– ކޮންމެ އަހަރަކުވެސް ޒަކާތުގެ ނިޞާބު ބަލާށެވެ. މި ވަގުތު އިސްލާމިކް މިނިސްޓްރީން ދިވެހިރާއްޖޭގައި ކަނޑައަޅާފައިވާ ޒަކާތުގެ ނިޞާބަކީ: 7312.55 ރުފިޔާއެވެ. (30 އެޕްރީލް 2023).
– އަތުގައި ހުރި ފައިސާ ނިޞާބަށް ވުރެ ގިނަ ނަމަ، ހިޖުރީ ގޮތުން 1 އަހަރު ވަންދެން އެއަށް ވުރެ މަދު ނުވެ ފައިސާ ރައްކާކުރެވިފައި ވޭތޯ ބަލާށެވެ.
– ހިޖުރީ ގޮތުން 1 އަހަރުވުމުން އެގޮތަށް ނިޞާބަށް ވުރެ މަދު ނުވެ ހުރި ފައިސާއިން ލަސްނުކޮށް ޒަކާތް ނެރުން ވާޖިބުވާނެއެވެ.
– ދަރަނި:
- ތިބާ ދައްކަމުންދާ ދަރަނި:
މަސްތަކަކަށް ނުވަތަ އަހަރުތަކަކަށް ބަހާލައިގެން ދައްކާ ދަރަންޏެއް ވާނަމަ:
* ރައްކާކޮށްފައި ހުރި ފައިސާއަށް އެއް އަހަރުވުމުގެ ކުރިން އެ ދަރަނި އެއްކޮށް އަދާކޮށްފިނަމަ އަދި އޭގެ ސަބަބުން ރައްކާކޮށްފައި ހުރި ފައިސާ ނިޞާބަށް ވުރެ މަދުވެއްޖެނަމަ އެ އަހަރު ޒަކާތް ދައްކާކަށް ނުޖެހޭނެއެވެ.
* އެހެނަސް އެ އަހަރުގެ ދަރަނި ނުވަތަ މަސްތަކަކަށް ބަހާލައިގެންވެސް ދައްކާ ދަރަނި ދެއްކަމަށް ފަހުގައި، ރައްކާކޮށްފައި ހުރި ފައިސާ އަދިވެސް ނިޞާބަށް ވުރެ ގިނަނަމަ އެ ފައިސާއިން ޒަކާތް ނެރެން ވާނެއެވެ.
- ތިބާއަށް ލިބެން ޖެހޭ ދަރަނީގެ ފައިސާ (އެބަހީ: އެހެންމީހަކަށް ތިބާ ދަރަންޏަށް ދީފައިވާ ފައިސާ)
އެފަދަ ފައިސާ ދެ ބަޔަކަށް ބެހިގެންވެއެވެ.
* ދަރަންޏަށް އެ ފައިސާ ނެގީ ތިބާ ބުނާ ކޮންމެ ވަގުތެއްގައިވެސް އެފައިސާ ދެވޭ ވަރު މީހެއް ނަމަ ނުވަތަ ދަތިކަމެއް ނެތި އެފައިސާ ލިބޭނެކަން ތިބާއަށް އެނގޭނަމަ ޒަކާތުގެ ފައިސާ ހިސާބު ކުރާ އިރު އެ މިންވަރުވެސް އޭގައި ހިމަނަންވާނެއެވެ.
* ދަރަންޏަށް އެ ފައިސާ ނެގީ ވަރަށް ދަތިކޮށް އުޅޭ މީހަކަށް ވެފައި ނުވަތަ އެ ފައިސާ ލިބުމުގެ މާ ބޮޑު އުންމީދެއް ނެތިއްޔާ ނުވަތަ އެ ފައިސާ ނެގި މީހާ ގަޞްދުގައި އެފައިސާ ނުދޭން ލަސްކުރަމުންދާ މީހެއް ނަމަ ޒަކާތުގެ ފައިސާ ހިސާބު ކުރާ އިރު އެ ދަރަނި އޭގައި ނުހިމަނާނީއެވެ. އަދި ފައިސާގެ ޒަކާތް ނެރޭނީ އެ ފައިސާ އަތަށް ލިބުމުންނެވެ.
– ޒަކާތުގެ ގޮތުގައި ނެރޭނީ ހިޖުރީ ގޮތުން އެއްއަހަރު ވަންދެން ރައްކާކޮށްފައި ހުރި ފައިސާއިން، އޭގެ % 2.5 އެވެ.
މިސާލު:
1442 ވަނަ އަހަރު އަޙުމަދަށް އެއްކުރެވިފައިވަނީ 50000 ރުފިޔާއެވެ. އެ އަހަރު ދުވަހު ދައްކަން ޖެހޭ ދަރަނީގެ މިންވަރަކީ 10000 ރުފިޔާއެވެ. ދަރަނިތައް އަދާކުރުމަށް ފަހުގައި އަޙުމަދުގެ އަތުގައި 40000 ރުފިޔާ ހުއްޓެވެ. އެއީ ރައްކާކޮށްފައި ހުންނަތާ ހިޖުރީ ގޮތުން 1 އަހަރުވެފައިވާ ފައިސާއެވެ. އަދި އެ އަހަރުގެ ނިޞާބަށް ވުރެ (މިސާލަކަށް 2023 ވަނަ އަހަރުނަމަ 7312.55 ރުފިޔާ އަށް ވުރެ) ގިނަ ޢަދަދެކެވެ. އަދި އަޙުމަދު އެހެން މީހަކަށް ދަރަންޏަށް ދީފައިވާ ފައިސާގެ ޢަދަދަކީ 20000 ރުފިޔާއެވެ. އެ ދަރަނި އަނބުރާ ލިބޭނަކަމުގެ އުންމީދު އެބަ އޮތެވެ. އެހެންވެ އެއަހަރު ޒަކާތުގެ ގޮތުގައި އަޙުމަދު ނެރޭނީ: 1500 ރުފިޔާއެވެ.
- އަތުގައިހުރި ފައިސާއިން އަދާކުރި ދަރަނި ކެނޑީމަ ހުރި ފައިސާ
- ދަރަނި ކަނޑާފައި އަތުގައި ހުރި ފައިސާއަށް ލިބޭނެ ކަމަށް އުންމީދު ކުރެވޭ ދަރަނީގެ ފައިސާ އެއްކުރީމަ އަތުގައި ހުރި ޖުމްލަ ފައިސާ
- ޒަކާތުގެ ގޮތުގައި ނެރެންވީ ވަރު