[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކުއްތާ ގެންގުޅުމާއި ކުއްތާގެ ނަޖިސްކަމާ ގުޅިފައިވާ ބައެއް ޙުކުމްތައް – 3

ހަތަރުވަނައީ: ކުއްތާގެ ގައިގައި އަތްލުމުގެ ޙުކުމް

 

 

– އިސްވެ ބަޔާންވެ ދިޔަ ފަދައިން ކުއްތާއެއް ކަންވާރެއްގައި ދޫލައިފިނަމަ ހަތް ފަހަރު އެ ދޮވެ ސާފުކުރަން ޖެހޭނެއެވެ. އޭގެ ތެރެއިން ފުރަހަމަ ފަހަރު ސާފުކުރާނީ ވެލިންނެވެ.

– އަދި އިންސާނެއްގެ ހަށިގަނޑުގައި ނުވަތަ އަތުގައި އެ ދޫލައިފިނަމަވެސް ހަތް ފަހަރު އެ ދޮވެ ސާފުކުރަން ޖެހޭނެއެވެ. އޭގެ ތެރެއިން ފުރަހަމަ ފަހަރު ސާފުކުރާނީ ވެލިންނެވެ.

– އަދި އިންސާނާގެ އަތުގައި ތެތްކަމެއް ހުއްޓާ ނުވަތަ ކުއްތާއެއްގެ ގައިގައި ތެތްކަމެއް ހުއްޓާ އިންސާނަކު އޭގައި އަތްލައިފިނަމަ އަދި އޭގެ ތެތްކަން އިޙްސާސްވެއްޖެނަމަ ގިނަ ޢިލްމުވެރިން ބުރަވެވަޑައިގަންނަވަނީ އޭނާގެ އަތް ނަޖިސްވާނެކަމުގައެވެ. އަދި ހަތް ފަހަރު އަތް ދޮންނަން ޖެހޭނެކަމުގައެވެ. [1]

 

އެހެންކަމުން ރައްކާތެރި ގޮތަކީ އެއްވެސް ޙާލެއްގައި ކުއްތާގެ ގައިގައި އަތް ނުލުމެވެ. އަދި އެފަދައިން ދޮންނަ އިރު ކޮންމެވެސް އެއްފަހަރަކު ވެލިން ދޮވުމުން ފުދޭނެއެވެ.

އަންނަވަވީ رحمه الله ވިދާޅުވިއެވެ.

“ޚުލާޞާއަކީ އެންމެ ފުރަތަމަ ފަހަރު ވެލިން ސާފުކުރުމެވެ. ފަހެ ފުރަތަމަ ފަހަރު ވެލިން ސާފު ނުކުރެވުނުނަމަ ހަތް ފަހަރު ހަމަވުމުގެ ކުރިންނެވެ. ފަހެ ހަތްވަނަ ފަހަރު ވެލިން ސާފުކުރުންވެސް ހުއްދައެވެ. އެގޮތުން ޞައްޙަ ރިވާޔަތެއްގައި:

“ހަތްފަހަރު ދޮވުމަށް” ވެއެވެ.

އަދި އެހެން ރިވާޔަތެއްގައި:

“ހަތްފަހަރު ދޮންނަ އިރު ފުރަތަމަ ފަހަރު ވެލިން” ސާފުކުރުމަށެވެ.

އަދި އެހެން ރިވާޔަތެއްގައި:

“ހަތްފަހަރު ދޮންނަ އިރު އެންމެ ފަހު ފަހަރު ވެލިން” ސާފުކުރުމަށެވެ.

އަދި އެހެން ރިވާޔަތެއްގައިވެއެވެ.

“ހަތް ފަހަރު ދޮވެފައި އަށްވަނަ ފަހަރު ވެލިލާށެވެ.”

ބައިހަޤީވެސް އަދި އެހެން ބޭކަލުންވެސް މި ރިވާޔަތްތައް ރިވާކުރައްވާފައިވެއެވެ. މިކަމުން އެނގެނީ ކޮންމެހެން އެންމެ ފުރަމަތަ ފަހަރު ވެލިލުމަކީ ޝަރުޠެއް ނޫންކަމަށެވެ. އެހެނަސް އޭގެ މުރާދަކީ ކޮންމެވެސް އެއްފަހަރަކު ވެލިން ސާފުކުރުމެވެ.” [2]

 

= ނުނިމޭ =

 


 

[1] ބައްލަވާ: مجموع فتاوى الشيخ محمد ابن عثيمين (11/246).

[2] المجموع للنووي (2 / 598).

 

މި ލިޔުމުގެ އެހެން ބައިތައް