[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އައްޝައިޚް މުޙައްމަދު ބުން ޞާލިޙުލް ޢުޘައިމީން رحمه الله – 8

ޢިލްމުވެރިން އަވަހާރަވުމަކީ ބޮޑު މުޞީބާތެއްކަން ދަލީލުކޮށްދޭ ބައެއް އަޘަރުތައް ސަލަފުންގެ ފަރާތްޕުޅުން ވާރިދުވެގެން އައިސްފައިވެއެވެ.

 

ސަލްމާނުލް ފާރިސީ رضي الله عنه ވިދާޅުވިއެވެ.

“لَا يَزَالُ النَّاسُ بِخَيْرٍ مَا بَقِيَ الْأَوَّلُ حَتَّى يَتَعَلَّمَ الْآخِرُ، فَإِذَا هَلَكَ الْأَوَّلُ قَبْلَ أَنْ يَتَعَلَّمَ الْآخِرُ، هَلَكَ النَّاسُ”. [1]

މާނައީ: “މީސްތަކުންގެ ތެރެއިން އެކަކު އަނެކެއްގެ ކިބައިން ޢިލްމު ޙާޞިލު ކުރާހާ ހިނދަކު އެބައިމީހުން ވަނީ ހެޔޮކަމުގެ ތެރޭގައެވެ. އަދި އެކަކުގެ އަނެކެއްގެ ކިބައިން ޢިލްމު ޙާޞިލުކުރުމުގެ ކުރިން އިސްކޮށް ހުރި މީހާ މަރުވެއްޖެނަމަ މީސްތަކުން ހަލާކުވެއްޖެއެވެ.”

 

ޒައިދު ބުން ޘާބިތު އަވަހާރަވުމުން އިބްނު ޢައްބާސް رضي الله عنه ވިދާޅުވިއެވެ.

“هَكَذَا ذَهَابُ الْعِلْمِ لَقَدْ دُفِنَ الْيَوْمَ علمٌ كَثِيرٌ”. [2]

މާނައީ: “ޢިލްމު ފިލައިގެން ދިއުން ވަނީ މިފަދައިންނެވެ. ހަމަކަށަވަރުން މިއަދު ގިނަގުނަވެގެންވާ ޢިލްމު ފަސްދާނުލެވިއްޖެއެވެ.”

 

އަބޫ އައްދަރްދާ رضي الله عنه ވިދާޅުވިއެވެ.

“تَعَلَّمُوا الْعِلْمَ قَبْلَ أَنْ يُقْبَضَ الْعِلْمُ وَقَبْضُهُ أَنْ يُذْهَبَ بِأَصْحَابِهِ … ” إلى أن قال: “فَمَالِي أَرَاكُمْ شِبَاعًا مِنَ الطَّعَامِ جِيَاعًا مِنَ الْعِلْمِ”.  [3]

މާނައީ: “ޢިލްމު އުފުއްލެވުމުގެ ކުރިން ޢިލްމު އުނގެނޭށެވެ. އަދި ޢިލްމު ފިލައިގެން ދާނީ ޢިލްމުގެ އަހުލުވެރިން (އަވަހާރަވެ) ދިއުމުންނެވެ…”

އަދި ވިދާޅުވިއެވެ. “ފަހެ ތިޔަބައިމީހުން ކާތަކެތިން ބަނޑު ފުރައި ނަމަވެސް ޢިލްމާ ޖެހުނީމައި ބަނޑުހައިވެފައި ތިބޭތަން ފެނިވަޑައިގަންނަވަނީ ކިހިނެތްވެގެން ހެއްޔެވެ؟”

 

އަލްޙަސަން ވިދާޅުވިއެވެ.

“مَوْتُ الْعَالِمِ ثُلْمَةٌ فِي الْإِسْلَامِ لَا يَسُدُّهَا شَيْءٌ مَا طُرِدَ اللَّيْلُ وَالنَّهَارُ”. [4]

މާނައީ: “ޢިލްމުވެރިޔާ އަވަހާރަ ވުމަކީ އިސްލާމްދީނުގައި އެޅޭ ބާގަނޑެކެވެ. އަދި ރޭދުވާ ދައުރުވާހާ ހިނދަކު އެ ބާގަނޑު ފޫ ނުބެއްދޭނެއެވެ.”

 

އައްޔޫބު އައްސަޚްތިޔާނީ ވިދާޅުވިއެވެ.

“إِنَّهُ لَيَبْلُغُنِي مَوْتُ الرَّجُلِ مِنْ أَهْلِ السُّنَّةِ فَكَأَنَّمَا يَسْقُطُ عُضْوٌ مِنْ أَعْضَائِي”. [5]

މާނައީ: “ހަމަކަށަވަރުން އަހުލުއް ސުންނައިގެ މީހެއް ނިޔާވި ޚަބަރު ތިމަންކަލޭގެފާނަށް ދެއްވޭ ހިނދު ތިމަންކަލޭގެފާނުގެ ގުނަވަންތަކުގެ ތެރެއިން ގުނަވަނެއް ވަކިވެގެން ދިޔަ ފަދައެވެ.”

 

އިބްނުލް ޤައްޔިމު ވިދާޅުވިއެވެ.

“لما كَانَ صَلَاح الْوُجُود بالعلماء ولولاهم كَانَ النَّاس كَالْبَهَائِمِ بل أَسْوَأ حَالا كَانَ موت الْعَالم مُصِيبَة لَا يجبرها الا خلف غَيره لَهُ وايضا فَإِن الْعلمَاء هم الَّذين يسوسون الْعباد والبلاد والممالك فموتهم فَسَاد لنظام الْعَالم وَلِهَذَا لَا يزَال الله يغْرس فِي هَذَا الدّين مِنْهُم خالفا عَن سالف يحفظ بهم دينه وَكتابه وعباده وَتَأمل إِذا كَانَ فِي الْوُجُود رجل قد فاق الْعَالم فِي الْغنى وَالْكَرم وحاجتهم الى مَا عِنْده شَدِيدَة وَهُوَ محسن إليهم بِكُل مُمكن ثمَّ مَاتَ وانقطعت عَنْهُم تِلْكَ الْمَادَّة فموت الْعَالم أعظم مُصِيبَة من موت مثل هَذَا بِكَثِير وَمثل هَذَا يَمُوت بِمَوْتِهِ أُمَم وخلائق”. [6]

މާނައީ: “ސަލާމަތްތެރިކަން ވަނީ ޢިލްމުވެރިން ވުޖޫދުގައި ތިބެގެންނެވެ. އަދި ޢިލްމުވެރިން ނުވާނަމަ މީސްތަކުން ވާނީ ނައަމްސޫފިތަކެއް ފަދައިންނެވެ. އަދި ކިއެއް! އެއަށްވުރެވެސް ޙާލު ނުބައިކޮށެވެ. ޢިލްމުވެރިޔާގެ މަރަކީ ފޫ ނުބެއްދޭ ވަރުގެ މުޞީބާތެކެވެ. އެއީ އެ ޢިލްމުވެރިޔާގެ ބަދަލުގައި އޭގެ ފަހުން އިތުރު ޢިލްމުވެރިއެއް އައުން ފިޔަވައެވެ. އަދި ދަންނައެވެ! ފަހެ ހަމަކަށަވަރުން ޢިލްމުވެރިންނަކީ އަޅުތަކުންނާއި ޤައުމުތަކާ އަދި ރަސްކަންތައްތައް ރަނގަޅަށް ހެޔޮގޮތުގައި ބައިތިއްބާ ފަރާތްތަކެވެ. އެބޭކަލުން އަވަހާރަވެ ދިއުމަކީ މުޅި ނިޡާމީ ޢާލަމަށްވާ ފަސާދައެކެވެ. މިހެންވެ ސަލަފުންގެ ބޭކަލުން ފެށިގެން، الله ތަޢާލާ އެއިލާހުގެ ދީނާއި ފޮތާ އަދި އެއިލާހުގެ އަޅުތަކުން ރައްކާތެރިކުރުމަށް ޢިލްމުގެ އަހުލުވެރިން ލައްވައެވެ. ވިސްނާށެވެ! މުޅި ޢާލަމަށް އެމީހެއްގެ މުއްސަނދިކަމާއި ދީލަތިކަމުގެ ފައިދާ ކުރާ މީހަކު ވުޖޫދުގައި ހުރެ, މީސްތަކުންނަށް އެމީހެއްގެ ފައިދާ ކުޅަދާނަވެގެންވާ ކޮންމެ ކަމަކުން ލިބެމުން ދަނިކޮށް އެމީހަކު ނިޔާވެއްޖެނަމަ ވާނީ ކިހިނެތް ހެއްޔެވެ! މީސްތަކުންނަށް އެމީހާގެ ފަރާތުން ލިބެމުން ދިޔަ ފަސޭހަތަށް މެނދުކެނޑިގެން ދާނެއެވެ. ފަހެ ޢިލްމުވެރިޔާގެ މަރަކީ މިއަށްވުރެ މާ ބޮޑުވެގެންވާ މުޞީބާތެކެވެ. ޢިލްމުވެރިޔާގެ މަރަކީ އެ ބޭކަލެއްގެ މަރުގެ ސަބަބުން އުއްމަތްތަކާ އަދި ޚަލްޤުތަކުން ހަލާކުވެގެންދާފަދަ މުޞީބާތެކެވެ.”

 

މި ހުރިހާ ކަމަކަށް ވުރެ ކުރިން، ތެދުވެރި އަދި އެބޭކަލެއްގެ ވާހަކަ ތެދުވެގެންވާ ނަބިއްޔާ – صلوات الله وسلامه وبركاته عليه – ވިދާޅުވި ބަސްފުޅު އަޑުއައްސަވާ ލައްވާށެވެ. މި ޙަދީޘްގެ ޞައްޙަކަމާމެދު ބުޚާރީ އަދި މުސްލިމު އިއްތިފާޤު ވެލައްވާފައިވެއެވެ. ޢަބްދުﷲ ބުން ޢަމްރު ބުން އަލްޢާޞް رضي الله عنه ވިދާޅުވިއެވެ. ﷲގެ ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވަނިކޮށް ތިމަންކަލޭގެފާނު އަޑު އެއްސެވީމެވެ.

«إِنَّ اللَّهَ لاَ يَقْبِضُ العِلْمَ انْتِزَاعًا يَنْتَزِعُهُ مِنَ العِبَادِ، وَلَكِنْ يَقْبِضُ العِلْمَ بِقَبْضِ العُلَمَاءِ، حَتَّى إِذَا لَمْ يُبْقِ عَالِمًا اتَّخَذَ النَّاسُ رُءُوسًا جُهَّالًا، فَسُئِلُوا فَأَفْتَوْا بِغَيْرِ عِلْمٍ، فَضَلُّوا وَأَضَلُّوا». [7]

މާނައީ: “ހަމަކަށަވަރުން ﷲ ތަޢާލާ ޢިލްމު ހިއްޕަވަނީ އަޅުތަކުންގެ ކިބައިން އަތުލެވޭ އަތުލެއްވުމަކުން ނޫނެވެ. އެހެންނަމަވެސް އެއިލާހު ޢިލްމު ހިއްޕަވަނީ ޢިލްމުވެރިން ހިއްޕަވައިގެންނެވެ. (ޢިލްމުވެރިންގެ މަރު ގެންނަވައިގެންނެވެ.) އެއީ އެއްވެސް ޢިލްމުވެރިޔަކު ނެތިއްޖެއުމަށް ދާންދެނެވެ. މީސްތަކުން އެމީހުންގެ ބޮޑެތިން ކަމުގައި ޖާހިލުން ހަދާނެއެވެ. އަދި އެމީހުނާ ސުވާލު ކުރެވުމުން އެއްވެސް ޢިލްމެއް ނެތި ފަތުވާ ދޭނެއެވެ. ފަހެ އެބައިމީހުންވަނީ މަގު ފުރެދިގެންނެވެ. އަދި އެބައިމީހުން މީސްތަކުންވެސް މަގުފުރައްދާނެއެވެ.”

 

މީސްތަކުންގެ ތެރޭގައި ބޮޑު ޢިލްމުވެރިޔަކު ހުރުމަކީ ވަރަށް މަތިވެރިވެގެންވާ ޣަނީމާއެއް ކަމާއި މެދު އެއްވެސް ޝައްކެއް ނެތެވެ. މީސްތަކުން އެ ޢިލްމުވެރިއެއްގެ ނަޞޭޙަތްތަކުން ފައިދާ ލިބިގަނެއެވެ. އަދި އެ ބޭކަލެއްގެ ޢިލްމުން ދިއްލައި އަލިކޮށްދެއެވެ. އަދި އެބޭކަލެއް އަވަހާރަވެ މީސްތަކުންނަށް އެބޭކަލަކު ގެއްލި ދިއުމުން ވަރަށް ބޮޑު ހުސްކަމެއް (މީސްތަކުގެ ޙަޔާތުގައި) އިޙުސާސު ކުރެއެވެ.

މި މާނައިގައި އައްޝައިޚް ސަޢުދު ބުން ޢަތީޤު (އަވަހާރަވީ ހިޖުރައިން 1349 ގައި) އާއި ބެހޭގޮތުން ޅެންވެރިޔާ މުޙައްމަދު ބުން ޢަބްދުﷲ ބުން ޢުޘައިމީން (އަވަހާރަވީ ހިޖުރައިން 1363 ގައި) ވިދާޅުވިއެވެ.

خَبَتْ مصابيحُ كنّا نستضىءُ بها … وطوّحَتْ للمغيب الأنجُمُ الزُّهُرُ

واستحكمتْ غُرْبَةُ الإسلام وانكسفتْ … شمسُ العلومِ التي يُهدى بها البَشَرُ

މާނައީ: “އަހަރެމެން (ޙަޔާތް) އަލިކުރަމުން އައި ބޮކިތަކެއް ނިވިއްޖެއެވެ. އަދި އަލިގަދަ ތަރިތަކެއް އޮއްސުމާ ދިމާލަށް ހިނގައްޖެއެވެ.

އަދި އިސްލާމްދީނުގެ ބީރައްޓެހިކަން ވަރުގަދަވެއްޖެއެވެ. އަދި އިންސާނުންނަށް ހިދާޔަތު ދައްކަމުން ދިޔަ ޢިލްމުތަކުގެ އިރުކޭތަ ހިފައިފިއެވެ.”

 

_______________________

މި ލިޔުމުގެ ހިޖުރައިން 1421 ވަނަ އަހަރުގެ ޝައްވާލު މަހުގެ 24 ވީ ހުކުރު ވިލޭރޭ މަދީނާގެ އަލްޖާމިޢަތުލް އިސްލާމިއްޔާގައި އައްޝައިޚް ޢަބްދުލް މުޙްސިން އަލްޢައްބާދު حفظه الله ދެއްވާފައިވާ ދަރުސެކެވެ.

 

މި ލިޔުމުގެ އެހެންބައިތައް

 

[1] رواه الدارمي في سننه (٢٥٥)

[2] رواه الحاكم في المستدرك (5810)

[3] جامع بيان العلم وفضله لابن عبد البر (١ / ‏٦٠٢)

[4] جامع بيان العلم وفضله لابن عبد البر (١ / ‏595)

[5] رواه أبو نعيم في الحلية (٣ / ‏٩)

[6] مفتاح دار السعادة (1 / 68)

[7] رواه البخاري (100) واللفظ له، ومسلم (13 – (2673)).