[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އައްޝައިޚް މުޙައްމަދު ބުން ޞާލިޙުލް ޢުޘައިމީން رحمه الله – 9

އެކަލޭގެފާނުގެ ދަރިފަސްކޮޅު

އެކަލޭގެފާނުގެ ފަސް ދަރިކަލުންނާއި ތިން ދަރިކަނބަލުން ލިބިވަޑައިގެންނެވިއެވެ. އެކަލޭގެފާނުގެ ފަސް ދަރިކަލުންނަކީ ޢަބްދުﷲ، ޢަބްދުއްރަޙްމާނު، އިބްރާހީމް، ޢަބްދުލްޢަޒީޒު އަދި ޢަބްދުއްރަޙީމެވެ.

އެކަލޭގެފާނުގެ ދަރިންނަށް ނަންކިޔުމުގެ ގޮތާއި ބެހޭގޮތުން ވާހަކަ ދެކެވުނެވެ. އަދި އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނުގެ ދަރިފަސްކޮޅުގެ ތެރެއިން 3 ބޭކަލުންނަށް ނަން ކިޔުއްވާފައި ވަނީ ބިސްމީގައި ވާ ﷲ ގެ އިސްފުފުޅުތަކަށް ނިޞްބަތް ކޮށްގެނެވެ. އެއީ ޢަބްދުﷲ، ޢަބްދުއްރަޙުމާނު އަދި ޢަބްދުއްރަޙީމެވެ.

އެކަލޭގެފާނުގެ ދަރިފަސްކޮޅު އިޞްލާޙު ކޮށްދެއްވުން އެދި ﷲ ގެ ޙަޟްރަތުގައި ދަންނަވަމެވެ. އަދި އެންމެހާ މުސްލިމުންގެ ދަރިން އިޞްލާޙު ކޮށްދެއްވުން އެދި އެއިލާހުގެ ޙަޟްރަތުގައި ދަންނަވަމެވެ. އަދި އެއިލާހުގެ ރުހިވޮޑިގަތުން ލިބޭ ކަންކަމަށް އަޅަމެން އެންމެންނަށް ތައުފީޤު ދެއްވުމަށް އެދިވެސް ދަންނަވަމެވެ.

_______________________

މި ލިޔުމުގެ ހިޖުރައިން 1421 ވަނަ އަހަރުގެ ޝައްވާލު މަހުގެ 24 ވީ ހުކުރު ވިލޭރޭ މަދީނާގެ އަލްޖާމިޢަތުލް އިސްލާމިއްޔާގައި އައްޝައިޚް ޢަބްދުލް މުޙްސިން އަލްޢައްބާދު حفظه الله ދެއްވާފައިވާ ދަރުސެކެވެ.

މި ލިޔުމުގެ އެހެންބައިތައް