الدرس الرابع – ހަތަރުވަނަ ފިލާވަޅު
الفَاعِلُ – ކަންކުރާ
الفَاعِلُ: މިއީ އުބުފިލީގެ ޙާލަތުގައި އޮންނަ ނަމެކެވެ. އެއީ އޭގެ ކުރިއަށް فِعْل تَامّ އަދި مَبْنِيْ لِلْمَعْلُوْم އަކުން ކާކު ކުރި ކަމެއްކަން ބަޔާންކޮށްދޭ ނަމެކެވެ. އަދި فَاعِل އަންނާނީ فِعْلއެއްގެ ފަހުންނެވެ. فِعْلއެއްގެ ކުރިން فَاعِلއެއް ނާންނާނެއެވެ.
ތިރީގައި މިވަނީ މީގެ ބައެއް މިސާލުތަކެވެ.
- غَرَّدَ العُصْفُوْرُ.
- يَحْلُوْ السَّمَرُ فِي الصَّيْفِ.
- تَتَعَاقَبُ السّنونُ.
- كَتَبَ الكَاتِبُ.
تمارين تطبيقية – ފަރިތަކުރުން
(ހ) ތިރީގައިވާ ޖުމްލަތަކުން فَاعِل ވަކިކުރާށެވެ!
1) رَكَضَ الحِصَانُ.
2) طَارَتِ الطَائِرَةُ.
3) زَرَعَ الفَلَّاحُ.
4) صَاحَ الدِيْكُ.
(ށ) ތިރީގައިމިވާ أَفْعَال ތަކުން ކޮންމެ فِعْل އަކަށް فَاعِل އެއް ލާށެވެ!
1) يَزْحَفُ ……
2) مَلَأَ ……
3) غَطَسَ ……
4) يَنَامُ ……
5) يَشْرَبُ ……
(ނ) ތިރީގައި މިވާ ނަންތައް فَاعِل އެއްގެ ގޮތުގައި ބޭނުންކޮށްގެން ކޮންމެ ނަމަކަށް جُمْلَة އެއް ހަދާށެވެ!
1) الرَّجُلُ.
2) المعَلِّمُ.
3) الطَائِرُ.
4) الكَلْبُ.
(ރ) ކޮންމެ ޖުމްލައެއްގެ فَاعِل އެނގޭ ގޮތައް، فِعْل مَاضِي ބޭނުންކޮށްގެން ދެ ޖުމްލަ އަދި فِعْل مُضَارِع ބޭނުންކޮށްގެން ދެ ޖުމްލަ ލިޔާށެވެ!
(ބ) التِلْمِيْذُ فَاعِلއަކަށް ބޭނުންކޮށްގެން ތިން ޖުމްލަ ލިޔާށެވެ!
(ޅ) الطَائِرَةُ فَاعِلއަކަށް ބޭނުންކޮށްގެން ތިން ޖުމްލަ ލިޔާށެވެ!
_____________________________________
މިފިލާވަޅުތައް ތައްޔާރުކޮށްފައިވަނީ އުސްތާޛް އިބްރާހީމް ޝަމްޝުއްދީން ލިޔުއްވާފައިވާ “مرجع الطلاب في قواعد النحو“ މިފޮތް މަރުޖިޢަކަށް ބަލައިގެންނެވެ.