[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ދަތުރާ ގުޅުންހުރި ޛިކުރުތައް – 2

ދަތުރުކުރާއިރު އުސް ތަނަކަށް އަރާއިރު ނުވަތަ ތިރި ތަނަކަށް ފައިބާއިރު ކިޔާ ޛިކުރު

 

قَالَ جَابِرُ بْنِ عَبْدِ اللَّه  رَضِيَ اللَّهُ عَنْهُمَا: «كُنَّا إِذَا صَعِدْنَا كَبَّرْنَا، وَإِذَا نَزَلْنَا سَبَّحْنَا».

[رَوَاهُ البُخَارِيُّ]

މާތް ﷲ އެ ދެބަފައިކަލުންނަށް ރުއްސުންލެއްވި ޖާބިރު ބުން ޢަބްދިﷲ ވިދާޅުވިއެވެ.

“ތިމަންބޭކަލުން އުސްތަނަކަށް އަރާވަޑައިގަންނަވާއިރު ތަކްބީރު ވިދާޅުވަމެވެ. (އެބަހީ: اللهُ أَكُبَرُ މި ފަދައިން ވިދާޅުވަމެވެ.) އަދި ތިމަންބޭކަލުން ތިރިތަނަކަށް ފައިބާވަޑައިގަންނަވާއިރު ތަސްބީޙަ ވިދާޅުވަމެވެ. (އެބަހީ: سُبْحَانَ اللهِ މި ފަދައިން ވިދާޅުވަމެވެ.)”

[ރިވާކުރެއްވީ އިމާމު ބުޚާރީ رحمه الله]

 

 

ދަތުރުވެރިޔާ ދަމުނަމާދު ވަޤުތު (ފަތިސްވާން ގާތްވުމުން) ކުރާ ދުޢާ

 

كَانَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ  إِذَا كَانَ فِي سَفَرٍ وَأَسْحَرَ يَقُولُ: «سَمِعَ سَامِعٌ بِحَمْدِ اللهِ، وَحُسْنِ بَلَائِهِ عَلَيْنَا، رَبَّنَا صَاحِبْنَا وَأَفْضِلْ عَلَيْنَا، عَائِذًا بِاللهِ مِنَ النَّارِ».

[رَوَاهُ  مُسْلِمٌ]

ނަބިއްޔާ ﷺ ދަތުރެއްގައި ވަޑައިގަންނަވަނިކޮށް، ދަމުނަމާދު ވަޤުތުވުމުން (އެބަހީ: ފަތިސްވާން ގާތްވުމުން) މި ފަދައިން ވިދާޅުވެއެވެ.

«سَمِعَ سَامِعٌ بِحَمْدِ اللهِ، وَحُسْنِ بَلَائِهِ عَلَيْنَا، رَبَّنَا صَاحِبْنَا وَأَفْضِلْ عَلَيْنَا، عَائِذًا بِاللهِ مِنَ النَّارِ».

[މާނައީ: “އަޅަމެން ޙަމްދުކުރާ އަޑު އަދި އެއިލާހު އަޅަމެންގެ މައްޗަށް ލެއްވި ނިޢުމަތްތައް (އަޅަމެން ބަޔާންކުރާ އަޑު) އަޑުއަހާ ފަރާތަކުން އައްސަވައިފިއެވެ. އޭ އަޅަމެންގެ ރައްބު! އަޅަމެންގެ އެކުވެރިއަކުކަމުގައި ވޮޑިގަންނަވާނދޭވެ! އަދި އަޅަމެންގެ މައްޗަށް ދަރުމަވަންތަވެ ވޮޑިގަންނަވާނދޭވެ! (މިއަޅާ މި ދުޢާކުރަނީ) ނަރަކައިގެ ޢަޛާބުން ރައްކާތެރިކޮށްދެއްވުމަށް އެދި ﷲ ގެ ޙަޟްރަތުން ދަންނަވާ ޙާލުގައެވެ.”

[ރިވާކުރެއްވީ އިމާމް މުސްލިމު رحمه الله]

___________________________________

الأذكار والآداب – ޝައިޙް ޢަބްދުލް މުޙްސިން ބުން މުޙައްމަދު އަލްޤާސިމް حفظه الله  –

 

ގުޅުންހުރި ލިޔުންތައް