[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މޫނު ބުރުގާ: އިސްލާމްދީނުގެ މަތިވެރި ޝިޢާރެއް – 4

ހިލޭ ފިރިހެނުންގެ ކުރިމަތީގައި އަންހެނުން މޫނު ކަޝްފުކުރުމަކީ ފަސާދަ ބޮޑުކަމެއްކަން ވިސްނައިފިމީހަކަށް ފެންނާނެއެވެ. އެއީ މަޞްލަޙަތު ހުރި ކަމެއްކަމުގައި ބުނިކަމުގައިވިޔަސް، އޭގެ ފަސާދައާ ބަލާއިރު އެއީ ވަރަށް ކުޑަ މިންވަރެކެވެ. އެގޮތުން އެއީ ފަސާދައަކަށްވާ ބައެއް ސަބަބުތަކަކީ:

  1. ފިތުނަވެރިވުން. އަންހެނާ މޫނު ކަޝްފުކުރުމުން އޭނާގެ މޫނު ރީތިކުރުމަށް އޭނާގެ ނަފްސު އެދިދާނެއެވެ. މިކަމުގެ ސަބަބުން އޭނާގެ އަމިއްލަ ނަފްސުވެސް ފިތުނައަށް ހުށަހެޅެއެވެ. އެހެންކަމުން މިއީ ފަސާދައަށް މަގުފަހިކުރާ އެންމެ ބޮޑު އެއް ނުބައެވެ.
  2. އަންހެނާގެ ފިޠުރަތުގައިވާ ލަތުވެތިކަން ނެތިދިއުން. މިއީ އަންހެނާގެ އީމާންތެރިކަމާވެސް ގުޅިފައިވާ ކަމެކެވެ. އަންހެނާއީ ލަދުވެތިކަމުގެ މިސާލެކެވެ. އޭނާގެ ލަދުވެތިކަން ނެތިދާވަރަކަށް އޭނާގެ އީމާންކަންވެސް އުނިވެއެވެ. އަދި އޭނާ އޭގެ މަތީގައި ޚަލްޤުކުރައްވާފައިވާ ފިޠުރަތުންވެސް ބޭރުވެއެވެ.
  3. އޭނާގެ ސަބަބުން ފިރިހެނުން ފިތުނަވެރިވުން. އެއީ މޫނު ކަޝްފުކުރުމުން އޭނާއަކީ ރީތި މީހެއްކަމުގައިވާނަމަ، ނުވަތަ އޭނާ ހީ ސަމާސާކުރާތަން ފެނުމުން މިފަދައިން ވުމަކީ ވަރަށް އާންމު ކަމެކެވެ. އެހެނީ ލޭ ދައުރުކުރާ ފަދައިން އާދަމުގެ ދަރީންގެ ހަށިގަނޑުގެ ތެރޭގައި ޝައިޠާނާ ދައުރުކުރެއެވެ.
  4. އަންހެނުންނާއި ފިރިހެނުން މަސްހުނިވުން. އަންހެނުންނާއި ފިރިހެނުން ހަމަހަމަކަމަށް ދެކި އޭނާގެ މޫނު ކަޝްފުކޮށްގެން އުޅޭނަމަ އޭނާގެ ލަދުވެރިކަމެއް ނުހުންނާނެއެވެ. އަދި ފިރިހެނުންނާއެކުވެ ގައިގޯޅިވެ އުޅޭކަށް ފަހެއް ނުޖެހޭނެއެވެ. މިކަމުގެ ސަބަބުން ވަރަށް ބޮޑު ފިތުނައަކާއި ފަސާދައަށް މަގުފަހިވެގެންދެއެވެ. ޙަމްޒާ ބުން އަބޫ އުސައިދު އަލްއަންޞާރީ އެކަލޭގެފާނުގެ ބައްޕަޕާފުޅުގެ އަރިހުން، ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރައްވަނިކޮށް އެކަލޭގެފާނު އަޑުއެއްސެވިކަމަށް ރިވާކުރައްވާފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

وَهُوَ خَارِجٌ مِنَ الْمَسْجِدِ فَاخْتَلَطَ الرِّجَالُ مَعَ النِّسَاءِ فِي الطَّرِيقِ، فَقَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ لِلنِّسَاءِ: «اسْتَأْخِرْنَ، فَإِنَّهُ لَيْسَ لَكُنَّ أَنْ تَحْقُقْنَ الطَّرِيقَ عَلَيْكُنَّ بِحَافَّاتِ الطَّرِيقِ» فَكَانَتِ الْمَرْأَةُ تَلْتَصِقُ بِالْجِدَارِ حَتَّى إِنَّ ثَوْبَهَا لَيَتَعَلَّقُ بِالْجِدَارِ مِنْ لُصُوقِهَا بِهِ. [رواه أبو داود (5272)، وحسنه الألباني فس صحيح الجامع (929)]

މާނައީ: “އެކަލޭގެފާނު މިސްކިތުގެ ބޭރުގައި ހުންނަވަނިކޮށް މަގުމަތީގައި އަންހެނުންނާއި ފިރިހެނުން އެކުއެކީގައި ދާ ތަން ފެނިވަޑައިގެންނެވިއެވެ.

ފަހެ، ރަސޫލުﷲ صلى الله عليه وسلم އަންހެނުންނަށް ޙަދީޘްކުރެއްވިއެވެ. “ތިޔަކަނބަލުން ފަހަތަށް ޖެހޭށެވެ. (އެބަހީ: މަގުމެދުން ނުހިނގާށެވެ.) ފަހެ، ހަމަކަށަވަރުން ތިޔަކަނބަލުންނަށް މަގުމެދުން ހިނގުމެއް ނުވެއެވެ. ތިޔަކަނބަލުންނަށް އޮތީ މަގުގެ ދެ ފަރާތުން ހިނގުމެވެ.”

ފަހެ، އޭގެ ފަހުން އަންހެނުން ހިނގަނީ ފާރު ކައިރިންނެވެ. އަދި އެބައިމީހުން ފާރުތަކާ ކައިރިން ހިނގާވަރުން އެބައިމީހުންގެ ހެދުންތައް ބައެއް ފަހަރު ފާރުގައި އަޅައިގަނެއެވެ.”

 

=ނުނިމޭ=

_____________

މި ލިޔުމުގެ އެހެންބައިތައް

 

މަޞްދަރު