[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފޮތް: ޤާޟީ ޝުރައިޙް رحمه الله

إن الحمد لله نحمده ونستعينه ونستغفره، ونعوذ بالله من شرور أنفسنا ومن سيئات أعمالنا، من يهده الله فهو المهتد، ومن يضلل فلا هادي له. وأشهد أن لا إله إلا الله وحده لا شريك له، وأشهد أن محمدا عبده ورسوله صلى الله عليه وسلم وعلى آله وصحبه ومن تبعهم بإحسان إلى يوم الدين. أما بعد:

އިސްލާމީ ތާރީޚުގެ ފަތްފުއްތަކުން އެނގެން އޮތްގޮތުގައި ޤާޟީ ޝުރައިޙަކީ އިސްލާމީ ތާރީޚުގައި ޤަޟާއީ ނިޒާމް އޮތް ގޮތް ޤުރުއާނާ ސުންނަތުގެ މައްޗަށް ނުހަނު ރަނގަޅަށް ކުރައްސަވައިދެއްވައި، އިސްލާމީ ޝަރީޢަތުގައި ޢަދުލު އިންޞާފުގެ ހަމަތަކާއި އުޞޫލުތައް މުޅި ތާރިޚަށް ދައްކަވައިދެއްވި، ޤާޟީން ކުރެ އެންމެ ފުންނާބު އުސް އެއް ބޭކަލެވެ.

މި ލިޔުމުގައި ޤާޟީ ޝުރައިޙުގެ ނަންފުޅާއި ނަސަބުފުޅުގެ އިތުރުން އެކަލޭގެފާނުގެ ލަޤަބުފުޅުތަކާއި އެލަޤަބުފުޅުތައް ދެއްވާފައިވަނީ ކޮންކޮން ބޭކަލުންނެއްކަން ކުރުގޮތަކަށް ބަލާލާފައި ވާނެއެވެ. އަދި އެކަލޭގެފާނުގެ ކުންޔާއާއި ދުނިޔޭގެ އަލިކަން ދެކެވަޑައިގަތުމާއި މެދުވެސް ޚުލާޞާގޮތެއްގައި އަލި އަޅުވާލާފައި ވާނެއެވެ. އަދި އެކަލޭގެފާނު އިސްލާމްވެވަޑައިގަތުމުގެ ކުރީގެ ޙަޔާތްޕުޅާއި އިސްލާމްވެވަޑައިގަތުމަށް ފަހުގެ ޙަޔާތްޕުޅާއި ޢިލްމީ ޙަޔާތްޕުޅާއި އެކަލޭގެފާނުގެ ޢިލްމީ މަޤާމު ބަޔާންކޮށްފައި ވާނެއެވެ. އަދި އެކަލޭގެފާނު ޤާޟީކަމަށް ޢައްޔަނުކުރެވިގެން ދިޔަ ގޮތާއި ޤާޟީކަމުގައި ހޭދަކުރެއްވި މުއްދަތާއި އެކަލޭގެފާނުގެ ޙުކުމްފުޅުތަކުގައި ޢަދުލުވެރިކަމާއި ނަޒާހާތްތެރިކަން ބެހެއްޓެވި މިންވަރާއި އެކަލޭގެފާނުގެ ޢިލްމާއި ފިޤުހާއި ޙިކުމަތްތެރިކަމާމެދު ނަޤުލުވެފައިވާ ރިވާޔަތްތަކަށް އަލިއަޅުވާލާފައި ވާނެއެވެ. އަދި އެއަށްފަހު އެކަލޭގެފާނު އަވަހާރަވި ވާހަކައިން މިލިޔުން ފުރިހަމަކޮށް، ބަޔާންވެދިޔަ މަޢުޟޫތަކާމެދު ޚުލާޞާ ގޮތެއްގައި ވާހަކަ ދެކެވިފައި ވާނެއެވެ.

މި ލިޔުމުގައި ވީހާވެސް ބޮޑަށް ބަލާފައިވާނީ ޢިލްމުވެރިންގެ ފޮތްތަކުން މަޢުލޫމާތު ހޯދައި، ފޮތްތަކުގެ އަޞްލަށް ރުޖޫޢަވެ އެފޮތްތަކުން މަޢުލޫމާތު ނެގުމަށެވެ. ނަމަވެސް އެކަލޭގެފާނުގެ ޤަޟާއީ މަންހަޖާ ބެހޭގޮތުން ލިޔެވިފައިވާ ފޮތްތައް މަދުކަމާ ހުރެ މިލިޔުމުގައި ބޮޑަށް ބަލާފައިވާނީ އެކަލޭގެފާނުގެ ވަނަވަރާއި ޚަބަރުތަކާމެދު ރިވާވެފައިވާ ރިވާޔަތްތަކަށެވެ. ﷲ ތަޢާލާ މިއަޅާގެ ކިބައިން މި ޢަމަލު ޤަބޫލު ކުރައްވާށިއެވެ. آمين.

 

ފޮތުގެ ނަން ޤާޟީ ޝުރައިޙް رحمه الله
ލިޔުއްވީ އައްޝައިޚް އަޙްމަދު ނާޒިލް މުޙައްމަދު
ޞަފްޙާގެ ޢަދަދު  42 ޞަފްޙާ
ފައިލް ސައިޒް 1 MB

 

ފޮތް ޑައުންލޯޑު ކުރައްވާ