[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މުރުތައްދުވާމީހުންގެ މައްޗަށް ޝަރުޢީ ޙައްދު ޤާއިމުކުރުން – 2

މުރުތައްދުގެ ޢާންމު ވައްތަރުތައް

 

މުސްލިމަކަށްވެ ހުރެ މީހާ ބުނާ ބަހަކުން ނުވަތަ ކުރާ ޢަމަލަކުން ނުވަތަ ޤަބޫލުކުރާ އިޢުތިޤާދަކުން ނުވަތަ ޝައްކުގެ ސަބަބުން މުރުތައްދުވެއެވެ. އެގޮތުން:

 

  • ބަހުން މުރުތައްދުވުން: ކުފުރުގެ އެންމެ ގިނަ ކުރިތައް ހިމެނެނީ ބަހުން މުރުތައްދުވުމުގައެވެ. މިއީ އޭނާގެ ދުލުން ބުނާ ކުފުރުގެ ބަހެއްގެ ސަބަބުން އޭނާ މުރުތައްދުވުމެވެ. އެގޮތުން އޭނާއަކީ މުޝްރިކެއްކަމަށް އޭނާ ދުލުން ބުނެފިނަމަ ނުވަތަ ދީން ޤަބޫލު ނުކުރާ މީހެއް ކަމަށް ބުނެފިނަމަ ނުވަތަ އޭނާއަކީ މިހާރު މަޖޫސީއެއް ނުވަތަ ޔަހޫދިއްޔެއް ނުވަތަ ނަޞްރާނިއްޔެއް ނުވަތަ އެނޫންވެސް ޣައިރު މުސްލިމު ދީނެއްގެ އަހުލުވެރިއެއް ކަމުގައި ބުނެ އެ ދީންތަކަށް އޭނާ ނިޞްބަތްވުން މީގައި ހިމެނެއެވެ. ހަމަ އެފަދައިން ނަބިއްޔުންނާއި ރަސޫލުން ޤަބޫލު ނުކުރުމާއި ފޮތްތަކަށް އީމާން ނުވުމާއި ޤުރުއާނާއި ސުންނަތަށް ދުލުން އިންކާރު ކުރުންވެސް މިބާވަތުގެ ތެރޭގައި ހިމެނެއެވެ.

 

  • ޢަމަލުން މުރުތައްދުވުން: އެއީ މިސާލަކަށް ބުދަށް އަޅުކަން ކުރުމާއި އިރާއި ހަނދާއި ނުވަތަ ތަރިތަކަށް ސަޖިދަ ކުރުންފަދަ ކަންކަމެވެ. ހަމަ އެފަދައިން މުޞްޙަފަށް އިހާނާތްތެރިކޮށް ހިތުމުގެ ގޮތުން ފައިން ޖެހުމާއި ވުޟޫ ނެތި ޤަޞްދުގައި ނަމާދު ކުރުންވެސް މިބާބުގައި ފިޤުހު ޢިލްމުވެރިން ހިމަނުއްވާފައި ވެއެވެ.

 

  • އިޢުތިޤާދުން މުރުތައްދުވުން: އެއީ މިސާލަކަށް ﷲ އަށް ޝަރީކަކު ވާކަމަށް ޤަބޫލުކުރުމާއި އިސްލާމްދީނުގެ ރުކުންތަކުގެ ތެރެއިން ރުކުނެއްގެ ވާޖިބުކަން ޤަބޫލު ނުކުުރުމެވެ.

 

  • ޝައްކުން މުރުތައްދުވުން: އެއީ މިސާލަކަށް ނަބިއްޔާ صلى الله عليه وسلم ގެ ތެދުވެރިކަމާމެދު ޝައްކުކުރުމާއި ޤިޔާމަތްދުވަހަކީ ޙައްޤު ދުވަހެއްކަމާމެދު ޝައްކުކުރުން ފަދަ ކަންކަމެވެ.

 


 

މި ލިޔުމުގެ އެހެން ބައިތައް