[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އައްޝައިޚް މުޙައްމަދު ބުން ޞާލިޙުލް ޢުޘައިމީން رحمه الله – 5

ފަސްވަނައީ: އެކަލޭގެފާނު ލިޔުއްވާފައިވާ ފޮތްތައް

 

ޝައިޚް އެކުލަވަލައްވާފައިވާ ފޮތްތައް ވަރަށްވެސް ގިނައެވެ. އޭގެ ތެރޭގައި ގިނައީ ކުދި ރިސާލާތަކެވެ. ނަމަވެސް އެއީ އެއިން މަތިވެރި ނަފާލިބޭ، ގިނަގުނަ ފައިދާތަކެއް ލިބޭ ރިސާލާތަކެކެވެ. އެކަލޭގެފާނު ލިޔުއްވާފައިވާ ލިޔުންތައް ދެ ބަޔަކަށް ބެހެއެވެ. އެއީ އެކަލޭގެފާނު އަމިއްލަފުޅަށް ލިޔުއްވާ ނެރުއްވާފައިވާ ފޮތްތަކާ އަދި އެކަލޭގެފާނުގެ ދަރުސްތައް އަޑުއަހައިގެން ލިޔެ ނެރެވުނު ފޮތްތަކެވެ.

އެކަލޭގެފާނު ލިޔުއްވާފައިވާ ފޮތްތަކުގެ ތެރޭގައި:

– القواعد المثلى في صفات الله وأسمائه الحسنى

– عقيدة أهل السنة والجماعة

– شرح لمعة الاعتقاد الهادي إلى سبيل الرَّشاد

– أحكام الأضحية والذكاة

– فتح ربِّ البَريَّة بتلخيص الحموية

 

ދަރުސްތަކުގެ އޯޑިއޯ ޓޭޕުން ލިޔެވި، ނެރެވުނު ފޮތްތަކުގެ ތެރޭގައި:

– الشرح الممتع على زاد المستقنع

 

1/9/1414 هـ ވަނަ ދުވަހުގައި “އަލްޙިކުމަތުއް ޞާދިރު” ގެ ދެވަނަ މަޖައްލާގައި އެކަލޭގެފާނުގެ ދަރިވަރު އައްޝައިޚް ވަލީދުލް ޙުސައިން ލިޔުއްވާފައިވާ “އައްޝައިޚުލް މަންޝޫރު” މިލިޔުމުގައި އެކަލޭގެފާނުގެ 55 ޢިލްމީ އަޘަރެއް ބަޔާންކޮށްފައި ވެއެވެ.

އެކަލޭގެފާނު އުޞޫލުލް ފިޤުހާއި މުޞްޠަލަޙާ އަދި ޢަޤީދާގެ ޢިލްމުގައި ރިސާލާތަށް ލިޔުއްވާފައި ވެއެވެ. ބައެއް މަޢުހަދުތަކުގައާ އަދި ޖާމިޢަތުލް އިމާމު މުޙައްމަދު ބުން ސުޢޫދުލް އިސްލާމިއްޔާގެ މުޤައްރަރެއްގެ ގޮތުގައި މި ރިސާލާތައް ބޭނުން ކުރެއެވެ.

_______________________

މި ލިޔުމުގެ ހިޖުރައިން 1421 ވަނަ އަހަރުގެ ޝައްވާލު މަހުގެ 24 ވީ ހުކުރު ވިލޭރޭ މަދީނާގެ އަލްޖާމިޢަތުލް އިސްލާމިއްޔާގައި އައްޝައިޚް ޢަބްދުލް މުޙްސިން އަލްޢައްބާދު حفظه الله ދެއްވާފައިވާ ދަރުސެކެވެ.

މި ލިޔުމުގެ އެހެންބައިތައް