[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އައްޝައިޚް މުޙައްމަދު ބުން ޞާލިޙުލް ޢުޘައިމީން رحمه الله – 6

ހަވަނައީ: މީސްތަކުންގެ މެދުގައި އެކަލޭގެފާނުގެ މަޤާމު

 

ޝައިޚް رحمه الله އަށް ޝަރަފުވެރި އަދި މަތިވެރި މަޤާމެއް ލިބިގެންވެއެވެ. ފަހެ އެކަލޭގެފާނަށް (މީހުންގެ) މެދުގައި މަޤުބޫލުކަންވަނީ ލިބިފައެވެ. މީސްތަކުން އެކަލޭގެފާނު ދެކެ ލޯބިވެއެވެ. އަދި އެކަލޭގެފާނުގެ ދަރުސްތަކާއި ފަތުވާތައް އެއްސެވުމަށް ފަރުވާތެރިވެއެވެ. އަދި އެކަލޭގެފާނުގެ ޢިލްމީ އަޘަރުތައް ރައްކާތެރި ކުރެވުނެވެ. އެކަލޭގެފާނުގެ ދަރުސްތަކާއި ލެކްޗަރތަކުގެ ޓޭޕު ރެކޯޑިންތައް ރައްކާތެރި ކުރެވުނެވެ. އެކަލޭގެފާނަކީ ބޮޑު ޢިލްމުވެރިއެވެ. އަދި ކުޅަދާނަ ފަޤީހެކެވެ. އެކަލޭގެފާނަކީ ވެރިންނާއި ޢިލްމުވެރީންނާއި ޢިލްމު އުނގެނޭ ދަރިވަރުން އެބޭކަލަކަށް އިޙްތިރާމު ކުރަންޖެހޭ ފަދަ މަޤާމެއްގައި ހުންނެވި ބޭކަލެކެވެ.

މި ޤައުމުގެ ވެރީންގެ ފަރާތުން އެކަލޭގެފާނަށް އިޙްތިރާމު ލިބުނެވެ. އެބޭފުޅުން ޤަޞީމަށް ޒިޔާރަތް ކުރައްވާނަމަ އެކަލޭގެފާނުގެ ގެކޮޅަށް ޒިޔާރަތްކުރައްވައެވެ. އެކަލޭގެފާނުގެ އަރިހަށް ޒިޔާރަތްކުރެއްވި ބޭކަލުންގެ ތެރޭގައި މަލިކު ޚާލިދާއި މަލިކު ފަހުދާއި އަލްއަމީރު ޢަބްދުﷲ އަދި އަލްއަމީރު ސުލްޠާނު ހިމެނިވަޑައިގަންނަވައެވެ. އެކަލޭގެފާނަކީ އިޙްތިރާމުލިބިގެންވާ ބޭކަލެކެވެ.

މިއާއެކުވެސް އެކަލޭގެފާނަކީ ވަރަށް ހިތްތިރި ބޭކަލެކެވެ. އަދި ހެޔޮ ކަންކަމަށް ވަރަށް ލޯބިކުރައްވާ ބޭކަލެކެވެ. އަދި ދަރިވަރުންނަށް އޯގާތެރި، އެކުދިންނަށް ފައިދާކުރައްވައި ޢިލްމު ހޯއްދެވުމަށާ އަދި ޢިލްމާއި ޢަމަލު، ޖަމަޢަކުރެއްވުމަށް އެކުދިންނަށް ނަޞޭޙަތްތެރިވެ ވަޑައިގެންނެވި ބޭކަލެކެވެ.

_______________________

މި ލިޔުމުގެ ހިޖުރައިން 1421 ވަނަ އަހަރުގެ ޝައްވާލު މަހުގެ 24 ވީ ހުކުރު ވިލޭރޭ މަދީނާގެ އަލްޖާމިޢަތުލް އިސްލާމިއްޔާގައި އައްޝައިޚް ޢަބްދުލް މުޙްސިން އަލްޢައްބާދު حفظه الله ދެއްވާފައިވާ ދަރުސެކެވެ.

 

މި ލިޔުމުގެ އެހެންބައިތައް