الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
ދުންފަތުގެ އިސްތިޢުމާލުކުރުމަކީ ހުއްދަ ކަމެއް ނޫންކަމާއި، އިސްލާމްދީނުގެ އުޞޫލުތަކަށް ބަލާއިރު އެއީ ޙަރާމް ކަމެއްކަން، ދަލީލުތަކުގެ އަލީގައި މިފޮތުގައި ބަޔާންކޮށްފައިވެއެވެ. އަދި ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ ޙުކުމާމެދު އިސްލާމީ އުންމަތުގެ ދަންނަބޭކަލުން ދެއްވާފައިވާ ފަތުވާތައްވެސް މި ފޮތުގައި ގެނެސްދީފައިވެއެވެ. މީގެ އިތުރުން، ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ ސަބަބުން ޞިއްޙީގޮތުންނާއި، އަޚްލާޤީ ގޮތުންނާއި، އިޖްތިމާޢީ ގޮތުން އަދި އިޤްތިޞާދީ ގޮތުން ލިބޭ ގެއްލުންތަކަށްވެސް އަލިއަޅުވާލާފައިވެއެވެ.
| ފޮތުގެ ނަން | އިސްލާމްދީނުގައި ދުންފަތުގެ އިސްތިޢުމާލުކުރުމުގެ ޙުކުމް |
| އެކުލަވާލީ | ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ – رحمه الله – |
| ޞަފްޙާގެ ޢަދަދު | 40 ޞަފްޙާ |
| ފައިލް ސައިޒް | 12 mb |
ދުންފަތުގެ އިސްތިޢުމާލުކުރުމާއި ސިނގިރޭޓާއި ވޭޕާ ގުޅުން ހުރި ލިޔުންތައް

















