[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

الخلفاء الراشدون ވެރިކަން ކުރެއްވި މުއްދަތު – 1

 الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

 

 

الخلفاء الراشدون އަށް ތަބާވުމަށް، ނަބިއްޔާ صلى الله عليه وسلم ކުރައްވާފައިވާ ވަޞިއްޔަތް

 

ނަބިއްޔާ صلى الله عليه وسلم އަށް ފަހު ވަޑައިގަންނަވާ الخلفاء الراشدون (ތެދުމަގު ލިބިވަޑައިގެން ތިއްބެވި ޚަލީފާއިން) އަށް ތަބާވުމަށް އެކަލޭގެފާނުވަނީ އިރުޝާދުދެއްވާ، ވަޞިއްޔަތްކުރައްވާފައެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.

«فَعَلَيْهِ بِسُنَّتِي وَسُنَّةِ الخُلَفَاءِ الرَّاشِدِينَ المَهْدِيِّينَ، عَضُّوا عَلَيْهَا بِالنَّوَاجِذِ» [رواه الترمذي (2676) وصححه الألباني في تحقيقه للمشكاة (165)].

މާނައީ: “ފަހެ (ޚިލާފުތައް ފެނިއްޖެ މީހަކު) ތިމަންކަލޭގެފާނުގެ ސުންނަތާއި ތެދުމަގު ލިބިވަޑައިގެން ތިއްބެވި ޚަލީފާއިންގެ ސުންނަތުގައި އެމީހަކު ހިފާށެވެ. ތިޔަބައިމީހުންގެ ކޮލުދަތްތަކުން އޭގައި ގަދައަށް ހިފަހައްޓާށެވެ.”

 

 

 

الخلفاء الراشدون ގެ ބޭކަލުން، ޖުމްލަ ގޮތެއްގައި ވެރިކަން ކުރެއްވި މުއްދަތު

 

ޖުމްލަ ގޮތެއްގައި އެބޭކަލުންގެ ޚިލާފަތުގެ މުއްދަތަކީ 30 އަހަރުކަމަށް އެކަލޭގެފާނުވަނީ ބަޔާންކުރައްވާފައެވެ.  ޙަދީޘްބަސްފުޅުގައި އައިސްފައިވެއެވެ.

«خِلَافَةُ النُّبُوَّةِ ثَلَاثُونَ سَنَةً، ثُمَّ يُؤْتِي اللَّهُ الْمُلْكَ أَوْ مُلْكَهُ مَنْ يَشَاءُ» [رواه أبو داود (4646) والترمذي (2226) وحسنه، وأحمد (21919) وصححه الألباني في صحيح الجامع الصغير (3257) وحسنه محققو المسند (36 / 248)]

މާނައީ: “ނަބަވީ ޚިލާފަތު (އެބަހީ: ނަބަވީ މަންހަޖުގައިވާ ޚިލާފަތު) އޮންނާނީ ތިރީސް އަހަރެވެ. ދެން އެއަށްފަހުގައި، ﷲ އިރާދަކުރެއްވި މީހަކަށް ވެރިކަން ދެއްވާނެއެވެ.”

 

=ނުނިމޭ=

 


 

މި ލިޔުމުގެ އެހެންބައިތައް