[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

إِمَامُ الشَّاطِبِيُّ رحمه الله – 2

އުފަންވެވަޑައިގަތުން:

 

އެކަލޭގެފާނު އުފަންވެވަޑައިގަތީ هجري ސަނަތުން 538ގެ ފަހުކޮޅުގައި الأَنْدَلُس ގެ شَاطِبَة އަށެވެ. އެކަލޭގެފާނަކީ ކަނު، ލޮލަން ނުފެންނަ، އަނދިރި މީހެއްކަމުގައި ބުނެވެއެވެ.[1] އެގޮތުން اِبْنُ الجَزَرِيّ رحمه الله ވިދާޅުވެފައިވެއެވެ. “ތިމަންމެންނަށް އެނގޭގޮތުގައި އެކަލޭގެފާނު އުފަންވީވެސް ލޮލަށް ނުފެންނަ ޙާލުގައެވެ.”[2] އަދި ބުނެވެއެވެ. “އެކަލޭގެފާނުގެ އަރިހުގައި އިންނަމީހުންނަށް އެކަލޭގެފާނަކީ ކަނު މީހެއްކަމަށް ހީވެސް ނުކުރެވޭހާ ވިސްނުން ތޫނުކަމާއި ޢިލްމީ ޤާބިލުކަން އެކަލޭގެފާނުގެ ކިބައިގައި ވިއެވެ.”[3] ހަމަ އެ ފަދައިން، އެކަލޭގެފާނަކީ ކަނު މީހެއް ނޫންކަމުގައިވެސް ވާރިދުވެގެންވެއެވެ.


 

[1] سير أعلام النبلاء، للذَهَبي (21/262).

[2] غاية النهاية في طبقات القرآء، لابن الجزري (2/21).

[3] نكث الهميان في نكت العميان، للصفدي (ص 229).

މި ލިޔުމުގެ އެހެންބައިތައް