އެނގޭތަ (9):
އިބްރާހީމު عليه السلام އަކީ “ނަބީބޭކަލުންގެ ބަފައިކަލުން”ގެ ގޮތުގައި، ޤުރުއާނުގައި ﷲ ތަޢާލާ ޛިކުރުކުރައްވާފައިވެއެވެ.
﴿مِّلَّةَ أَبِيكُمْ إِبْرَاهِيمَ﴾ [سورة الحج ٧٨]
މާނައީ: “ތިޔަބައިމީހުންގެ ބަފައިކަލުން އިބްރާހީމުގެފާނުގެ މިއްލަތެވެ.”
އަދި އެކަލޭގެފާނުގެ ދަރިފަސްކޮޅުން ވަޑައިގެންނެވި 17 ނަބީބޭކަލެއްގެ ނަންފުޅު ﷲ ތަޢާލާ ވަނީ ޤުރުއާނުގައި ޛިކުރުކުރައްވާފައެވެ. އެއީ:
– އެކަލޭގެފާނުގެ ދަރިކަލުން އިސްމާޢީލުގެފާނުގެ ދަރިފަސްކޮޅުން: މުޙައްމަދު صلى الله عليه وسلم އެވެ.
– އެކަލޭގެފާނުގެ ދަރިކަލުން އިސްޙާޤުގެފާނުގެ ދަރިފަސްކޮޅުން: ޔަޢުޤޫބުގެފާނާއި، ޔޫސުފުގެފާނާއި، އައްޔޫބުގެފާނާއި، ޛުލްކިފްލިގެފާނާއި، މޫސާގެފާނާއި، ހާރޫންގެފާނާއި، އިލްޔާސްގެފާނާއި، އަލްޔަސަޢުގެފާނާއި، ޔޫނުސްގެފާނާއި، ދާވޫދުގެފާނާއި، ސުލައިމާނުގެފާނާއި، ޒަކަރިއްޔާގެފާނާއި، ޔަޙްޔާގެފާނު އަދި ޢީސާގެފާނެވެ.
– عليهم السلام –
[الإبطال لنظرية الخلط بين الأديان للشيخ بكر أبو زيد (ص: 52 -53)]
Did you know (9):
In the Quran, Allah refers to Ibrahim (peace be upon him) as “the Father of the Prophets”.
“It is the religion of your father, Ibrahim.” [Surah Al-Hajj 78]
Allah has mentioned 17 prophets from his descendants in the Quran.
They are:
– from his son Ismail’s descendants: Muhammadh (peace and blessings be upon him).
– from his son Ishaq’s descendants: Ya’qub, Yusuf, Ayyub, Dhul-Kifl, Musa, Harun, Ilyas, Al-Yasa’, Yunus, Dawud, Sulaiman, Zakariya, Yahya and Easa (peace be upon them).
[Al-Ibtaal linazariyyatul Khalti bainal Adhyaan, Sheikh Bakr Abu Zaid (page: 52 – 53)]