ކައިވެނިފުޅު ބައްލަވައިގަތުން:
ބުނެވޭގޮތުގައި އެކަލޭގެފާނު بَبِي الحُمَيْرِيގެ ދަރިފަސްކޮޅުގެ މީހަކާ ކައިވެނިފުޅު ބައްލަވައިގަތެވެ. އަދި ދެ ދަރިން ލިބިވަޑައިގެންނެވިއެވެ. އެއީ ފިރިހެން ކުއްޖަކާއި އަންހެން ކުއްޖެކެވެ. ފިރިހެން ކުއްޖާގެ ނަމަކީ مُحَمَّدُ بِن القَاسِم الجَمَالُ أَبُو عَبْد الله الشَّاطِبِيّއެވެ. އޭނާވަނީ حِرْزُ الأَمَانِيއިން، سورة صއާ ހަމައަށް ބައްޕައަށް ކިޔައިދެއްވާފައެވެ. އަދި ބާކީ إِجَازة ގެ ގޮތުގައި ހާސިލުކޮށްފަވާކަމަށް مُحَمَّدُ بِن عَبْدُ الله بِن عَبْدُ المُنْعِم بِن الصَوَّاف އަދި مُحَمَّدُ بِن يَعْقُوْب بِن الجَرَائِدِيّ ވިދާޅުވެފައިވެއެވެ. هجري ސަނަތުން 655އާ ހަމައަށް ދުނިޔޭގައި ހުންނެވިއެވެ. އޭރު އެކަލޭގެފާނުގެ عمرފުޅަކީ 80 އަހަރެވެ.[1] އަދި القَسْطَلَانِيّ { ވިދާޅުވާގޮތުގައި އެކަލޭގެފާނު އަވަހާރަވީ هجري ސަނަތުން 625 ގައި عمرފުޅުން 80 އަހަރުގައެވެ.[2]
އެކަލޭގެފާނުގެ އަންހެން ކުއްޖާ ދަންނައެވެ. އެ ކުއްޖާގެ ނަމެއް، عمرއެއް އަދި އަވަހާރަވި އިރެއް އެނގޭކަށް ނެތެވެ. އެކުއްޖާ ކައިވެނި ބައްލައިގަތީ الشاطبيގެ އިސް ދަރިވަރަކާއެވެ. اِبْنُ الجَزَرِيّ { ވިދާޅުވެފައިވެއެވެ. “الشاطبيގެ އަންހެން ދަރިކަނބަލުން ކައިވެނި ބައްލަވައިގަތީ އެކަލޭގެފާނު އަވަހާރަވުމުންނެވެ. އަދި އެކަމަނާއަށް ދަރިންވެސް ލިބުނެވެ.”[3] އަދި السُبْكِيّ { ވިދާޅުވެފައިވެއެވެ. “އެކަލޭގެފަނުވަނީ ދަރިފަސްކޮޅު ފެތުރުމަށްޓަކައި ފިރިހެންދަރިއަކާއި އަންހެންދަރިޔަކު ދޫކުރައްވާފައެވެ.”[4]
[1] غاية النهاية في طبقات القرآء، لابن الجزري (2/230) އަދި سير أعلام النبلاء، للذَهَبي (21/263).
[2] مختصر الفتح المواهبي في مناقب الإمام الشاطبي، للقسطلاني (ص 94).
[3] غاية النهاية في طبقات القرآء، لابن الجزري (1/546).
[4] طبقات الشافعية الكبرى، لتاج الدين السبكي (7/272).