[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ދަތުރާ ގުޅުންހުރި ޛިކުރުތައް – 1

ރަށުގައި ޤާއިމުވެހުންނަމީހާ ދަތުރުވެރިޔާއަށް އަލްވަދާއު ކިޔާއިރު ކޮށްދޭންވީ ދުޢާ

 

كَانَ النَّبِيُّ  صَلَّى اللَّهُ عَلَيْهِ وَسَلَّمَ  إِذَا وَدَّعَ أَحَدًا قَالَ: «أَسْتَوْدِعُ اللَّهَ دِينَكَ، وَأَمَانَتَكَ، وَخَوَاتِيمَ عَمَلِكَ».

[رَوَاهُ أَحُمَدُ]

 

މާނައީ: ނަބިއްޔާ ﷺ ބޭފުޅަކަށް އަލްވަދާޢު ވިދާޅުވާއިރު މި ފަދައިން ޙަދީޘްކުރައްވައެވެ.

«أَسْتَوْدِعُ اللَّهَ دِينَكَ، وَأَمَانَتَكَ، وَخَوَاتِيمَ عَمَلِكَ»

[މާނައީ: “ތިބާގެ ދީނާއި، ތިބާގެ އަމާނަތާއި، (ތިބާގެ އަހުލުވެރިންނާއި، ތިބާ މީސްތަކުންނާއި ހަވާލުކޮށްފައިވާ އަމާނާތް) އަދި ތިބާގެ އެންމެ ފަހުގެ ޢަމަލު، އަހުރެން ﷲ އާ ހަވާލުކުރަމެވެ.”] 

[ރިވާކުރެއްވީ އިމާމް އަޙްމަދު رحمه الله]

 

 

ދަތުރުގެ ދުޢާ

 

 كَانَ النَّبِيُّ  صَلَّى اللَّهُ عَلَيْهِ وَسَلَّمَ  إِذَا اسْتَوَى عَلَى بَعِيرِهِ خَارِجًا إِلَى سَفَرٍ: «كَبَّرَ – ثَلَاثًا -، ثُمَّ قَالَ: ﴿سُبْحَانَ الَّذِي سَخَّرَ لَنَا هَذَا وَمَا كُنَّا لَهُ مُقْرِنِينَ * وَإِنَّا إِلَى رَبِّنَا لَمُنْقَلِبُونَ﴾.

اللَّهُمَّ إِنَّا نَسْأَلُكَ فِي سَفَرِنَا هَذَا الْبِرَّ وَالتَّقْوَى، وَمِنَ الْعَمَلِ مَا تَرْضَى.

اللَّهُمَّ هَوِّنْ عَلَيْنَا سَفَرَنَا هَذَا، وَاطْوِ عَنَّا بُعْدَهُ.

اللَّهُمَّ أَنْتَ الصَّاحِبُ فِي السَّفَرِ، وَالْخَلِيفَةُ فِي الْأَهْلِ.

اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ وَعْثَاءِ السَّفَرِ، وَكَآبَةِ الْمَنْظَرِ، وَسُوءِ الْمُنْقَلَبِ فِي الْمَالِ وَالْأَهْلِ».

 وَإِذَا رَجَعَ قَالَهُنَّ، وَزَادَ فِيهِنَّ: «آيِبُونَ ، تَائِبُونَ، عَابِدُونَ، لِرَبِّنَا حَامِدُونَ».

[رَوَاهُ  مُسْلِمٌ]

 

މާނައީ: ނަބިއްޔާ ﷺ ޖަމަލު މައްޗަށް އަރާވަޑައިގެން ދަތުރަކަށް ނިކުންނަވަނީނަމަ؛ ތިން ފަހަރު “اللَّهُ أَكْبَرُ” [މާނައީ: “އެންމެ ބޮޑީ ﷲ އެވެ.”] ޙަދީޘްކުރައްވައެވެ. ދެން އެއަށްފަހު މިފަދައިން ޙަދީޘްކުރައްވައެވެ.

﴿سُبْحَانَ الَّذِي سَخَّرَ لَنَا هَذَا وَمَا كُنَّا لَهُ مُقْرِنِينَ * وَإِنَّا إِلَى رَبِّنَا لَمُنْقَلِبُونَ﴾.

«اللَّهُمَّ إِنَّا نَسْأَلُكَ فِي سَفَرِنَا هَذَا الْبِرَّ وَالتَّقْوَى، وَمِنَ الْعَمَلِ مَا تَرْضَى.

اللَّهُمَّ هَوِّنْ عَلَيْنَا سَفَرَنَا هَذَا، وَاطْوِ عَنَّا بُعْدَهُ.

اللَّهُمَّ أَنْتَ الصَّاحِبُ فِي السَّفَرِ، وَالْخَلِيفَةُ فِي الْأَهْلِ.

اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ وَعْثَاءِ السَّفَرِ، وَكَآبَةِ الْمَنْظَرِ، وَسُوءِ الْمُنْقَلَبِ فِي الْمَالِ وَالْأَهْلِ».

[މާނައީ: “މިސަވާރީ ކިޔަމަންތެރިކުރެވޭ ބަޔެއްކަމުގައި އަޅަމެން ނުވާ ޙާލު މިސަވާރީ އަޅަމެންނަށް ކިޔަމަންތެރިކޮށްދެއްވި ފަރާތުގެ ޙުސްޠާހިރުވަންތަކަމާއެވެ! އަދި އަޅަމެން އެނބުރި ދިޔުންވަނީ އަޅަމެންގެ ރައްބުގެ ޙަޟްރަތަށެވެ.

އޭ ﷲ! މިދަތުރުގައި އަޅަމެން އިބައިލާހުގެ ޙަޟްރަތުން ހެވަށާއި ތަޤުވާވެރިކަމަށް އަދި އިބައިލާހު ރުއްސަވާ ޢަމަލަށް އެދެމުއެވެ.

އޭ ﷲ! މިދަތުރު އަޅަމެންނަށް ފަސޭހަކޮށްދެއްވާނދޭވެ! އަދި މިދަތުރުގެ ދިގުކަން ކުރުކަމުގައި އަޅަމެންނަށް އިޙްޞާސްކޮށްދެއްވާނދޭވެ! 

އޭ ﷲ! ދަތުރުގައި އަޅަމެންގެ އެކުވެރިއަކީ އިބައިލާހެވެ. އަދި މިއަޅާގެ (ގޭގެ) އަހުލުވެރިންގެ ޚަލީފާއަކީ (އެބައިމީހުންގެ ކަންތައްތައް ބަލަހައްޓައިދެއްވާ ފަރާތަކީ) ވެސް ހަމަ އިބައިލާހެވެ.

އޭ ﷲ! ދަތުރުގެ އުދަނގޫކަމާއި، ހިތާމަކުރުވަނިވި މަންޒަރުން އަދި މުދަލާއި އަހުލުވެރިންގެ ތެރެއަށް އަންނަ ނުބައި ބަދަލަކުން ރައްކާތެރިކޮށްދެއްވުމަށް އިބައިލާހުގެ ޙަޟްރަތުން އެދި ދަންނަވަމެވެ.”]

އަދި ދަތުރު ނިންމާފައި އެނބުރި އަންނަމުން އިސްވެދިޔަ ދުޢާގެ ފަހަތަށް އަންނަނިވި ބައި އިތުރުކުރާށެވެ. 

«آيِبُونَ ، تَائِبُونَ، عَابِدُونَ، لِرَبِّنَا حَامِدُونَ».

[މާނައީ: “އަޅަމެންނީ އެނބުރިދާމީހުންނެވެ. ތައުބާވާމީހުންނެވެ. އަޅުކަންކުރާމީހުންނެވެ. ހަމައެކަނި އަޅަމެންގެ ރައްބަށް ޙަމްދުކުރާމީހުންނެވެ.”]

[ރިވާކުރެއްވީ އިމާމް މުސްލިމް رحمه الله]

 

___________________________________

الأذكار والآداب – ޝައިޙް ޢަބްދުލް މުޙްސިން ބުން މުޙައްމަދު އަލްޤާސިމް حفظه الله  –

 

ގުޅުންހުރި ލިޔުންތައް