[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

صحيح مسلم – كتاب الإيمان (އީމާންކަން ނަންގަނެފައިވާ ފޮތް) – 13

45 – (…) حَدَّثَنَا سَهْلُ بْنُ عُثْمَانَ، وَأَبُو كُرَيْبٍ مُحَمَّدُ بْنُ الْعَلَاءِ، جَمِيعًا عَنْ أَبِي مُعَاوِيَةَ، قَالَ أَبُو كُرَيْبٍ: حَدَّثَنَا أَبُو مُعَاوِيَةَ، عَنِ الْأَعْمَشِ، عَنْ أَبِي صَالِحٍ، عَنْ أَبِي هُرَيْرَةَ، أَوْ عَنْ أَبِي سَعِيدٍ – شَكَّ الْأَعْمَشُ – قَالَ: لَمَّا كَانَ غَزْوَةُ تَبُوكَ أَصَابَ النَّاسَ مَجَاعَةٌ، قَالُوا: يَا رَسُولَ اللهِ، لَوْ أَذِنْتَ لَنَا فَنَحَرْنَا نَوَاضِحَنَا، فَأَكَلْنَا وَادَّهَنَّا، فَقَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «افْعَلُوا»، قَالَ: فَجَاءَ عُمَرُ، فَقَالَ: يَا رَسُولَ اللهِ، إِنْ فَعَلْتَ قَلَّ الظَّهْرُ، وَلَكِنْ ادْعُهُمْ بِفَضْلِ أَزْوَادِهِمْ، ثُمَّ ادْعُ اللهَ لَهُمْ عَلَيْهَا بِالْبَرَكَةِ، لَعَلَّ اللهَ أَنْ يَجْعَلَ فِي ذَلِكَ، فَقَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «نَعَمْ»، قَالَ: فَدَعَا بِنِطَعٍ، فَبَسَطَهُ، ثُمَّ دَعَا بِفَضْلِ أَزْوَادِهِمْ، قَالَ: فَجَعَلَ الرَّجُلُ يَجِيءُ بِكَفِّ ذُرَةٍ، قَالَ: وَيَجِيءُ الْآخَرُ بِكَفِّ تَمْرٍ، قَالَ: وَيَجِيءُ الْآخَرُ بِكَسْرَةٍ حَتَّى اجْتَمَعَ عَلَى النِّطَعِ مِنْ ذَلِكَ شَيْءٌ يَسِيرٌ، قَالَ: فَدَعَا رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ عَلَيْهِ بِالْبَرَكَةِ، ثُمَّ قَالَ: «خُذُوا فِي أَوْعِيَتِكُمْ»، قَالَ: فَأَخَذُوا فِي أَوْعِيَتِهِمْ، حَتَّى مَا تَرَكُوا فِي الْعَسْكَرِ وِعَاءً إِلَّا مَلَئُوهُ، قَالَ: فَأَكَلُوا حَتَّى شَبِعُوا، وَفَضَلَتْ فَضْلَةٌ، فَقَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «أَشْهَدُ أَنْ لَا إِلَهَ إِلَّا اللهُ، وَأَنِّي رَسُولُ اللهِ، لَا يَلْقَى اللهَ بِهِمَا عَبْدٌ غَيْرَ شَاكٍّ، فَيُحْجَبَ عَنِ الْجَنَّةِ».

އަބޫހުރައިރާ ނުވަތަ އަބޫ ސަޢީދުގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. – (ޙަދީޘް ރިވާކުރެއްވީ ކޮން ޞަޙާބީއެއްކަމާމެދު) الْأَعْمَشُ ވަނީ ޝައްކުވެފައެވެ. – ވިދާޅުވިއެވެ. ތަބޫކު ހަނގުރާމައިގައި ވަނިކޮށް މީސްތަކުންނަށް ބަނޑުހައިހޫނުކަމާ ކުރިމަތިވިއެވެ. އެބައިމީހުން ދެންނެވިއެވެ. އޭ ﷲ ގެ ރަސޫލާއެވެ. ކަލޭގެފާނު ހުއްދަދެއްވައިފިނަމަ ތިމަންމެން ފެން އުފުލަން ގެންގުޅޭ ޖަމަލުތައް ކަތިލައިފާނަމެވެ. ފަހެ، އެއީ އެއިން ކައި އޭގެ ސަރުބީ ބޭނުންކުރުމަށެވެ. ފަހެ، ﷲ ގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. “އެފަދައިން ތިޔަބައިމީހުން ކަންތައް ކުރާށެވެ.” ވިދާޅުވިއެވެ. ފަހެ، ޢުމަރުގެފާނު ވަޑައިގެންނެވިއެވެ. ފަހެ، އެކަލޭގެފާނު ވިދާޅުވިއެވެ. “އެފަދައިން ކަންތައް ކޮށްފިނަމަ (އެތަކެތީގެ މައްޗަށް ސަވާރުވެ، އެއްޗެހި އުފުލާ ހަދާނެ) ބުރަކަށިތައް މަދުވެދާނެއެވެ. ނަމަވެސް އެބައިމީހުންގެ އަތުގައި ބާކީ ހުރި ކޮއްތުތައް ގެނައުމަށް އަންގަވާށެވެ. ދެން އެތަކެތީގައި ބަރަކާތްލެއްވުން އެދި ﷲ އަށް ދުޢާކޮށްދެއްވާށެވެ. ﷲ އެތަކެތީގައި ބަރަކާތް ލައްވާނެކަމަށް އުންމީދުކުރެވެއެވެ.” ފަހެ، ﷲ ގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. “އާއެކެވެ.” ވިދާޅުވިއެވެ. ދެން ބޯ ރަޖާއެއްފަދަ އެއްޗެއް ގެންނަވާފައި އެފަތުރުއްވާފައި އެބައިމީހުންގެ އަތުގައި ބާކީ ހުރި ކޮއްތުތައް ގެނައުމަށް ގޮވާލެއްވިއެވެ.

ވިދާޅުވިއެވެ. ފަހެ މީހަކު މުށެއްގެ ޒުވާރި ގެނައެވެ. އަދި އެހެން މީހަކު މުށެއްގެ ކަދުރު ގެނެއެވެ. އަދި އެހެން މީހަކު ރޮށި ފަޅިއެއް ގެނެއެވެ. އެގޮތަށް އެ ރަޖާގެ މައްޗަށް މަދު ކާ އެތިކޮޅެއް އެއްކުރެވުނެވެ. ވިދާޅުވިއެވެ. ފަހެ ﷲ ގެ ރަސޫލާ صلى الله عليه وسلم އެތަކެއްޗަށް ބަރަކާތްލެއްވުން އެދި ދުޢާކުރެއްވިއެވެ. ދެން ޙަދީޘްކުރެއްވިއެވެ. ތިޔަބައިމީހުންގެ ކަންވާރުތަކަށް އެ އަޅާށެވެ. ފަހެ މީސްތަކުންގެ އެބައިމީހުންގެ ކަންވާރުތަކަށް އެ އެޅިއެވެ. އެގޮތަށް އަޅަމުން، މުޅި ލަޝްކަރުގައިވާ ހުރިހާ ކަންވާރެއް ފުރުނެވެ. އަދި ބަނޑު ފުރެންދެން އެބައިމީހުން ކެއެވެ. އަދި ކޮންމެސް ވަރެއް އިތުރުވެސް ވިއެވެ. ފަހެ ﷲ ގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. ހަމަކަށަވަރުން ﷲ ފިޔަވާ އަޅުކަން ޙައްޤުވާ ފަރާތެއް ނުވާކަމަށާއި ތިމަންކަލޭގެފާނީ އެއިލާހުގެ ރަސޫލާކަމަށް ހެކިވަމެވެ. އެ ދެކަލިމައައިގެން، އެދެކަލިއަށް ޝައްކު ނުކުރާ ޙާލު ﷲ އާ އަޅަކު ބައްދަލުކޮށްފިނަމަ ދަންނައެވެ. އެފަދަ މީހަކު ސުވަރުގެއިން އެއްކިބާ ނުކުރެވޭނެއެވެ.”

46 – (28) حَدَّثَنَا دَاوُدُ بْنُ رُشَيْدٍ، حَدَّثَنَا الْوَلِيدُ يَعْنِي ابْنَ مُسْلِمٍ، عَنْ ابْنِ جَابِرٍ، قَالَ: حَدَّثَنِي عُمَيْرُ بْنُ هَانِئٍ، قَالَ: حَدَّثَنِي جُنَادَةُ بْنُ أَبِي أُمَيَّةَ، حَدَّثَنَا عُبَادَةُ بْنُ الصَّامِتِ، قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: ((مَنْ قَالَ: أَشْهَدُ أَنْ لَا إِلَهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ، وَأَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، وَأَنَّ عِيسَى عَبْدُ اللهِ، وَابْنُ أَمَتِهِ، وَكَلِمَتُهُ أَلْقَاهَا إِلَى مَرْيَمَ وَرُوحٌ مِنْهُ، وَأَنَّ الْجَنَّةَ حَقٌّ، وَأَنَّ النَّارَ حَقٌّ، أَدْخَلَهُ اللهُ مِنْ أَيِّ أَبْوَابِ الْجَنَّةِ الثَّمَانِيَةِ شَاءَ)).

ޢުބާދާ ބުން ޞާމިތުގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ﷲ ގެ ރަސޫލާ صلى الله عليه وسلم ގެ ޙަދީޘްކުރެއްވިއެވެ. “أَشْهَدُ أَنْ لَا إِلَهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ، وَأَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، وَأَنَّ عِيسَى عَبْدُ اللهِ، وَابْنُ أَمَتِهِ، وَكَلِمَتُهُ أَلْقَاهَا إِلَى مَرْيَمَ وَرُوحٌ مِنْهُ، وَأَنَّ الْجَنَّةَ حَقٌّ، وَأَنَّ النَّارَ حَقٌّ [މާނައީ: “ﷲ މެނުވީ އަޅުކަން ޙައްޤުވެގެންވާ އެހެން އެއްވެސް އިލާހެއް ނުވާކަމަށާއި މުޙައްމަދުގެފާނީ ﷲ ގެ އަޅާކަމަށާއި ރަސޫލާކަމަށް އަދި ޢީސާގެފާނީ އެކަލާނގެ އަޅާކަމަށާއި ރަސޫލާކަމަށް އަދި މަރްޔަމްގެފާނު ހަށިކޮޅުގައި އެކަލާނގެ ލެއްވި (كن) [ވާށޭ] މިކަލިމަފުޅުގެ ނަތީޖާކަމާއި އެކަލާނގެ ހެއްދެވި ފުރާނަތަކުގެ ތެރެއިން ފުރާނައެއްކަމަށް އަދި ސުވަރުގެއަކީ ޙައްޤުވެގެންވާ ތަނެއްކަމާއި، ނަރަކައަކީ ޙައްޤުވެގެންވާ ތަނެއްކަމަށް އަޅު ހެކިވަމެވެ.”]

މިފަދައިން ކިޔައިފި މީހާ ދަންނައެވެ. ސުވަރުގޭގެ އަށް ދޮރުކޮޅުގެ ތެރެއިން އޭނާ ބޭނުން ދޮރުކޮޅަކުން، ﷲ އޭނާ ސުވަރުގެ ވައްދަވާނެއެވެ.

(…) وحَدَّثَنِي أَحْمَدُ بْنُ إِبْرَاهِيمَ الدَّوْرَقِيُّ، حَدَّثَنَا مُبَشِّرُ بْنُ إِسْمَاعِيلَ، عَنِ الْأَوْزَاعِيِّ، عَنْ عُمَيْرِ بْنِ هَانِئٍ، فِي هَذَا الْإِسْنَادِ بِمِثْلِهِ، غَيْرَ أَنَّهُ قَالَ: «أَدْخَلَهُ اللهُ الْجَنَّةَ عَلَى مَا كَانَ مِنْ عَمَلٍ»، وَلَمْ يَذْكُرْ «مِنْ أَيِّ أَبْوَابِ الْجَنَّةِ الثَّمَانِيَةِ شَاءَ».

ޢަމްރު ބުން ހާނީގެ އަރިހުން މިސަނަދުން މިޙަދީޘް ރިވާވެގެން އައިސްފައިވާއިރު “ސުވަރުގޭގެ އަށް ދޮރުކޮޅުގެ ތެރެއިން އޭނާ ބޭނުން ދޮރުކޮޅަކުން، ﷲ އޭނާ ސުވަރުގެ ވައްދަވާނެއެވެ.” މީގެ ބަދަލުގައި ވިދާޅުވެފައިވަނީ “އޭނާ ކޮށްފައިވާ ޢަމަލުތަކުގެ މައްޗަށް، ﷲ އޭނާ ސުވަރުގެ ވައްދަވާނެއެވެ.”

_______________________

صحيح مسلم