[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

إِمَامُ الشَّاطِبِيُّ رحمه الله – 6

ފިޤުހީ مذهب:

 

ޢިލްމުވެރިންގެ މެދުގައި، އެކަލޭގެފާނުގެ مذهبއާ ބެހޭގޮތުން ޚިލާފުވެފައިވެއެވެ. އެގޮތުން اِبْنُ الصَّلَاح[1] އާއި تَاجُ الدِّيْن السُّبْكِيّ[2] އާއި، جَمَالُ الدِّيْن الأَسْنَوِيّ[3] ވިދާޅުވާ ގޮތުގައި އެކަލޭގެފާނަކީ شافعيއެކެވެ. ހަމަ މިގޮތަށް اِبْنُ الجَزَرِيّ رحمه الله ވެސް ވިދާޅުވެފައިވެއެވެ.[4] އެކަމު اِبْنُ فَرْحُوْن رحمه الله ވިދާޅުވަނީ އެކަލޭގެފާނަކީ مالكي އެއްކަމުގައެވެ.[5] އަދި اِبْنُ المُلَقِّن[6] އާއި مُحَمَّدُ مَخْلُوْفވެސް[7] ވިދާޅުވެފައިވަނީ މިހެންނެވެ.

ބުނެވޭ ގޮތުގައި އެކަލޭގެފާނަކީ ފުރަތަމަ مالكيއެކެވެ. އެއީ އެކަލޭގެފާނުގެ ޤައުމު أَنْدَلُسގައި އުޅުއްވި ދުވަސްވަރުގައެވެ. އެއަށްފަހު شافعي މަޛުހަބަށް ބަދަލުކުރެއްވީއެވެ. އެއީ مصرއަށް ހިޖުރަކޮށް ވަޒަންވެރިވީ ފަހުންނެވެ. މިކަމަށް އިޝާރާތްކުރައްވާ القَسْطَلَانِيّ رحمه الله ވިދާޅުވެފައިވެއެވެ.

“اِبْنُ فَرْحُوْن އެކަލޭގެފާނުގެ ފޮތް طَبَقَاتُ المالكيةގައި إمام الشاطبيއަކީ مالكيއެއްކަމަށް ވަނީ ބަޔާންކުރައްވާފައެވެ. އެހެންކަމުން އެކަލޭގެފާނަކީ ފުރަތަމަ مالكيއެކެވެ. އެއަށްފަހު شافعي މަޛްހަބަށް ބަދަލުވެވަޑައިގެންނެވީއެވެ.”[8]

 


 

[1] طبقات الفقهاء الشافعية، لابن الصلاح (2/665).

[2] طبقات الشافعية الكبرى، لتاج الدين السبكي (7/270).

[3] طبقات الشافعية الكبرى، لتاج الدين السبكي (2/114).

[4] غاية النهاية في طبقات القرآء، لابن الجزري (2/21).

[5] الديباج المذهب في معرفة علماء أعيان المذهب، لابن فرحون (ص 323).

[6] العقد المذهب في طبقات حملة المذهب، لابن الملقن (ص 327).

[7] شجرة النور الزكية في طبقات المالكية، لمحمد مخلوف.

[8] مختصر الفتح المواهبي في مناقب الإمام الشاطبي، للقسطلاني (ص 46).

 

މި ލިޔުމުގެ އެހެންބައިތައް