[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފޮތް: މިޔުޒިކުގެ ޙުކުމް

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين. أما بعد.

 

ﷲގެ ރަޙްމަތުން، މިއަދު ރާއްޖޭގެ ގިނަ މީހުންނަށް މިޔުޒިކުގެ ޙުކުމް ވަނީ އޮޅުން ފިލާފައެވެ. އެއާއެކުވެސް މަދުމަދުން ނަމަވެސް މިކަމުގެ ޙުކުމާމެދު ޝައްކު އުފައްދާ ބައެއްގެ ވާހަކަތައް ދިވެހި މުޖުތަމަޢުގައި ފެތުރެމުންދާކަން ފާހަގަކޮށްލަން ޖެހެއެވެ.

ބަޔަކު މީހުން މުއުމިނުންނަށް އުނގަދޫވާ ވަރަށް ތަކުރާރުކޮށް މި ވާހަކަ ދައްކާ، މިއީ ހުއްދަކަމެއްކަމަށް ޘާބިތުކުރުމަށް މަސައްކަތްކޮށް، ބިމުގައި ފަސާދަކޮށް، މިޔުޒިކަކީ އިސްލާމްދީނުގައި ޙަރާމް އެއްޗެއްކަމަށް ބުނުމަކީ ދީނީ ގޮތުން ހަރުކަށިކަމެއްގެ ގޮތުގައި ސިފަކުރުމުން، މިކަމުގެ ޙަޤީޤަތް ތަފްޞީލުކޮށް އެނގެން ބޭނުންވާ ގިނަ ބަޔަކު ތިބޭނެކަން ކަށަވަރެވެ.

މިޔުޒިކު ކުޅޭ ޝޯތަކާއި ޕާރޓީތަކާއި ސިޔާސީ ޕާރޓީތަކުން މިޔުޒިކާ އެކު އެ ހިންގާ މުންކަރާތްތަކަށް ބަލާލުމުންވެސް މިއީ ބޮޑު މުންކަރާތެއްކަން ބުއްދިވެރިއަކަށް ވިސްނޭނެއެވެ. ދެން ފަހެ، އެއާއެކު ކީރިތި ޤުރުއާނުގެ އާޔަތްތަކުންނާއި ޙަދީޘް ބަސްފުޅުތަކުން މިކަމުގެ ޙަރާމްކަން ކަށަވަރުވެގެން ދެއެވެ. އަދި ޞަޙާބީ ބޭކަލުންނާއި ތާބިޢީ ބޭކަލުންނާއި އެބޭކަލުންނަށް ހެޔޮގޮތުގައި ތަބާވީ ޢިލްމުވެރިންގެ ބަސްފުޅުތަކުން ކަށަވަރުކަމުގެ މައްޗަށް ކަށަވަރުކަން އިތުރުވެގެން ދެއެވެ.

އެހެންކަމުން މި ރިސާލާގައި މައިގަނޑުގޮތެއްގައި އަލިއަޅުވާލާނީ: އިސްލާމްދީނުގައި މިޔުޒިކުގެ ޙުކުމާއި އެކަމުގެ ދަލީލުތަކާއި އެކަމާމެދު ޢިލްމުވެރިންގެ ބަސްފުޅުތަކާ އަދި މިޔުޒިކާމެދު ބައެއް މީހުންނަށް އަރާފައިވާ އޮޅުންތަކާއި އެކަމުގެ ޖަވާބުތަކެވެ.

ﷲ ތަޢާލާގެ ޙަޟްރަތުގައި ދުޢާކުރަނީ މި ޢަމަލަކީ ޚާލިޞްކޮށް އެއިލާހުގެ ވަޖުފުޅު އަދާއިގެން ކުރެވޭ ޢަމަލެއްކަމުގައި ލެއްވުމެވެ. އަދި އެއިލާހުގެ ފޮތާއި އެއިލާހުގެ ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތަށް ދެވޭ ނަޞްރެއްކަމުގައި ލެއްވުމެވެ. އަދި އިސްލާމްދީނަށް ތަބާވާ، އިސްލާމްދީނަށް ލޯބިވާ ކޮންމެ މީހަކަށް ހުރި ޢިއްޒަތެއްކަމުގައި ލެއްވުމެވެ. އަދި ދީނުގެ ޙުކުމްތަކަށް ނަފްރަތު ކުރާ ކޮންމެ މީހަކަށް ހުރި ނިކަމެތިކަމެއްކަމުގައި ލެއްވުމެވެ.

 

ފޮތުގެ ނަން މިޔުޒިކުގެ ޙުކުމް
ޞަފްޙާގެ ޢަދަދު 175 ޞަފްޙާ – A5 ސައިޒް
ފައިލް ސައިޒް 16 mb

 

ފޮތް ޑައުންލޯޑު ކުރައްވާ