މުޞީބާތެއް ޖެހުމުން ކަންތައް ކުރަންޖެހޭ ގޮތް
قالَ النَّبيُّ ﷺ: «وَإِنْ أَصَابَكَ شَيْءٌ، فَلَا تَقُلْ: لَوْ أَنِّي فَعَلْتُ؛ كَانَ كَذَا وَكَذَا، وَلَكِنْ قُلْ: قَدَّرَ اللهُ وَمَا شَاءَ فَعَلَ، فَإِنَّ لَوْ تَفْتَحُ عَمَلَ الشَّيْطَانِ».
[رَوَاه مسْلِمٌ]
ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ. “ތިބާއަށް މުޞީބާތެއް ޖެހުމުން މި ފަދައިން ނުބުނާށެވެ. “ތިމަންނައަށް މިވެނި، އެވެނި ގޮތަކަށް ކަންތައްތައް ކުރެވުނުނަމަ ކޮންފަދަ ހެއްޔެވެ!” އެހެނެއްކަމަކު މިފަދައިން ބުނާށެވެ. “އެއީ ﷲ މިންވަރު ކުރެއްވި ގޮތެވެ. ﷲ އިރާދަކުރެއްވި ކަމެއް ކުރައްވާނެއެވެ.” ފަހެ، ހަމަކަށަވަރުން ‘ނަމަ‘ ކިޔުމުން ޝައިޠާނާގެ މަސައްކަތަށް މަގު ފަހިވެގެންދެއެވެ.”
[ރިވާކުރެއްވީ އިމާމް މުސްލިމް رحمه الله]
قالَ النَّبيُّ ﷺ: «مَا مِنْ عَبْدٍ تُصِيبُهُ مُصِيبَةٌ، فَيَقُولُ: ﴿إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ﴾ [البقرة: 156]، اللهُمَّ أْجُرْنِي فِي مُصِيبَتِي، وَأَخْلِفْ لِي خَيْرًا مِنْهَا؛ إِلَّا أَجَرَهُ اللهُ فِي مُصِيبَتِهِ، وَأَخْلَفَ لَهُ خَيْرًا مِنْهَا».
[رَوَاه مسْلِمٌ]
ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ. “އަޅަކަށް މުޞީބާތެއް ޖެހުމުން «﴿إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ﴾، اللهُمَّ أْجُرْنِي فِي مُصِيبَتِي، وَأَخْلِفْ لِي خَيْرًا مِنْهَا» [މާނައީ: “ހަމަކަށަވަރުން ތިމަންމެންނީ ﷲ އަށް މިލްކުވެވޮޑިގެންވާ ބައެކެވެ. އަދި ހަމަކަށަވަރުން ތިމަންމެންނީ އެއިލާހުގެ ޙަޟްރަތަށް ރުޖޫޢަވާނޭ ބައެކެވެ. އޭ ﷲ! މިއަޅާއަށް ދިމާވެފައިވާ މުޞީބާތުގެ ސަބަބުން މިއަޅާއަށް އަޖުރުދެއްވާފާނދޭވެ! އަދި އެއަށްވުރެ ހެޔޮ ރަގަނޅު ގޮތެއް މި އަޅާއަށް މެދުވެރި ކުރައްވާފާނދޭވެ!”] މި ފަދައިން ކިޔައިފިމީހަކަށް އޭނާގެ މުޞީބާތުގައި ﷲ އޭނާއަށް އަޖުރު ދެއްވާނެއެވެ. އަދި އެއަށްވުރެ ހެޔޮ ރަނގަޅު ގޮތެއް އޭނާއަށް މިންވަރުކޮށް ދެއްވާނެއެވެ.”
[ރިވާކުރެއްވީ އިމާމް މުސްލިމް رحمه الله]
___________________________________
الأذكار والآداب – ޝައިޙް ޢަބްދުލް މުޙްސިން ބުން މުޙައްމަދު އަލްޤާސިމް حفظه الله –