- ނަމާދުގެ ސަބަބުން ﷲ ތަޢާލާ އަޅުތަކުންގެ ފާފަތައް ފުއްސަވާދެއްވައެވެ.
އަބޫ ހުރައިރާ رضي الله ގެ އަރިހުން ރިވާވެގެންވެއެވެ. ﷲގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«أَرَأَيْتُمْ لَوْ أَنَّ نَهْرًا بِبَابِ أَحَدِكُمْ يَغْتَسِلُ مِنْهُ كُلَّ يَوْمٍ خَمْسَ مَرَّاتٍ، هَلْ يَبْقَى مِنْ دَرَنِهِ شَيْءٌ؟» قَالُوا: لَا يَبْقَى مِنْ دَرَنِهِ شَيْءٌ، قَالَ: «فَذَلِكَ مَثَلُ الصَّلَوَاتِ الْخَمْسِ، يَمْحُو اللهُ بِهِنَّ الْخَطَايَا» [1]
މާނައީ: “ތިޔަބައިމީހުންކުރެ މީހެއްގެ ގޭގެ ދޮރުމަތީގައި ފެން ކޯރެއް އޮވެފައި، އެއިން ދުވާލަކު ފަސްފަހަރު ފެންވަރާ މީހެއްގެ ގައިގައި، އެއްވެސް މިލަކަމެއް ހުންނާނެކަމަށް ދެކިވަޑައިގަންނަމުތޯއެވެ؟
ޞަޙާބީ ބޭކަލުން ދެންނެވިއެވެ. އޭނާގެ ގައިގައި އެއްވެސް މިލަކަމެއް ނުހުންނާނެއެވެ.
އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ފަހެ ފަރުޟު ފަސް ނަމާދުގެ މިޘާލަކީ އެއީއެވެ. އޭގެ ސަބަބުން، ﷲ ފާފަތައް ފުއްސަވައިދެއްވައެވެ.”
- ދީނުގެ ކަންކަމުގެ ތެރެއިން އެންމެ ފަހުން ނެތިގެން ދާނެ އެއްޗަކީ ނަމާދެވެ. ނަމާދުކުރުން ނެތިގެން ގޮއްސިނަމަ ދީން އެކީ ނެތިގެންދާނެއެވެ.
ޖާބިރު ބުނު ޢަބްދިﷲ رضي الله عنهماގެ ކިބައިން ރިވާވެގެންވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«إِنَّ بَيْنَ الرَّجُلِ وَبَيْنَ الشِّرْكِ وَالْكُفْرِ تَرْكَ الصَّلَاةِ» [2]
މާނައީ: “ހަމަކަށަވަރުން ޝިރުކާއި ކުފުރާއި މީހާ ވަކިކޮށްދޭ އިންފާރަކީ ނަމާދު އެޅުމެވެ.”
ވުމާއެކު ނަމާދު އޭގެ ވަޤުތުގައި އަދާކުރުމަށް މުސްލިމުން ފަރުވާތެރިވާން ޖެހޭނެއެވެ. އަދި މިކަމުގައި ފަރުވާކުޑަ ނުކުރުން ހުއްޓެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
﴿فَوَيْلٌ لِّلْمُصَلِّينَ * الَّذِينَ هُمْ عَن صَلَاتِهِمْ سَاهُونَ﴾ [3]
މާނައީ: “ފަހެ، އެއުރެންގެ ނަމާދާއި މެދު ޣާފިލުވެ ތިބެ، ނަމާދުކުރާ މީހުންނަށް ގެއްލުމާއި ހަލާކު ހުށްޓެވެ.”
ﷲ ތަޢާލާ ވަނީ ނަމާދު އަޅާ މީހުންނަށް ވަޢީދުގެ ބަސް ވަޙީކުރައްވާފައިވެއެވެ.
﴿فَخَلَفَ مِن بَعْدِهِمْ خَلْفٌ أَضَاعُوا الصَّلَاةَ وَاتَّبَعُوا الشَّهَوَاتِ ۖفَسَوْفَ يَلْقَوْنَ غَيًّا﴾ [4]
މާނައީ: “ފަހެ، އެބޭކަލުންނަށް ފަހު، އެހެންބަޔަކު އައެއެވެ. އެއުރެން ނަމާދު ދޫކޮށްލިއެވެ. އަދި ހަވާނަފްސުގެ އެދުންތަކަށް ތަބަޢަވިއެވެ. ފަހެ، ނިކަން ހުރެ އެއުރެން ހަލާކާއި ކުރިމަތިލާ ހުށްޓެވެ!”
[1] رواه البخاري (٥٢٨)، ومسلم (283 – (667))
[2] رواه مسلم (134 – (82))
[3] سورة الماعون (٥،٤)
[4] سورة مريم (٥٩)