[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޢަރަބި ބަހުގެ ޤަވާޢިދު – ހަތްވަނަ ފިލާވަޅު (اِسْم المَفْعُوْل)

الدرس السابع – ހަތްވަނަ ފިލާވަޅު

اِسْم المَفْعُوْل – ކަން ރައްދުވާ ބަޔާންކޮށްދޭ ނަން

اِسْم المَفْعُوْل: މިއީ ކަން ކުރިމީހާ ކުރި ކަންތައް ބަޔާންކޮށްދޭ ނަމެކެވެ.

اِسْم المَفْعُوْل އުފެދެނީ الفِعْل المَاضِي الثُلَاثِي المُجَرَّد المَبْنِي للمَجْهُول ގެ مَفْعُوْل ވަޒަނުންނެވެ. މިސާލަކަށް: كُسِرَ : مَكْسُوْرٌ ، جُرِحَ : مَجْرُوْحٌ.

އަދި الفِعْل غَيْر الثُلَاثِي އަކުންވެސް اِسْم المَفْعُوْل އުފެދެއެވެ. ހަމަ އެފަދައިން الفِعْلُ المُضَارِع للمَجْهُول ގައިވާ حَرْفُ المُضَارِعَة، އުބުފިލި ޖެހިގެންވާ مِيْم އަކަށް ބަދަލުކުރުމަށް ފަހު ފަހަތުން ދެވަނަ އަކުރުގައި އަބަފިލި ޖެހުމުންވެސް اِسْم المَفْعُوْلއެއް އުފެދެވެ. މިސާލަކަށް: يُرْسَلُ (المُضَارِعُ المَجْهُول) : مُرْسَلٌ (اِسْم المَفْعُوْل).

ތިރީގައި މިވަނީ މީގެ ބައެއް މިސާލުތަކެވެ.

  • الرِّسَالَةُ مَكْتُوْبَةٌ. (مَكْتُوْبَةٌ : اِسْم مَفْعُوْل ، ثُلَاثِي).
  • البَابُ مَفْتُوْحٌ. (مَفْتُوْحٌ : اِسْم مَفْعُوْل ، ثُلَاثِي).
  • المُجْرِمُ مُعَاقَبٌ. (مُعَاقَبٌ : اِسْم مَفْعُوْل ، رُبَاعِي).
  • الكَاذِبُ مُنْتَقَدٌ. (مُنْتَقَدٌ : اِسْم مَفْعُوْل ، خُمَاسِي).
  • الصِّدْقُ مُسْتَحْسَنٌ. (مُسْتَحْسَنٌ : اِسْم مَفْعُوْل ، سُدَاسِي).

 

الإعراب – އިޢުރާބު

إِنَّ الصَّادِقَ مُسْتَحْسَنٌ كَلَامُهُ.

إِنَّ : حرف نصب وتوكيد. (ކަށަވަރު ކޮށްދޭ، ފަހަތު އަކުރުގައި އަބަފިލި ޖަހައިދޭ އަކުރެއް)

الصَّادِقَ : اسم إنّ منصوب بالفتحة. (އަބަފިލި ޙާލަތުގައި އަބަފިލިޖެހިފައިވާ إِنَّގެ ނަން)

مُسْتَحْسَنٌ :خبر إنّ مرفوع. (އުބުފިލިޖެހިފައިވާ إِنَّގެ ޚަބަރު)

كَلَامُهُ : نائب فاعل لاسم المفعول (مُسْتَحْسَنٌ) ، مرفوع بالضمة ، و هو مضاف. (އުބުފިލި ޙާލަތުގައި އުބުފިލި ޖެހިފައިވާ އަދި مُضَافގެ ގޮތުގައިވާ، مُسْتَحْسَنٌ ގެ ކަންރައްދުވާ ބަޔާންކޮށްދޭ ނަމުގެ نَائِبُ فَاعِل)

الهاء : ضمير متصل مبني على الضمّ في محل جرّ بالإضافة. (އުބުފިލީގެ މައްޗަށް ބިނާވެގެން އަންނަ، إِضَافَة ގެ ސަބަބުން އިބިފިލި ޙާލަތުގައިވާ ގުޅިގެން އަންނަ ބަދަލު ނަން)

 

تمارين تطبيقية – ފަރިތަކުރުން

 

(ހ) ތިރީގައި ހުސްތަންތަނަށް اِسْم مَفْعُوْل އެއް ލިޔާށެވެ!

1) الصَّادِقُ …… بَيْنَ النَّاس.

2) إِنَّ كرمَك …… .

3) عُدْتُ مِنَ الرِحْلَة …… القوى.

4) يَسُوْؤُنِي أن أَرَاكَ ….. .

5) صَدِيْقِي رسّام …… .

6) مَا زَال القَمَرُ …… .

 

(ށ) ތިރީގައި މިވާ أَفْعَال ތަކުން ކޮންމެ فِعْل އަކަށް اِسْم مَفْعُوْل އެއް ލިޔާށެވެ!

1) لَبِسَ:      ……..

2) صعد:     ……..

3) تسلّق:     ……..

4) اِستباح:   ……..

5) ساعد:    ……..

6) انتقد:     ……..

 

(ނ) ތިރީގައި މިވާ أَسْمَاء ތަކުން ކޮންމެ اِسْم ކަށް اِسْم مَفْعُوْل އެއް ބޭނުންކޮށްގެން ޖުލްމައެއް ލިޔާށެވެ!

1) السَّيِّدُ:         ……………………………………..

2) المِمْحَاةٌ:        ……………………………………..

3) الصَّدِيْقَان:     ……………………………………..

4) الأَطِبَّاءُ:        ……………………………………..

5) الكَلْبُ:        ……………………………………..

6) رَجُلٌ:           ……………………………………..

8) اِمْرَأَةٌ:           ……………………………………..

9) الطَاوِلَات:      ……………………………………..

 

(ރ) ތިރީގައި މިވާ اِسْم مَفْعُوْل ތަކުން ކޮންމެ اِسْم مَفْعُوْل އެއްގެ فِعْل المَاضِي އާއި  فِعْل المُضَارِع ލިޔާށެވެ!

                  فِعْل المَاضِي                              فِعْل المُضَارِع

1) مَحْمُوْدٌ:       ………………………..                   ………………………..

2) مَكْشُوْفٌ:     ………………………..                   ………………………..

3) مُنْتقدٌ:         ………………………..                   ………………………..

4) مَجْهُوْلٌ:       ………………………..                   ………………………..

5) مُسْتَحَبٌّ:      ………………………..                   ………………………..

6) مَعْلُوْمٌ:         ………………………..                   ………………………..

 

(ބ) اِسْم مَفْعُوْل الثُلَاثِي އެއް ބޭނުންކޮށްގެން ތިން ޖުމްލަ ލިޔާށެވެ!

 

(ޅ) اِسْم مَفْعُوْل غَيْر ثُلَاثِي އެއް ބޭނުންކޮށްގެން ތިން ޖުމްލަ ލިޔާށެވެ!

 

(ކ) ތިރީގައިވާ ތިން ޖުމްލަ إِعْرَاب ކުރާށެވެ!

1) إِنَّ الصَّادِقَ مُسْتَحْسَنٌ كَلَامُهُ: ……………………………………..

2) الضَيْفُ مكرمٌ: ……………………………………..

3) فَاعِلُ الخَيْر مَشْكُوْرٌ عملُهُ: ……………………………………..

_____________________________________

މިފިލާވަޅުތައް ތައްޔާރުކޮށްފައިވަނީ އުސްތާޛް އިބްރާހީމް ޝަމްޝުއްދީން ލިޔުއްވާފައިވާ “مرجع الطلاب في قواعد النحو“ މިފޮތް މަރުޖިޢަކަށް ބަލައިގެންނެވެ.

 

މިލިޔުމުގެ އެހެންބައިތައް