[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކީރިތި ޤުރުއާނުގެ ޙުކުމް ނަސްޚުވުމާއި ޖަމްޢުކުރުން – 11

ހަތަރުވަނަ އާޔަތް:

 

(يَسْأَلُونَكَ عَنِ الشَّهْرِ الْحَرَامِ قِتَالٍ فِيهِ ۖ قُلْ قِتَالٌ فِيهِ كَبِيرٌ)[1] މާނައީ: “ޙުރުމަތްތެރިވެގެންވާ މައްސަރުގައި ހަނގުރާމަ ކުޅައުމަކީ ކޮންކަހަލަ ކަމެއްތޯ އެއުރެން ކަލޭގެފާނާ ސުއާލުކުރެއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެ މައްސަރުގައި ހަނގުރާމަ ކުޅައުމަކީ ބޮޑުވެގެންވާ ފާފައެކެވެ.” މިއާޔަތް ވަނީ ﷲ ތަޢާލާގެ އަންނަނިވި ވަޙީ ބަސްފުޅުން މަންސޫޚު ކުރެވިފައި ކަމުގައި ބުނެވެއެވެ. (وَقَاتِلُوا الْمُشْرِكِينَ كَافَّةً كَمَا يُقَاتِلُونَكُمْ كَافَّةً)[2] މާނައީ: “އަދި އެންމެހާ މުޝްރިކުންނާ ތިޔަބައިމީހުން ހަނގުރާމަކުރާށެވެ! އެއުރެންވެސް އެންމެން އެކުގައި ތިޔަބައިމީހުންނާ ހަނގުރާމަކުރާ ފަދައިންނެވެ.”

ޖުމްހޫރު ޢިލްމުވެރިން ވިދާޅުވާގޮތުގައި ޙުރުމަތްތެރިވެގެންވާ މައްސަރުތަކުގައި އިސްވެ ހަނގުރާމަކުރުން މުސްލިމުންނަށް ވަނީ މި އާޔަތުގައި ޙަރާމްކުރައްވާފައެވެ.

އަނެއްބައި ޢިލްމުވެރިން ވިދާޅުވާގޮތުގައި ޙުރުމަތްތެރި މައްސަރުތަކުގައިވެސް އިސްވެ ހަނގުރާމަކުރެވޭނެ ފަދައިން ﷲ ތަޢާލާ ވަނީ އިސްވެދިއަ އާޔަތް މަންސޫޚު ކުރައްވައިފައެވެ. އެކަލާނގެ ވަޙީކުރައްވާފައިވަނީ (وَقَاتِلُوا الْمُشْرِكِينَ كَافَّةً كَمَا يُقَاتِلُونَكُمْ كَافَّةً)[3] މާނައީ: “އަދި އެންމެހާ މުޝްރިކުންނާ ތިޔަބައިމީހުން ހަނގުރާމަކުރާށެވެ! އެއުރެންވެސް އެންމެން އެކުގައި ތިޔަބައިމީހުންނާ ހަނގުރާމަކުރާ ފަދައިންނެވެ.” މިފަދައިންނެވެ.

މި ދެއާޔަތް ޖަމާކުރައްވާ ޢިލްމުވެރިން ވިދާޅުވަނީ ޖުމްހޫރު ޢިލްމުވެރިންގެ ރައުޔުގައިވާ ފަދައިންނެވެ. އެއީ ޙުރުމަތްތެރިވެގެންވާ މައްސަރުތައް، އެއީ މުޙައްރަމް، ޛުލްޤަޢިދާ، ޛުލްޙިއްޖާ އަދި ރަޖަބު މަހުގައި އިސްވެ ހަނގުރާމަކުރުން މުސްލިމުންނަށް ޙަރާމްވެގެންވާކަމެވެ. ނަމަވެސް ކާފިރުން އިސްވެ ހަނގުރާމަ ފަށައިފިކަމުގައި ވަނީނަމަ އެބައިމީހުންނާ ކުރިމަތިލައި ހަނގުރާމަކުރުން މުސްލިމުންނަށް ހުއްދަވެގެންވާ ކަމުގައެވެ. މިހެންކަމުން ކާފިރުން އިސްވެ ހަނގުރާމަ ފަށައިފިނަމަ އެބައިމީހުންނާ ހަނގުރާމަ ކުރުމަށް އަންގަވާފައިއޮތް އާޔަތް ޚާއްޞަވެގެން ވެއެވެ.[4]


[1]  سورة البقرة: 217.

[2]  سورة التوبة: 36.

[3]  سورة التوبة: 36.

[4]  ތައުބާ ސޫރަތުގެ 36 ވަނަ އާޔަތް. (وَقَاتِلُوا الْمُشْرِكِينَ كَافَّةً كَمَا يُقَاتِلُونَكُمْ كَافَّةً).

 

މިލިޔުމުގެ އެހެން ބައިތައް