[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޢަރަބި ބަހުގެ ޤަވާޢިދު – ހަވަނަ ފިލާވަޅު (مَفْعُوْلٌ بِهِ)

الدرس السادس – ހަވަނަ ފިލާވަޅު

مَفْعُوْلٌ بِهِ – ކަން ރައްދުވާ

مَفْعُوْلٌ بِهِ: މިއީ ކަންކުރިމީހާ ކުރި ކަންތައް އަންގައިދޭ ނަމެކެވެ. مَفْعُوْلٌ بِهِ ގައި އަބަދުވެސް ޖަހާނީ އަބަފިއްޔެވެ. އެއީ فَتْحَةٌ ظَاهِرَة (ފެންނަން އިން އަބަފިއްޔެއް) ވިޔަސް فَتْحَةٌ مُقَدَّرَة (ފޮރުވިފައިވާ އަބަފިއްޔެއް) ވިޔަސް މެއެވެ. އަދި مَفْعُوْلٌ بِهِ އެކައްޗަށް ވުރެ ގިނަވުންވެސް އެކަށީގެންވެއެވެ.

ތިރީގައި މިވަނީ މީގެ ބައެއް މިސާލުތަކެވެ.

  • أَلْقَى الشَّاعِرُ قَصِيْدَةً.
  • قصدتُ الجَبَلَ.
  • قُدْتُ السَّيَّارَةَ.
  • صَنَعَتْ أُمِّي الطَّعَامَ.

تمارين تطبيقية – ފަރިތަކުރުން

(ހ) ތިރީގައިވާ ޖުމްލަތަކުން مَفْعُوْلٌ بِهِ ވަކިކުރާށެވެ!

1) جَمَعَ الوَلَدُ الأَوْرَاقَ.

2) كَسَرَ خَالِدٌ الإِبْرِيْقَ.

3) رَكِبَ سَمِيْر الحِمَارَ.

4) بلَّلَ المَطَرُ الثِيَابَ.

5) روى المطرُ الأَرضَ.

 

(ށ) ތިރީގައިމިވާ أَسْمَاء ތަކުން ކޮންމެ اِسْم އެއް مَفْعُوْلٌ بِهِ އަކަށް އަންނަހެން ޖުލްމައެއް ލިޔާށެވެ!

1) الحِصَانُ:       ……………………………………..

2) الحَدِيْقَةُ:        ……………………………………..

3) الثِيَابُ:        ……………………………………..

4) الشَّجَرَةُ:       ……………………………………..

5) الغُرُفَةُ:         ……………………………………..

6) البَيْتُ:         ……………………………………..

 

(ނ) ތިރީގައިމިވާ ޖުމްލަތަކަށް مَفْعُوْلٌ بِهِ އެއް ލިޔާށެވެ!

1) كَتَبَ جَمِيلٌ:   ……………………………………..

2) رَكِبَ الرَجُلُ:  ……………………………………..

3) يَزْرَعُ الفَلَّاحُ:   ……………………………………..

4) الجَيْشُ يحمي:   ……………………………………..

5) سَاعد الأَغْنِيَاءُ: ……………………………………..

 

(ރ) ތިރީގައިމިވާ ދެ ނަމުން އެއް ނަން فَاعِل އަކަށް އަދި އަނެއް ނަން مَفْعُوْلٌ بِهِ އަކަށް ބަދަލުކޮށް ޖުމަލްއެއް ލިޔާށެވެ!

1) (الرِسَالَة ، السَاعي):     ……………………………………..

2) (الغَزَال ، الأَسَد):        ……………………………………..

3) (اللَحم ، الجَزَّار):        ……………………………………..

4) (السَفِيْنَة ، البَحْر):       ……………………………………..

 

(ބ) مَفْعُوْلٌ بِهِ ބޭނުންކޮށްގެން ތިރީގައިމިވާ ހަތަރު ވައްތަރަށް ޖުމްލަ ލިޔާށެވެ!

  • ފުރަތަމަ ޖުމްލައިގައި مَفْعُوْلٌ بِهِ އިންސާނަކަށް ބޭނުންކުރާށެވެ!
  • ދެވަނަ ޖުމްލައިގައި مَفْعُوْلٌ بِهِ ޖަނަވާރަކަށް ބޭނުންކުރާށެވެ!
  • ތިންވަނަ ޖުމްލައިގައި مَفْعُوْلٌ بِهِ ގަހަކަށް ބޭނުންކުރާށެވެ!
  • ދެވަނަ ޖުމްލައިގައި مَفْعُوْلٌ بِهِ އެއްޗަކަށް ބޭނުންކުރާށެވެ!

_____________________________________

މިފިލާވަޅުތައް ތައްޔާރުކޮށްފައިވަނީ އުސްތާޛް އިބްރާހީމް ޝަމްޝުއްދީން ލިޔުއްވާފައިވާ “مرجع الطلاب في قواعد النحو“ މިފޮތް މަރުޖިޢަކަށް ބަލައިގެންނެވެ.

 

މިލިޔުމުގެ އެހެންބައިތައް