- ނަމާދަކީ ޤިޔާމަތްދުވަހުން އަޅާގެ ޙިސާބުބެއްލެވޭ އިރު، އެންމެ ފުރަތަމަ ޙިސާބު ބެއްލެވޭނެ ޢަމަލެވެ.
އަބޫ ހުރައިރާ رضي الله عنه ގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. اللهގެ ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވަނިކޮށް ތިމަންކަލޭގެފާނު އަޑު އެއްސެވީމެވެ.
((إِنَّ أَوَّلَ مَا يُحَاسَبُ بِهِ الْعَبْدُ يَوْمَ الْقِيَامَةِ مِنْ عَمَلِهِ صَلَاتُهُ فَإِنْ صَلُحَتْ فَقَدْ أَفْلَحَ وَأَنْجَحَ وَإِنْ فَسَدَتْ فَقَدْ خَابَ وَخَسِرَ فَإِنْ انْتَقَصَ مِنْ فَرِيضَتِهِ شَيْءٌ قَالَ الرَّبُّ عَزَّ وَجَلَّ انْظُرُوا هَلْ لِعَبْدِي مِنْ تَطَوُّعٍ فَيُكَمَّلَ بِهَا مَا انْتَقَصَ مِنْ الْفَرِيضَةِ ثُمَّ يَكُونُ سَائِرُ عَمَلِهِ عَلَى ذَلِكَ ((
މާނައީ: “ހަމަކަށަވަރުން ޤިޔާމަތް ދުވަހު އަޅާގެ ޢަމަލުތަކުގެ ތެރެއިން އެންމެ ފުރަތަމަ ޙިސާބު ބެއްލެވޭނީ ނަމާދާ މެދުގައެވެ. ފަހެ ނަމާދު ރަނގަޅުވެއްޖެނަމަ، ނަޖާވެ ކާމިޔާބު ވެއްޖެއެވެ. އަދި ނަމާދު ފަސާދަވެއްޖެނަމަ ގެއްލި ހަލާކުވެއްޖެއެވެ. ފަހެ އޭނާގެ ފަރުޟު ނަމާދުން އުނިވެއްޖެނަމަ ﷲ عز وجل ވަޙީކުރައްވާނެއެވެ. “ފަހެ ތިމަން އިލާހުގެ އަޅާ ސުންނަތް ނަމާދު ކޮށްފައިވޭތޯ ބަލާށެވެ. ފަރުޟު ނަމާދުން އުނިވި ތަންތަން އެ ނަމާދުތައް (ސުންނަތް ނަމާދުތައް) ލައިގެން ފުރިހަމަ ކުރުމަށްޓަކައެވެ. އެއަށްފަހު އަޅާގެ އެހެން ޢަމަލުތަކާއި މެދުވެސް ކަންތައް ކުރެވޭނީ މި ގޮތަށެވެ.” [1]
والله تعالى أعلم.
نسأل الله أن يعيننا على ذكره وشكره وحسن عبادته .
_________________________________
މަރުޖިޢުތައް: كتاب الصلاة للدكتور الطيار ص 16، وتوضيح الأحكام للبسام 1 / 371، وتاريخ مشروعية الصلاة للبلوشي ص 31 .
[1] رواه النسائي (٤٦٥)، والترمذي (٤١٣)، وصححه الألباني في صحيح الجامع (٢٥٧٣)