ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ” إِنَّ الَّذِينَ قَالُوا رَبُّنَا اللَّـهُ ثُمَّ اسْتَقَامُوا تَتَنَزَّلُ عَلَيْهِمُ الْمَلَائِكَةُ أَلَّا تَخَافُوا وَلَا تَحْزَنُوا وَأَبْشِرُوا بِالْجَنَّةِ الَّتِي كُنتُمْ تُوعَدُونَ ﴿٣٠﴾ نَحْنُ أَوْلِيَاؤُكُمْ فِي الْحَيَاةِ الدُّنْيَا وَفِي الْآخِرَةِ ۖ وَلَكُمْ فِيهَا مَا تَشْتَهِي أَنفُسُكُمْ وَلَكُمْ فِيهَا مَا تَدَّعُونَ ﴿٣١﴾ نُزُلًا مِّنْ غَفُورٍ رَّحِيمٍ ﴿٣٢﴾ سورة فصلت ” މާނަ: ” ހަމަކަށަވަރުން، ތިމަންމެންގެ ވެރިރަސްކަލާނގެއީ ﷲ އޭ ބުނެ، ދެން ސީދާމަގުގައި ދެމިތިބިމީހުން (ދަންނާށެވެ!) އެއުރެންގެ މައްޗަށް މަލާއިކަތުން ފައިބައިވަޑައިގަންނަވާނެތެވެ. (މިފަދައިން) ވިދާޅުވަމުންނެވެ. ތިޔަބައިމީހުން ބިރުނުގަންނާށެވެ! އަދި ހިތާމަނުކުރާށެވެ! އަދި ތިޔަބައިމީހުންނަށް ވަޢުދުކުރައްވާފައިވާ ސުވަރުގޭގެ އުފާވެރިކަމުގެ ޚަބަރު ލިބިގަންނާށެވެ! (30) ތިމަންބޭކަލުންނީ ދުނިޔޭގެ ޙަޔާތުގައްޔާއި، އާޚިރަތުގައި ތިޔަބައިމީހުންގެ އެހީތެރިންނެވެ. ތިޔަބައިމީހުންގެ ނަފްސުތައް އެދޭހާކަމެއް އެދުވަހުން، ތިޔަބައިމީހުންނަށްޓަކައިވެއެވެ. އަދި (އުފަލާއި، އަރާމުގެތެރެއިން) ތިޔަބައިމީހުން ދަންނަވާހާކަމެއް ތިޔަބައިމީހުންނަށްވެއެވެ. (31) ގިނަގިނައިން ފާފަފުއްސަވާ، ރަޙީމުވަންތަ ކަލެއްގެ މެހުމާންދާރީއެއްގެ ގޮތުގައެވެ (32)”
އަލްއިމާމު އަލްބަޣަވީ ރަޙިމަހުﷲ ، ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅުގެ ތަފްސީރުގައި ވިދާޅުވެފައިވެއެވެ. ” تَتَنَزَّلُ عَلَيْهِمُ الْمَلَائِكَةُ ” މާތް ޞަޙާބީ ، އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. (މަލާއިކަތުން ފައިބާވަޑައިގެން އުފާވެރިކަމުގެ ޚަބަރު ދެއްވަނީ މަރު ޙާޟިރުވާ ހިނދުގައެވެ.) . ޤަތާދާ ރަޙިމަހުﷲ ވިދާޅުވިއެވެ. ( އެ މަލާއިކަތުން ފައިބައި ވަޑައިގެން އުފާވެރިކަމުގެ ޚަބަރު ދެއްވަނީ ޤަބުރުން ތެދުވާ ހިނދުއެވެ.) . ވަކީޢު ބުން ޖައްރާޙު ރަޙިމަހުﷲ ވިދާޅުވިއެވެ. ( ތިން ވަޤުތެއްގައި އުފާވެރިކަމުގެ ޚަބަރު ދެއްވައެވެ : މަރުގެ ވަޤުތުގައާއި ، ޤަބުރުގައާއި ، ދެވަނަފަހަރަށް ދިރުއްވާ ވަޤުތުގައެވެ. )
ޙާފިޟު އިބްނު ކަޘީރު ރަޙިމަހުﷲ ، ﷲ ތަޢާލާގެ މި ވަޙީބަސްފުޅުގެ ތަފްސީރުގައި ވިދާޅުވިއެވެ. ” نَحْنُ أَوْلِيَاؤُكُمْ فِي الْحَيَاةِ الدُّنْيَا وَفِي الْآخِرَةِ “ ( މަލާއިކަތުން ތަޤުވާވެރި މުއުމިނުންގެ ގާތައް މަރު ޙާޟިރުވާހިނދު އެ މުއުމިނުންނަށް ބުނެއެވެ. ތިމަންނަމެންނީ ތިޔަބައިމީހުންގެ އެހީތެރީންނެވެ. މާނައަކީ ދުނިޔޭގެ ޙަޔާތުގައި ތިޔަބައިމީހުންނާއި އެކުގައިވީ ، އަދި ﷲ ތަޢާލާގެ އަމުރުފުޅާއިއެކު ތިޔަބައިމީހުން ރައްކާތެރިކޮށްދިން އެހީތެރިންނެވެ. އަދި އުޚުރަވީ ޙަޔާތުގައިވެސް ތަފާތު މަރުޙަލާތަކުގައި ، ކައްވަޅުގައާއި ، ދެވަނަފަހަރަށް ދިރުއްވޭ ހިނދުގައާއި ، ޞިރާތުމަގު ހުރަސްކުރާވަގުތުގައިވެސް ތިޔަބައިމީހުންނާއި އެކުގައި ވާނޭމީހުންނެވެ. )
ފުރާނަ ހިއްޕެވޭ ހިނދާއި ބެހޭގޮތުން ޞައްޙަ ޙަދީޘެއްގައި ވެއެވެ. ” ثُمَّ يَجِيءُ مَلَكُ الْمَوْتِ حَتَّى يَجْلِسَ عِنْدَ رَأْسِهِ فَيَقُولُ: أَيَّتُهَا النَّفْسُ الطَّيِّبَةُ اخْرُجِي إِلَى مَغْفِرَةٍ مِنَ اللهِ وَرِضْوَانٍ قَالَ: فَتَخْرُجُ نَفْسُهُ فَتَسِيلُ كَمَا تَسِيلُ الْقَطْرَةُ مِنْ فَمِ السِّقَاءِ، فَيَأْخُذُهَا ” (رواه أبو داود ) މާނަ : ” ދެން މަލަކުލްމައުތު ވަޑައިގެން އެ މުއުމިނު އަޅާގެ ބޮލާއި ވީކޮޅުގައި އިށީންދެއެވެ. އަދި ދަންނަވައެވެ. އޭ ރަނގަޅުވެގެންވާ ފުރާނައާއިއެވެ. ﷲ ތަޢާލާގެ ހަޟްރަތުން ފާފަ ފުއްސެވުން ލިބިގަތުމަށާއި، އެއިލާހުގެ ރުހިވޮޑިގަތުން ލިބިގަތުމަށް ނިކުންނާށެވެ. ދެން ، ފެން ތައްޓަކުން ފެން އޮއްސާލުމުން ، އެފެންތައް އޮހިގެންދާހައި ލުއިފަސޭހަކަމާއި އެކު އެފުރާނަ ނުކުމެގެން އާދެއެވެ. ދެން އެ އެފުރާނަ ހިއްޕަވައެވެ. “ އެހެން ރިވާޔަތެއްގައި ވެއެވެ. “حَتَّى إِذَا خَرَجَ رُوحُهُ ، صَلَّى عَلَيْهِ كُلُّ مَلَكٍ بَيْنَ السَّمَاءِ وَالأَرْضِ ، وَكُلُّ مَلَكٍ فِي السَّمَاءِ ، وَفُتِحَتْ لَهُ أَبْوَابُ السَّمَاءِ ” (رواه أبو داود ) މާނަ : ” (ތަޤުވާވެރި އަޅާގެ) ފުރާނަ އޭނާގެ ހަށިގަނޑުން ނުކުތުމުން ، އުޑާއި ބިމާއި ދެމެދުގައި ވާހައި މަލާއިކަތުން ، އަދި އުޑުގައި ވާ ކޮންމެ މަލާއިކަތެއް އެ ފުރާނައަށްޓަކައި ހެޔޮދުޢާ ކުރެތެވެ. އަދި އެފުރާނައަށްޓައި އުޑުގެ ދޮރުކޮޅުތައް ހުޅުވާލެވެއެވެ. “
ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ. ” يَا أَيَّتُهَا النَّفْسُ الْمُطْمَئِنَّةُ ﴿٢٧﴾ ارْجِعِي إِلَىٰ رَبِّكِ رَاضِيَةً مَّرْضِيَّةً ﴿٢٨﴾ فَادْخُلِي فِي عِبَادِي ﴿٢٩﴾ وَادْخُلِي جَنَّتِي ﴿٣٠﴾ ” سورة الفجر މާނަ : ” އޭ ހިތްހަމަޖެހިގެންވާ ފުރާނަޔާއެވެ! ރުހިގެންހުރެ ، ރުހުން ލިބިގެންވާ ޙާލު، ތިބާގެ ވެރިރަސްކަލާނގެ ހަޟްރަތަށް އެނބުރިދާށެވެ ! ފަހެ، ތިމަންއިލާހުގެ ޞާލިޙު އަޅުތަކުންގެ ތެރެޔަށް ވަންނާށެވެ! އަދި ތިމަންރަސްކަލާނގެ ސުވަރުގެޔަށް ވަންނާށެވެ! “
މަރުޖިޢު : الشيخ خالد بن عبد الرحمن الشايع ގެ ފޮތް ” من أحوال الناس بعد … الموت “