالنَّوَى؟ قَالَ: كَانُوا يَمُصُّونَهُ وَيَشْرَبُونَ عَلَيْهِ الْمَاءَ، قَالَ: فَدَعَا عَلَيْهَا قَالَ حَتَّى مَلَأَ الْقَوْمُ أَزْوِدَتَهُمْ، قَالَ: فَقَالَ عِنْدَ ذَلِكَ: «أَشْهَدُ أَنْ لَا إِلَهَ إِلَّا اللهُ، وَأَنِّي رَسُولُ اللهِ، لَا يَلْقَى اللهَ بِهِمَا عَبْدٌ غَيْرَ شَاكٍّ فِيهِمَا، إِلَّا دَخَلَ الْجَنَّةَ».

އަބޫހުރައިރާގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. ތިމަންމެން ނަބިއްޔާ صلى الله عليه وسلم ގެ އަރިހުގައި ދަތުރެއްގައި ވީމެވެ. (ޙަދީޘް ރިވާކުރެއްވި ރާވީ) ވިދާޅުވިއެވެ. ފަހެ، މީސްތަކުންގެ ކޮއްތު ހުސްވާން ގާތްވިއެވެ. (ޙަދީޘް ރިވާކުރެއްވި ރާވީ) ވިދާޅުވިއެވެ. އެބައިމީހުންގެ ތަކެތި އުފުލަން ގެންގުޅޭ ޖަމަލުތަކުން ބައެއް ކަތިލަން ޤަސްދުކޮށްފުމަށް ދާންދެނެވެ. ޙަދީޘްކުރެއްވިއެވެ. (ޙަދީޘް ރިވާކުރެއްވި ރާވީ) ވިދާޅުވިއެވެ. ފަހެ، ޢުމަރުގެފާނު ވިދާޅުވިއެވެ. “އޭ ﷲ ގެ ރަސޫލާއެވެ. މީސްތަކުންގެ ކޮއްތުގެ ތެރެއިން ބާކީ ހުރި އެއްޗެއް އެއްކުރައްވާ، (އޭގައި ބަރަކާތްލެއްވުން އެދި) ﷲ ގެ ޙަޟްރަތަށް ކަލޭގެފާނު ދުޢާ ދަންނަވައިދެއްވާނެނަމައެވެ.” (ޙަދީޘް ރިވާކުރެއްވި ރާވީ) ވިދާޅުވިއެވެ. ފަހެ އެކަލޭގެފާނު އެފަދައިން ކަންތައް ކުރެއްވިއެވެ. (ޙަދީޘް ރިވާކުރެއްވި ރާވީ) ވިދާޅުވިއެވެ. ފަހެ، ގޮދަން ހުރި މީހުން ގޮދަން ހިފައިގެން އައެވެ. އަދި ކަދުރު ހުރި މީހުން ކަދުރު ހިފައިގެން އައެވެ. (ޙަދީޘް ރިވާކުރެއްވި ރާވީ) ވިދާޅުވިއެވެ. އަދި މުޖާހިދު ވިދާޅުވިއެވެ. އަދި ކަދުރު އޮށް ހުރި މީހުން އޮށް ހިފައިގެން އައެވެ. ތިމަން (އެބަހީ: ޙަދީޘް ރިވާކުރެއްވި ރާވީ) ދެންނެވީމެވެ. ކަދުރު އޮށުން ކުރަނީ ކީއް ހެއްޔެވެ؟ ވިދާޅުވިއެވެ. އެ ބުޔުމަށްފަހު ފެން ބޮޔެއެވެ. ވިދާޅުވިއެވެ. ފަހެ، މީސްތަކުންގެ ކޮއްތު ފުރެންދެން، އެތަކެއްޗަށް ދުޢާކޮށްދެއްވިއެވެ. ވިދާޅުވިއެވެ. ފަހެ، އެވަގުތު ޙަދީޘްކުރެއްވިއެވެ. “ﷲ ފިޔަވައި އަޅުކަން ޙައްޤުވާ އެހެން އެއްވެސް އިލާހަކު ނުވާކަމަށް އަޅު ހެކިވަމެވެ. އަދި ހަމަކަށަވަރުން ތިމަންކަލޭގެފާނީ ﷲ ގެ ރަސޫލާއެވެ. މިދެކަލިމައާމެދު ޝައްކުކުރުމެއް ނެތި، އަޅަކު ﷲ އާ ބައްދަލުކޮށްފިނަމަ، އޭނާ ސުވަރުގެއަށް ވައްދަވާނެއެވެ.”

_______________________

صحيح مسلم