[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ދަތުރާ ގުޅުންހުރި ޛިކުރުތައް – 3

ރަށަކަށް ވަންނައިރު ކިޔާ ދުޢާ

 

لَمْ يَرَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ  قَرْيَةً يُرِيدُ دُخُولَهَا؛ إِلاَّ قَالَ حِينَ يَرَاهَا: «اللهُمَّ رَبَّ السَّمَوَاتِ السَّبْعِ وَمَا أَظْلَلْنَ، وَرَبَّ الْأَرْضِينَ السَّبْعِ وَمَا أَقْلَلْنَ، وَرَبَّ الشَّيَاطِينِ وَمَا أَضْلَلْنَ، وَرَبَّ الرِّيَاحِ وَمَا ذَرَيْنَ. فَإِنَّا نَسْأَلُكَ خَيْرَ هَذِهِ الْقَرْيَةِ وَخَيْرِ أَهْلِهَا، وَنَعُوذُ بِكَ مِنْ شَرِّهَا وَشَرِّ أَهْلِهَا وَشَرِّ مَا فِيهَا».

[رَوَاهُ النَّسَائِيُّ فِي السُّنَن الْكُبْرَي]

ނަބިއްޔާ ﷺ ރަށަކަށް ވަދެވަޑައިގަންނަވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ، އެރަށެއް ފެނިވަޑައިގަތުމުން މިފަދައިން ވިދާޅުވެއެވެ.”

«اللهُمَّ رَبَّ السَّمَوَاتِ السَّبْعِ وَمَا أَظْلَلْنَ، وَرَبَّ الْأَرْضِينَ السَّبْعِ وَمَا أَقْلَلْنَ، وَرَبَّ الشَّيَاطِينِ وَمَا أَضْلَلْنَ، وَرَبَّ الرِّيَاحِ وَمَا ذَرَيْنَ. فَإِنَّا نَسْأَلُكَ خَيْرَ هَذِهِ الْقَرْيَةِ وَخَيْرِ أَهْلِهَا، وَنَعُوذُ بِكَ مِنْ شَرِّهَا وَشَرِّ أَهْلِهَا وَشَرِّ مَا فِيهَا».

[މާނައީ: “އޭ ﷲ! ހަތް އުޑާއި އެއުޑުތައް ހިޔާވަހިކަންދިން ހުރިހާ އެއްޗެއްގެ ވެރި ރައްބު! އަދި ހަތް ބިމާއި އެބިންތައް އުފުލި ހުރިހާ އެއްޗެއްގެ ވެރި ރައްބު! އަދި ޝައިޠާނުންނާއި ޝައިޠާނުން މަގުފުރެއްދި ހުރިހާ ބައެއްގެ ވެރި ރައްބު! އަދި ވަޔާއި އެވައި ވިއްސުވައިލި ހުރިހާ އެއްޗެއްގެ ވެރި ރައްބު!

މިރަށުގެ ހެޔޮކަމާއި މިރަށުގެ އަހުލުވެރިންގެ ކިބައިގައިވާ ހެޔޮކަމަށް، އިބައިލާހުގެ ޙަޟްރަތުން، ފަހެ އަޅަމެން އެދެމެވެ. އަދި މިރަށުގެ ނުބައިކަމާއި މިރަށުގެ އަހުލުވެރިންގެ ނުބައިކަމާއި މިރަށުގައި ވާހާ އެއްޗެއްގެ ނުބައިކަމުން ރައްކާތެރިކަމަށް އިބައިލާހުގެ ޙަޟްރަތުން އަޅަމެން އެދެމެވެ.”

[ރިވާކުރެއްވީ އިމާމް ނަސާއީ رحمه الله]

 

 

ދަތުރުން އެނބުރި އަންނައިރު ކިޔާ ދުޢާ

 

كَانَ  النَّبيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِذَا قَفَلَ مِنْ غَزْوٍ، أَوْ حَجٍّ، أَوْ عُمْرَةٍ: يُكَبِّرُ عَلَى كُلِّ شَرَفٍ مِنَ الْأَرْضِ – ثَلَاثَ تَكْبِيرَاتٍ -، ثُمَّ يَقُولُ : «لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ، وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ.

آيِبُونَ ، تَائِبُونَ، عَابِدُونَ، سَاجِدُونَ، لِرَبِّنَا حَامِدُونَ.

صَدَقَ اللَّهُ وَعْدَهُ، وَنَصَرَ عَبْدَهُ، وَهَزَمَ الْأَحْزَابَ وَحْدَهُ».

[مُتَّفَقٌ عَلَيهِ]

ނަބިއްޔާ ﷺ ހަނގުރާމައަކުން ނުވަތަ ޙައްޖުން ނުވަތަ ޢުމްރާއަކުން އެނބުރި ވަޑައިގަންނަވާއިރު އުސްތަނަކަށް އަރާވަޑައިގަންނަވާ ކޮންމެ ފަހަރަކު – ތިން ފަހަރު ތަކުބީރު ވިދާޅުވެއެވެ. (އެބަހީ: اللهُ أَكُبَرُ މި ފަދައިން ވިދާޅުވެއެވެ.) – ދެން މި ފަދައިން ވިދާޅުވެއެވެ.

«لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ، وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ.

آيِبُونَ ، تَائِبُونَ، عَابِدُونَ، سَاجِدُونَ، لِرَبِّنَا حَامِدُونَ.

صَدَقَ اللَّهُ وَعْدَهُ، وَنَصَرَ عَبْدَهُ، وَهَزَمَ الْأَحْزَابَ وَحْدَهُ».

މާނައީ: “ﷲ މެނުވީ އަޅުކަންވެވުން ޙައްޤުވެގެންވާ އެހެން އިލާހަކު ނުވެއެވެ. އެއިލާހު އެއްކައުވަންތައެވެ. އެއިލާހަށް އެއްވެސް ބައިވެރިއަކު ނުވެއެވެ. ހުރިހާ ވެރިކަމަކާއި ހުރިހާ ޙަމްދެއް ލިބިވޮޑިގެންވަނީ އެއިލާހަށެވެ. އަދި އެއިލާހީ ހުރިހާ ކަމެއްގެ މައްޗަށް ކުޅަދުންވަންތަވެވޮޑިގެންވާ އިލާހެވެ.  

(އަޅަމެންނީ ދަތުރު ނިންމާފައި) އެނބުރި ދާބަޔަކީމެވެ. ތައުބާވާ ބަޔަކީމެވެ. އަޅުކަންކުރާ ބަޔަކީމެވެ. ސަޖިދަކުރާ ބަޔަކީމެވެ. ހަމައެކަނި އަޅަމެންގެ ރައްބަށް ޙަމްދުކުރާ ބަޔަކީމެވެ.

ﷲ އެއިލާހުގެ ވަޢުދުފުޅު ތެދުކޮށްދެއްވައިފިއެވެ. އަދި އެއިލާހުގެ އަޅާއަށް ނަޞްރުދެއްވައިފިއެވެ. އަދި ދުޝްމަނުންގެ ޖަމާޢަތްތައް ގިނިކަންޏާ ބަލިކުރައްވައިފިއެވެ.”

[ރިވާކުރެއްވީ އިމާމް ބުޚާރީ އަދި އިމާމް މުސްލިމް رحمهما الله]

___________________________________

الأذكار والآداب – ޝައިޙް ޢަބްދުލް މުޙްސިން ބުން މުޙައްމަދު އަލްޤާސިމް حفظه الله  –

ގުޅުންހުރި ލިޔުންތައް